Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެކްސީ ދަތުރު

ޓެކްސީގެ އަގުތަކާ މެދު މަޝްވަރާކުރުމަށް ފޯރަމެއް ބާއްވަނީ

3 ޖެނުއަރީ 2019 | ބުރާސްފަތި 09:41

ފޯރަމް އޮންނާނީ އަންގަރާ ދުވަހުގެރޭ ދަރުބާރުގޭގައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 3 ޖެނުއަރީ 2019 | ބުރާސްފަތި 09:41
ސަރުކާރުން ފުރަތަމަ އިއުލާނުކުރި އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސީ ޑްރައިވަރުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީގައި

ސަރުކާރުން ފުރަތަމަ އިއުލާނުކުރި އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސީ ޑްރައިވަރުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީގައި

ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެން ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު ވިދާޅުވީ ޓެކްސީ ޑުރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން އަންގަރާ ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމްގައި ޓެކްސީގެ ހިދުމަތަށް ނަގާނެ އަގެއް ކަނޑައެޅިގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުލެއަށް ވެސް ހުޅުމާލެއަށް ވެސް މިހާރު އާއްމުކޮށް ދަތުރެއް ކޮށްދެނީ 100 ރުފިޔާއަށެވެ. އަދި ބައެއް ޑްރައިވަރުން 150ރ. ވެސް ނަގައެވެ. ޓެކްސީތަކުން ބްރިޖު ހުރަސްކޮށް ކުރަމުންދިޔަ ދަތުރުތަކަށް ބޮޑެތި އަގުތައް ނަގަމުން ދިޔަ މައްސަލާގައި ފުލުހުން ޓެކްސީތައް ހުއްޓުވަން ނިކުތުމުން ޑްރައިވަރުން ވަނީ ބުރިޖް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލައި އިހުތިޖާޖުކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގޮސް މިނިސްޓަރު އާއިޝަތު ނަހުލާ އަށް ބިރު ދައްކާފައި ވެއެވެ.

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާ ގުޅިގެން މިނިސްޓަރަށް މަޖުބޫރުވެވަޑައިގެންނެވީ ޑްރައިވަރުން ބޭނުންވި ގޮތަށް ކަންކަން ކުރެއްވުމަށެވެ. އެގޮތުން ސަރުކާރުން ކަނޑައެޅި އަގުތައް މުރާޖައާކޮށް ގޮތެއް ނިމެންދެން ޓެކްސީތަކުން ކުރިން ވެސް ނަގަމުން ދިޔަ ބޮޑު އަގު ނެގިދާނެ ކަމަށް މިނިސްޓަރު އެ ދުވަހު ވިދާޅުވެފައި ވެއެވެ.

ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާ އޮތް އިރު ޓެކްސީގެ ހިދުމަތަކީ އެއް ދުވަހުން އަނެއް ދުވަހަށް އަގުތައް ބޮޑުވި ނަމަވެސް ތަރައްގީ ނުވާ ހިދުމަތެކެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު އެކަށީގެންވާ ގޮތެއްގައި ބަހުގެ ހިދުމަތް އަދި ފަށައިގަނެވިފައި ނުވާ އިރު އަދި މާލެ ތެރޭގައި ވެސް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ނެތް އިރު ހުޅުމާލެ އާއި މާލެ ނުވަތަ ހުޅުލެ އަށް ކުރާ ދެކޮޅު ދަތުރަށް 200ރ. ހޭދަކުރަންޖެހުމަކީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެއްކަން ފާހަގަކޮށްލެވެއެވެ. ސްކޫލްތައް ހުޅުވުމުން މި މައްސަލަ ބޮޑުވެގެންދާނެތީ އޭގެ ކުރިން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
01 ފެބުރުއަރީ 2017

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް