Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިނޭންސް މިނިސްޓްރީ

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސަން އަށް އެވަރުގެ ލޯނެއް ދެއްކިދާނެތޯ ސުވާލު އުފައްދާ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 13:09
ސަން ސިޔާމް އާއި ރައީސް ޔާމީން: ސަން އަށް އެވަރުގެ ލޯނެއް ދެއްކިދާނެތޯ ސުވާލު އުފައްދާ

ސަން ސިޔާމް އާއި ރައީސް ޔާމީން: ސަން އަށް އެވަރުގެ ލޯނެއް ދެއްކިދާނެތޯ ސުވާލު އުފައްދާ

ފިނޭންސްގެ މުވައްޒަފުންގެ ހިތްހަމަނުޖެހުމާއެކު ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުން ހުއްޓިފަ!

ރައީސް އަބްދުﷲ ޔާމީންގެ އަރިސް، މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް) ނަންގަވާ 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)ގެ ލޯނަކަށް ދިވެހި ސަރުކާރުން ދޭން ނިންމާފައިވާ ގެރެންޓީ ދިނުމުގެ ކަންތައްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެ އެވެ.

Advertisement - newsAdvertisement

ޗައިނާގެ ބޭންކަކުން ސިޔާމްގެ ސަން ހޮޓަލް އެންޑް ރިސޯޓްސް އިން ނަގަން އުޅޭ 200 މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނަކަށް ގެރެންޓީ ދިނުމަށް ފިނޭންސް މިނިސްޓްރީން ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވީ ނަމަވެސް، ގެރެންޓީ ދިނުން ހުއްޓުމަކަށް އައީ މިނިސްޓްރީގެ ބައެއް މުވައްޒަފުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ބައެއް މުވައްޒަފުން އެކަމާ ދެކޮޅު ހެދީ، ސަން ހޮޓެލް އެންޑް ރިސޯޓްސް އަށް އެވަރުގެ ލޯނެއް އަނބުރާ ދެއްކިދާނެތޯ ސުވާލު އުފެއްދުމަށް ފަހުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީގެ ގެރެންޓީ ދިނުމާ ބެހޭ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުން ސަން އަށް ދޭ ގެރެންޓީއާ މެދު ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުން، އެ މުވައްޒަފުންގެ މައްޗަށް ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ ބޭފުޅުންތަކެއް ހިމަނައިގެން ވަކި ޑިޕާޓްމެންޓެއް މިހާރު ވަނީ ހަދާފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

"ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު"ގެ ނަމުގައި މިފަދައިން ގެރެންޓީ ދެވޭނެ އުސޫލެއް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު އެކުލަވާލައި، އާންމުކޮށްފަ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމްގެ ކުންފުނިން ނަގަން އުޅޭ ލޯނަކީ، އެ ކުންފުނިން ނ. އަތޮޅު ދިގުރަށުގައި ތަރައްގީ ކުރަން އުޅޭ ރިސޯޓާއި، ނ. އަތޮޅު މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ނަގާ ލޯނެކެވެ.

ސަން ހޮޓަލް އެންޑް ރިސޯޓްސްއިން ދިގުރަށުގައި ތަރައްގީކުރާ ރިސޯޓް ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރާ އެންމެ ބޮޑު ރިސޯޓަށެވެ. އެގޮތުން ތަފާތު 14 ފަންތިއެއްގެ 600 ކޮޓަރި އާއި އާއިލާތަކަށް ހާއްސަ ވިލާތަކުގެ އިތުރުން، ކަނޑުއަޑީގެ ރެސްޓޯރަންޓަކާ އެކު 15 ރެސްޓޯރަންޓު އެ ރަށުގައި ހަދަން ނިންމާފައިވާ ކަމަށް 2015 ވަނަ އަހަރުގެ މެއި 27 ވަނަ ދުވަހު ސިޔާމް ވިދާޅުވެފައިވެ އެވެ.

ދިގުރަށަކީ، ސަން ސިޔާމްގެ އިރުފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅުރަށެކެވެ. އެރަށާއެކު، އެ އަތޮޅު މިނާވަރު ވެސް ސަން ސިޔާމް ނަގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މިނާވަރަކީ ދަނޑުވެރިކަން ކުރަން ނަގާފައިވާ ރަށަކަށް ވާއިރު، ސަން ހޮޓަލްސް އެންޑް ރިސޯޓްއިން ވަނީ އެ އަތޮޅު މާވައްދޫ ވެސް ނަގާފަ އެވެ. އެ ކުންފުނިން މާވައްދޫ ބޭނުން ކުރަމުންދަނީ ރިސޯޓުގެ ކުނިއަޅާ ރަށެއްގެ ގޮތުގަ އެވެ.

މާފަރު އެއާޕޯޓް ތަރައްގީކުރުމަށް ސިޔާމްގެ ކުންފުނިން ލޯނެއް ނަގާއިރު، އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމެއް އަދި މިހާތަނަށް ސަރުކާރުން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް، މާފަރު އެއާޕޯޓް އެޅުމަށް ބިޑު ހުށަހެޅި ސަން ހޮޓެލް އެންޑް ރިސޯޓް އާއި ތުރުކީގެ ބޮރޮސާ އިންސާޓް ޓޫރިޒަމްގެ ތެރެއިން ސަން ކުންފުންޏަށް އެ މަޝްރޫއު މިހާރު ހަވާލުކޮށްފައިވާ ކަމަށް ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވެ އެވެ.

މާފަރު އެއާޕޯޓާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިންގާ ރީޖަނަލް އެއާޕޯޓްސްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ހުޅުވާލީ، ކުރިން އެ މަޝްރޫއު ހަވާލުކޮށްފައި އޮތް، މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓު އިންވެސްޓްމަންޓު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައި އޮތް އެއްބަސްވުން މިދިޔަ އަހަރުގެ ފެބްރުއަރީ ގައި އުވާލުމަށް ފަހު އެވެ. މިލޭނިއަމް ކެޕިޓަލް އަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އާއިލީ ބޭފުޅެއް ކަމުގައިވާ މ. ޝުރާ މަންޒިލް ހާމިދު އިސްމާއީލްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާގެ ތަހުގީގަށް ހާމިދު އިސްމާއިލް ހައްޔަރުކޮށްފައިވުމުން، މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މިލޭނިއަމް ކެޕިޓަލް އަށް ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. ރައީސް ޔާމީން އެހެން ވިދާޅުވީ، ސިޔާމްގެ އުފަން ރަށް ކަމަށްވާ ނ. ކުޑަފަރީ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސިޔާމް ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުން ބިޑްކޮށްގެން އޭނާއާ މާފަރު އެއާޕޯޓް ހަވާލުކޮށްފި ނަމަ ގިނަވެގެން ދެ އަހަރުގެ ތެރޭގައި އެއާޕޯޓުގައި ހިދުމަތް ފެށޭވަރުކޮށްދެއްވާނެ ކަމަށެވެ.

މާފަރު އެއާޕޯޓް ތަރައްގީކުރަން ހުޅުވާލި ފުރުސަތުގައި ސަން ކުންފުންޏާއި ތުރުކީގެ ކުންފުނިން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް، ބިޑް އެވަލުއޭޓް ނުކޮށް މިހާ ގިނަ ދުވަސްވީ ކީއްވެކަމެއް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

ކުރިން ސަރުކާރުން ލަފާކޮށްފައިވާ ގޮތުގައި، މާފަރު އެއާޕޯޓުގެ މަޝްރޫއަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު