Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހިގައިންގެ ރައްދު

ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރަން އިތުރު ސަބަބެއް ހިގައިން ދައްކާލަދީފި

6 އެޕްރީލު 2017 | ބުރާސްފަތި 13:46

ސަޕޯޓަރުން ވަނީ ވަރަށް މަލާމަތްކޮށްފަ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 6 އެޕްރީލު 2017 | ބުރާސްފަތި 13:46
ހިގައިން ލަނޑު ޖެހުމުން ޔުވެންޓަސް ކުޅުންެތިން އުފާފާޅު ކުރަނީ

ހިގައިން ލަނޑު ޖެހުމުން ޔުވެންޓަސް ކުޅުންެތިން އުފާފާޅު ކުރަނީ

މިދިޔަ ހޫނު މޫސުމުގައި އިޓަލީގެ ނަޕޯލީ ދޫކޮށް ޔޫވެންޓަސްއަށް ބަދަލުވި އާޖެންޓީނާގެ ތަރި ގޮންޒާލޯ ހިގައިންދިޔަ ނަޕޯލީގެ ސަޕޯޓަރުން ނަފްރަތު ކުރާނެ އިތުރު ސަބަބެއް އޭނާ ދައްކާލައިފިއެވެ.

ހިގައިން ދެކެ ނަޕޯލީގެ ސަޕޯޓަރުން އިތުރަށް ހިތްހަމަ ނުޖެހޭވަރު އޭނާކޮށްލީ ބުދަ ދުވަހުގެ ރޭ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ނަޕޯލީ ކޮޅަށް ދެ ލަނޑު ޖަހައިގެންނެވެ.

މި މެޗުގައި ނަޕޯލީ އަތުން 3-2 އިން ޔޫވެންޓަސް ބަލިވި ނަމަވެސް ދެ ލެގުގެ އެގްރިގޭޓުން 4-5 އިން ކުރި ހޯދައިގެން ޔުވެންޓަސް ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 75.3 މިލިއަން ޕައުންޑަށް ނަޕޯލީ ދޫކޮށް ހިގައިން ޔޫވެންޓަސްއަށް ބަދަލުވުމުގެ އެކުލަބުގެ ސަޕޯޓަރުން އޭނާއަށް ފާޑު ކިޔުމުގެ އިތުރުން ނަޕޯލީގެ އޯނަރު ހިގައިން ސިފަކޮށްފައިވަނީ ގައްދާރެއްގެ ގޮތުގައެވެ.

މެޗު ކުރިއަށްދިޔައިރުވެސް ނަޕޯލީގެ ސަޕޯޓަރުންގެ ފަރާތުން ހިގައިންއާ ވަރަށް ބޮޑަށް ދިމާކުރަމުން ދަނިކޮށް މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއްޖަހާ ހިގައިންވަނީ ޔުވެންޓަސްއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް މިލަނޑު ޖެހުމަށްފަހު އެކަމުގެ އުފާ ހިގައިން ފާހަގަކޮށްފައެއް ނުވެއެވެ.

މަރެކް ހަމްސިކް 53 ވަނަ މިނެޓުގައި ނަޕޯލީ އަށް އެއްވަރުކޮށްދީފައި ވަނިކޮށް 59 ވަނަ މިނެޓުގައި ހިގައިން ވަނީ ޔުވެންޓަސް އަށް އަލުން ލީޑު ނަގައިދީފަ އެވެ.

ނަޕޯލީ މޮޅުވީ ޑްރިއެސް މާޓިންސް އާއި ލޮރެންޒޯ އިންސީނޭގެ ލަޑުތަކުންނެވެ. އެހެން ނަމަވެސް އެކުޅުންތެރިންގެ ލަނޑުތަކުންވެސް އިޓާލިއަން ކަޕުގެ ފައިނަލް ނަޕޯލީއަށް ދެވޭ ގޮތެއް ނުވިއެވެ.

މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ވެސް ހިގައިން ވަނީ ލަނޑެއް ޖަހާފައެވެ. އަދި އެމެޗަށްފަހު ނަޕޯލީގެ ސަޕޯޓަރުންވަނީ ހިގައިންއަށް ފާޑުކިޔުމުގެ ގޮތުން ބެނާތަކާއި އެނޫންވެސް އެއްޗެހި ބޭނުންކޮށްފައެވެ.

އިޓާލިއަން ސީރިއާގެ ސީޒަނެއްގައި އެންމެ ގިނަ ގޯލްޖެހުމުގެ ރެކޯޑާއިއެކު ހިގައިންވަނީ މިދިޔައީ ސީޒަނުގެ ޓޮޕް ސްކޯރާގެ ބޯޓު ހޯދަފައެވެ.

ގަނަރ ނޮދާލް 1949-1950 ހަދާފައިވާ ރެކޯޑް އޭގެ 66 އަހަރު ފަހުން ހިގައިން މުގުރާލީ 36 ލަނޑު ހަމަކޮށްގެންނެވެ. ނޮދާލްގެ ރެކޯޑަކީ 35 އެވެ.

ޖޫން 2 ވަނަ ދުވަހު ކުޅޭ އިޓާލިއަން ކަޕުގެ ފައިނަލް މެޗުގައި ޔުވެންޓަސް ބައްދަލުކުރާނީ ލާޒިއޯއާ އެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް