Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ ސައްތައިން ސައްތަ ރެކޯޑަކާއެކު: ފޮޓޯ

ދެވަނަ ޑިވިޝަންގެ އެއްވެސް މެޗަކުން ކުޑަ ހެންވޭރު ބަލިވެފައެއް ނުވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 މެއި 2017 | ހޮނިހިރު 10:27
ކުޑަ ހެންވޭރު ޔުނައިޓެޑްގެ ހެޑް ކޯޗު އަހުމަދު ނިސާހް (ފޮޓޯ)

ކުޑަ ހެންވޭރު ޔުނައިޓެޑްގެ ހެޑް ކޯޗު އަހުމަދު ނިސާހް (ފޮޓޯ)

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ބޭނުންވަނީ އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ސައްތައިން ސައްތަ ރެކޯޑާއެކު ކަމަށް ކުޑަ ހެންވޭރު ޔުނައިޓެޑްގެ ކޯޗު އަހުމަދު ނިސާމް (ފޮޓޯ) ބުނެފިއެވެ.

މި މުބާރާތުގެ ފައިނަލްގައި އާދިއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ކުޑަ ހެންވޭރާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ހެންވޭރަށް ނިސްބަތްވާ ކްލަބު ޒެފްރޯލެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލަށް ކުޑަ ހެންވޭރާއި ޒެފްރޯލް ދަތުރު ކުރުމުން މިދެޓީމަށް ވެސް ވަނީ މާލޭ ލީގުގެ ކޮލިފިކޭޝަނުން ޖާގަ ލިބިފައެވެ.

މިއަހަރުން ފެށިގެން އަމަލު ކުރަމުންދާ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން އޮޓޮމެޓިކް ޕުރޮމޯޝަން ނުވަތަ ރެލިގޭޝަން އުވާލެވިފައިވާއިރު މާލޭ ލީގަށް ޕުރޮމޯޓް ވާނީ ލީގުގެ އެންމެ ދަށް ހަތަރު ޓީމާއި ދެވަނަ ޑިވިޝަންގެ އެންމެ މޮޅު ދެ ޓީމު ވާދަ ކުރާ ކޮލިފިކޭޝަން ބުރުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމެވެ.

މި މެޗަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ނިސާމް ބުނީ މި މެޗަށް ޓީމު އޮތީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އެގޮތުން އެޓީމުން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުން ވެސް އެކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.

ނިސާމް ބުނީ މި މުބާރާތުގައި މިހާތަނަށް ނުފެންނަ ވަރުގެ ފައިނަލަށް ހެދުމަށް ކުޅުންތެރިންގެ ފަރާތުން ބުރަކޮށް މަސައްކަތްކުރާތަން ފެންނަމުންދާ ކަމަށާއި އަދި އެކަން މި މެޗުން ފެނިގެންދާނެ ކަމަށެވެ.

"މިހާރު ޓީމު އޮތީ އެއްކޮށް ފައިނަލަށް ތައްޔާރަށް، ކުޅުންތެރިންގެ މޯޓިވޭޝަން ވަރަށް ރަނގަޅު، އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ވެސް ވަރަށް ޖޯޝާ ފޯރިއާއެކު ކުޅުންތެރިން މަސައްކަތް ކުރީ، މެޗުން މޮޅުވާން ބޭނުންވެފައި ތިބިކަން ފެނިގެންދިޔަ، މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ކްލަބު މޯލްޑިވްސް 30/18 ވުމަންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޓީމް ފެނަކައަށް ހޯދައި ދިނުމުގެ މުހިންމު ދައުރެއް އަދާކުރި ނިސާމް ބުންޏެވެ.

ނިސާމް ބުނީ މެޗަށް ނުކުންނަ އިރު އެޓީމުގެ ފުރަތަމަ އެގާރައިން ދެ ބަދަލެއްވަރު ފެނިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންކޮން ޑިޕާޓްމެންޓަކުން ކޮން ކުޅުންތެރިންނެއް ކަމެއް ހާމައެއް ނުކުރެއެވެ.

މި މެޗުގައި ވެސް އެޓީމަށް ދިމާވާނެ ހަމައެކަނި މައްސަލައެއް ކަމަށް ބެލެވެނީ ޓީމުގެ ކެޕްޓަން މުހައްމަދު އަޝްފާނަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ. އެހެން ނަމަވެސް ޓީމުގެ ކޯޗު ނިސާހު ބުނީ ފައިނަލުން އަޝްފާން ނުފެނުނު ކަމުގައިވީ ނަމަވެސް އެހެން ކުޅުންތެރިންގެ ފަރާތުން އެކަން ފެނިގެން ނުދާނެ ކަމަށާއި އަދި އެކަން ސެމީ ފައިނަލްގައި ވެސް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ.

ނިސާމް ބުނީ މި މެޗުގައި އެންމެ ބޮޑު އިސްކަމެއްދޭނީ މެޗުގެ ފުރިހަމަ ވަގުތުގައި ލަނޑުޖަހައި މޮޅުވުމަށް ކަމަށެވެ. އެހެން ކަމުން މި މެޗުގައި އެޓީމުގެ ފޯވަޑް ލައިނުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

ނިސާމް ބުނީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ އެންމެ މުހިންމު އެކައްޗަކީ ޓީމަށް ހިތްވަރުދޭނެ ސަޕޯޓަރުން ކަމަށެވެ. އެހެން ކަމުން މި މެޗުގައި ކުޑަ ހެންވޭރުގެ ސަޕޯޓަރުންނާއި ފުޓުބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތްތަކެއް ދަނޑަށް ވަނުމަށް އެދޭ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
25 ފެބުރުއަރީ 2017

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި
25 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު