Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަަފައެލް ވަރާން

ވަރާން ބޭނުންވަނީ ކެރިޔަރު އެއްކޮށް ރެއާލްގައި ހޭދަކުރަން

ވަރާންގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ | 31 ޑިސެމްބަރު 2018 | ހޯމަ 13:20
ރަފައެލް ވަރާން

ރަފައެލް ވަރާން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ބޭނުންވަނީ ކެރިޔަރު އެއްކޮށް ރެއާލްގައި ހޭދަކުރަން ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮންބަލޮންއިން ބުނީ، ވަރާން ބޭނުންވަނީ ރެއާލްގައި މަޑުކުރަން ކަމަށާއި، ކެރިޔަރު ނިންމާލަންވެސް ބޭނުންވަނީ އެ ކްލަބާއެކުގައި ކަމަށެވެ.

ޑޮންބަލޮންއިން މިހެން ބުނެފައިވަނީ، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ އަމާޒުކޮށް ވަރާން ހޯދުމަށް ގިނަ ކްލަބްތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރެއާލްއާއެކު ވަރާން ހަދާފައިވާ އެއްބަސްވުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާކޮށްފައިވާއިރު، އާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރެވެ.

ފްރާންސްގެ ލެންސް އިން ސީނިއާ ފުޓުބޯޅަ ކެރިޔަރު ފެށި ވަރާން ރެއާލްއަށް ބަދަލުވީ 2011 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް ރެއާލްއަށް ކުޅުނު 252 މެޗުގައި 10 ލަނޑު ކާމިޔާބުކޮށްފައެވެ.

ވަރާން ވަނީ ރެއާލްއާއެކު ސްޕެނިޝް ލަލީގާ ދެފަހަރު، ކޮޕާޑެލްރޭ އެއްފަހަރު، ސްޕެނިޝް ސުޕާކަޕް ދެފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ސުޕަކަޕް ތިންފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ހަތަރު ފަހަރު ހޯދާފައެވެ.

ފްރާންސް ގައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ވަރާން ވަނީ މިހާތަނަށް ގައުމީ ޓީމަށް 53 މެޗު ކުޅެ، ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ވަރާން ވަނީ މި އަހަރު ރަޝިއާގައި ނިމިގެންދިޔަ ފީފާ ވޯލްޑްކަޕް ފްރާންސަށް ކާމިޔާބުކޮށްދިނުމަށްވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

މީގެއިތުރުން މި އަހަރު ފީފާ އިން މޮޅު ކުޅުންތެރިން ހިމަނައިގެން އެކުލަވާލި 11 ކުޅުންތެރިންގެ ލިސްޓުގައިވެސް ވަރާން ވަނީ ހިމެނިފައެވެ.

އިތުރަށް ކިޔާލަން

27 މެއި 2017

އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން

27 މެއި 2017
އަހަރެން ބޭނުންވަނީ ޗެލްސީގައި މަޑުކުރަން: ވިލިއަން
13 މެއި 2017

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

13 މެއި 2017
ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ
11 މެއި 2017

މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ

11 މެއި 2017
މާޒީގެ ވާހަކަ ދައްކަން ބޭނުމެއް ނެތް، ޓީސީއަތުން ބޭނުންވަނީ މޮޅެއް: ސެކުލޮސްކީ
11 މެއި 2017

ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން

11 މެއި 2017
ރޫނީ އަދިވެސް ބޭނުންވަނީ ޔުނައިޓެޑްގައި މަޑުކުރަން
02 މެއި 2017

އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް

02 މެއި 2017
އިބްރާހިމޮވިޗް އަށް ލިބުނު އަނިޔާއާއެކު ކެރިޔަރު ނިންމާލަން ނުޖެހޭ: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު