Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގުުދުސްގެ މައްސަލަ

އިސްރާއީލާއިއެކު ކުޅެން ހަމަޖެއްސި ރަހުމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކެންސަލްކޮށްފި

ޓެޑީ ސްޓޭޑިއަމް އަކީ ޔަހޫދީން ފޭރިގަތް އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 5 ޖޫން 2018 | އަންގާރަ 23:12
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަށްވެސް މެޗާއިގުޅިގެން ފާޑުކިއުން ކުރިމަތިވި

އާޖެންޓީނާގެ ގައުމީ ޓީމުން އިސްރާއީލާއިއެކު ގުދުސްގައި ކުޅުމަށް ހަމަޖެއްސި އެކުވެރިކަމުގެ ފުޓްބޯޅަ މެޗް ކެންސަލްކޮށްފިކަމަށް އާޖެންޓީނާގެ ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފިއެވެ.

އާޖެންޓީގެ ކުޅިވަރު ވެބްސައިޓެއްކަމަށްވާ މިނުޓޫނޯއިން އަންގާރަދުވަހު ބުނީ ހޮނިހިރު ދުވަހު ގުދުސްގައި ކުޅުމަށް ހަމަޖެހިފައި އޮތް މެޗް ކެންސަލްކުރީ ހަމަނުޖެހުންތަކެއް އުފެދިދާނެކަމުގެ ބިރާއި ކެޕްޓަން ލިއޮނެލް މެސީއަށް އަމާޒުވި ފާޑުކިއުންތަކާއިއެކު ކަމަށެވެ.

މި އަހަރުގެ ވާރލްޑް ކަޕްގެ އެންމެ ވާދަވެރިވާނެ އެއް ޓީމް ކަމަށްވާ އާޖެންޓީނާއިން 1986 ވަަނަ އަހަރުން ފެށިގެން ވާރލްޑްކަޕްގެ ކުރިން ހަތަރު ފަހަރަކު އެކުވެރިކަމުގެ މެޗް ކުޅެފައިވެއެވެ.

ޖޫން 9 ވަނަ ދުވަހު މެޗް ކުޅެން ހަމަޖެއްސި ޓެޑީ ސްޓޭޑިއަމް އަކީ 1948 ވަނަ އަހަރު އިސްރާއީލް އުފައްދަން ޔަހޫދީން ފޭރިގަތް ފަލަސްތީނުގެ އަވަށެއްގައި ހަދާފައިވާ ސްޓޭޑިއަމެކެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މެޗާއި ބެހޭގޮތުން މި ދިމާވި ކަންތަކާިއ ގުޅިގެން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާޖެންޓީނާގެ ބޮޑުވަޒީރު މައުރީޝިއޯ މަކްރީއަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާނެއެވެ.

އާޖެންޓީނާގައި ހުންނަވާ ފަލަސްތީގެ ސަފީރު ހުސްނީ އަބްދުލް ވާހިދުވެސް ވަނީ އެ މެޗް އެތަނުގައި ކުޅުމާއިމެދު އޭނާ ދެކޮޅުހައްދަވާކަން ހާމަކުރައްވާފައެވެ.

"މި މެޗް އަޅުގަނޑުމެންނަށްވާނީ މަލްވިނާސް އަޅުވެތިކުރުމުން އުފާފާޅުކުރުންފަދަ ކަމަކަށް..." ފޯކްލޭންޑް އައިލެންޑްސްއަށް އިޝާރާތްކުރައްވައި ރޭޑިއޯ ކޯޕަރޭޓިވާގައި އަންގާރަ ދުވަހު ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ފަލަސްތީނުގެ ފުޓުބޯޅައިގެ މައި އިދާރާގެ ވެރިޔާ ޖިބްރީލް ރަޖްޢޫބް ވަނީ އާޖެންޓީނާގެ ފުޓުބޯޅައި އިދާރާގެ އިތުރުން ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ އިދާރާތަކުގެ ޖަމްއިއްޔާ އާއި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއަށްވެސް ސިޓީ ފޮނުވައި އިސްރާއީލާއި ދެކޮޅަށް އާޖެންޓީނާއިން ކުޅޭ އެކުވެރިކަމުގެ ފުޓުބޯޅަ މެޗް ޤުދުސްގައި ނުކުޅުމަށް އެދިވަޑައިގެންފައެވެ.

އޭނާ ވިދާޅުވެފައިވަނީ ޖޫން 9 ވަނަ ދުވަހު ޤުދުސްގައި މެޗް ކުޅެން ނިންމައި، އިސްރާއީލުން މެޗް ސިޔާސީ ކޮށްފައިވާކަމަށެވެ.މި މެޗް ޤުދުސްގައި ކުޅެފިނަމަ އާޖެންޓީނާގެ އަގު ދުނިޔޭގެ ކުރިމަތީގައި ވެއްޓޭނެކަމަށާއމީގެ އިތުރުން އިސްރާއީލުން މަސައްކަތްކުރަނީ ޤުދުސްއަކީ އިސްރާއީލުގެ ބިމެއްގެ ގޮތުގައި އާޖެންޓީނާގެ ރައްޔިތުންނަށް އޮޅުވާލައިގެން ދައްކަން ކަމަށް އޭނާ ވަނީ ތުހުމަތުކުރެއްވާފައެވެ.

ޤުދުސްގެ ޓެޑީ ސްޓޭޑިއަމްގައި އާޖެންޓީނާ އާއި އިސްރާއީލް ކުޅެން ނިންމި، މިމެޗްގެ ޓިކެޓް ހޯދަން 6 ލައްކަ ސަޕޯޓަރުން ބޭނުންވިކަމަށް މެޗް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ. އެހެން ނަމަވެސް ޓެޑީ ސްޓޭޑިއަމްގައި ހުންނަނީ 31733 މީހުންގެ ޖާގައެވެ.

މިމެޗަކީ ވާރލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާއިން ކުޅޭ ރަހުމަތްތެރިކަމުގެ މެޗެކެވެ. ޖޫން 14 ވަނަ ދުވަހު ރަޝިޔާގައި ފަށާ ވާރލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވި ނަމަވެސް، އިސްރާއީލުން ވާރލްޑް ކަޕަށް ކޮލިފައިވެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާއަށް ޗައިނާގެ އިންޒާރު: އަލިފާނާ ކުޅެންޏާ ފިހޭނެ

އެމެރިކާއަށް ޗައިނާގެ އިންޒާރު: އަލިފާނާ ކުޅެންޏާ ފިހޭނެ

02 އޯގަސްޓު 2022
ޖަރުމަނުގައި ހުރިހާ ފިހާރަތަކެއް ހުޅުވާ ފުޓްބޯޅަ މެޗްތައް ފެށުމުގެ ހުއްދަދޭން ނިންމަނީ

ޖަރުމަނުގައި ހުރިހާ ފިހާރަތަކެއް ހުޅުވާ ފުޓްބޯޅަ މެޗްތައް ފެށުމުގެ ހުއްދަދޭން ނިންމަނީ

05 މެއި 2020
އާޖެންޓިނާއިން ގުދުސްގައި މެޗް ނުކުޅުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި

އާޖެންޓިނާއިން ގުދުސްގައި މެޗް ނުކުޅުމުން ފަލަސްތީނުން މަރުހަބާ ކިޔައިފި

06 ޖޫން 2018
ޤުދުސްގައި ކުޅޭ އެކުވެރިކަމުގެ މެޗް ކެންސަލްކުރަން ފަލަސްތީނުން އާޖެންޓީނާގެ ކިބައިން އެދިއްޖެ

ޤުދުސްގައި ކުޅޭ އެކުވެރިކަމުގެ މެޗް ކެންސަލްކުރަން ފަލަސްތީނުން އާޖެންޓީނާގެ ކިބައިން އެދިއްޖެ

29 މެއި 2018
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު