Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ދިރާސާ މަނަވަރު

ސައިންޓިފިކް ދިރާސާތަކަށް އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އުޅަނދަކީ އދ.ގެ ގަވައިދުތަކަށް ތަބާވާ އުޅަނދެއް: ޗައިނާ

ބެއިޖިން އިން މިހެން ބުނެފައި މިވަނީ އިންޑިއާގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު ދަތުރުކުރުމުން މީޑިއާގެ ސަމާލުކަން އެކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ.

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 7 ފެބުރުއަރީ 2024 | ބުދަ 03:37
ޒިއަންގް ޔަންގް ހޮންގް 3

ޒިއަންގް ޔަންގް ހޮންގް 3

ސައިންޓިފިކް ދިރާސާތަކަށް އިންޑިއާ ކަނޑުގައި އޮތް ޗައިނާގެ އުޅަނދަކީ އދ.ގެ ގަވައިދުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ އުޅަނދެއްކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާއިން އަންގާރަ ދުވަހު ބުނީ އިންޑިއާ ކަނޑުގެ ދެކުނުގައި އޮތް އެ ގައުމުގެ އުޅަނދަކުން އދގެ ގާނޫނުގެ ދަށުން "ސައިންޓިފިކް ރިސާޗް" ކޮށްފައިވާ ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަންގް ވެންބިން ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޗައިނާއިން ކަމާގުޅުންހުރި ކަނޑުގެ ސަރަހައްދުގައި ހިންގާ ސައިންޓިފިކް ރިސާޗް ހަރަކާތްތަކަކީ ސުލްހަވެރި ބޭނުމެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާއި އޭގެ ބޭނުމަކީ އިންސާނިއްޔަތަށް ކަނޑުގެ ސައިންޓިފިކް ވިސްނުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ވަންގް ވިދާޅުވި ގޮތުގައި މި ހަރަކާތްތަކަކީ އދ.ގެ ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ޝަރުތުތަކާ ވަރަށް ބޮޑަށް ފެތޭ ހަރަކާތްތަކެއް ކަމަށެވެ.

ޒިއަންގް ޔަންގް ހޮންގް 3 އާ ބެހޭ ގޮތުން ބެއިޖިން އިން މިހެން ބުނެފައި މިވަނީ އިންޑިއާގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން އެ ބޯޓު ދަތުރުކުރުމުން މީޑިއާގެ ސަމާލުކަން އެކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ މި އުޅަނދު ބަނދަރު ކުރުމުގެ ހުއްދަ ދިވެހިރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދީފައިވާއިރު، ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޗައިނާގެ އުޅަނދު ރާއްޖޭގައި ބަނދަރުކުރުމުގެ ހުއްދަ ދީފައިވަނީ އެ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ޗައިނާގެ ސަރުކާރުން ދިވެހި ސަރުކާރުގައި އެދިފައިވާތީކަމަށެވެ. އަދި ރާއްޖޭގައި ބަނދަރުކޮށްފައި އޮންނަ މުއްދަތުގައި ދިރާސާކުރުމުގެ އެއްވެސް މަސައްކަތެއް އެ އުޅަނދުން ކުރިއަށް ނުގެންދާނޭކަމަށްވެސް އެ ބަޔާނުގައެވެ.

ރާއްޖެއަކީ އަބަދުވެސް އެކުވެރި ގައުމުތަކުގެ އުޅަނދުތަކަށް މަރުހަބާ ކިޔާ ގައުމެއް ކަން ފާހަގަކުރައްވަމުން، ހާރިޖީ ވުޒާރާއިން ވިދާޅުވީ ސުލްހަވެރި ބޭނުމަކަށް ރާއްޖޭގައި ބަނދަރުކުރާ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށްވެސް ރާއްޖެއިން އަބަދުވެސް ޚިދުމަތް ދޭކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެއާއި އެހެނިހެން ޤައުމުތަކާ ދެމެދު އޮންނަ ޚާރިޖީ ގުޅުން ވަރުގަދަވުމުގެ އިތުރުން، އެހެން ޤައުމުތަކުގެ މީހުންނަށް މަރުހަބާ ކިޔުމުގައި ދިވެހިން އަބަދުވެސް ދައްކަމުން އަންނަ ނަމޫނާ ސަގާފަތް ފެންނާނެކަމަށްވެސް ބަޔާނުގައިވެއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ މި ބަޔާނުގައި އެގޮތަށް ވިދާޅުވެފައި ވީނަމަވެސް ވަންގް ވަނީ މެރިން ސައިންޓިފިކް ރިސާޗްގެ ދާއިރާއިން ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

"އިސްތިގުލާލާއި ޗައިނާ އާއި ރާއްޖޭގެ ރަހުމަތްތެރިކަމުގެ މައްޗަށް ބިނާކޮށް އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކަމާ ގުޅޭ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޗައިނާގެ ރިސާޗް އުޅަނދުފަހަރަށް ރާއްޖެއިން ފޯރުކޮށްދޭ ލުއިފަސޭހަކަމާއި އެހީތެރިކަން ބެއިޖިންއިން ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
15 ފެބުރުއަރީ 2017

އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް

15 ފެބުރުއަރީ 2017
އެއްފަހަރާ އެންމެ ގިނަ ސެޓްލައިޓް ލޯންޗްކުރުމުގެ ރެކޯޑް އިންޑިއާ އަށް
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު