Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

އުމަރު ނަސީރު އިނގެރޭސިވިލާތަށް ވަޑައިގަންނަވަނީ ޑރ. ޖަމީލާ ބައްދަލުކުރެއްވުމަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 ފެބުރުއަރީ 2017 | ހުކުރު 03:11
ސަރުކަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފަ

ސަރުކަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، އޭނާ ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފަ

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަޝްވަރާކުރެއްވުމެއް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިނގެރޭސިވިލަތަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންނަ ހަފްތާގައި އޭނާ ލަންޑަނަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަޝްވަރާކުރައްވާނެ ކަމަށާއި، މަޝްވަރާކުރައްވާނީ ކުރިއަށް އޮތް ރިޔާސީ އިްނތިހާބާއި ގުޅޭގޮތުން ކަމަށެވެ. ނަމަވެސް މަޝްވަރާކުރައްވަނީ ރިޔާސީ އިންތިހާބުގެ ކޮންކަމަކައި ގުޅޭގޮތުން ކަމެއް އުމަރު ނަސީރު ވިދާޅުވެފައެއް ނުވެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކޮށް، އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ޖަލަށްލިއިރު، ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާންކުރައްވާފަ އެވެ. އަދި އެއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑު ވިދާޅުވުމުގެ މަސައްކަތް އުމަރު ނަސީރު ފައްޓަވާފައިވެއެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައި ކަމަށެވެ.

އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން މުޒާހަރާތައް ރޫޅާލާއި، ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީވެސް އުމަރު ހޯމަ މިނިސްޓަރަކަށް ހުންނެވިއިރުގަ އެވެ. ހޯމް މިނިސްޓަރަކަށް ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލެވުނުގޮތަށް ތާއީދުކޮށް ވާހަކަދެއްކެވި އުމަރު ނަސީރު ވަނީ މަޤާމުން އިސްތިއުފާދެއްވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ ސުވާލު އުފެދޭގޮތަކަށް ކަމަށް ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު