Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ-ކެނެޑާ ގުޅުން

ސައުދީއަށް ހަތިޔާރު ވިއްކުން ހުއްޓާލަން މަސައްކަތް ކުރާނަން: ޓްރޫޑޯ

18 ޑިސެމްބަރު 2018 | އަންގާރަ 06:26

އެއްބަސްވުން އުވާލައިފިނަމަ 1 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭ

އަމަން ހަލީމް
އަމަން ހަލީމް | 18 ޑިސެމްބަރު 2018 | އަންގާރަ 06:26
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ

ސައުދީއަށް ހަތިޔާރު ވިއްކަން ވެފައިވާ 13 ބިލިއަން ޑޮލަރުގެ އެއްބަސްވުން އުވާލެވޭނެ ގޮތެއް ބަލަމުންދާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ޓްރޫޑޯ މީގެ ކުރިން ވިދާޅުވެފައިވަނީ މި އެއްބަސްބުން އުވާލުމުން ދައްކަން ޖެހޭ ފައިސާގެ އަދަދު ބޮޑު ކަމުން، އެކަން ކުރަން ފަސްޖެހިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މި ހަތިޔާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާނަމަ، މި ހަތިޔާރުތައް ބޭރު ކުރުމަށް ދޫކޮށްފައި އޮތް އެކްސްޕޯޓް ހުއްދަ އުވާލެވޭނެ ކަމަށްވެސް ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.

ކެނެޑާގެ ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލައިފިނަމަ 1 ބިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހޭ ކަން ޓްރޫޑޯ ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ، ޖަމާލް ހަޝޯގީގެ މަރުގެ މައްސަލައާއި ޔަމަނުގައި ކުރަމުން ގެންދާ ހަނގުރާމައާއި ގުޅިގެން މި އެއްބަސްވުން އުވާލަން ޓްރޫޑޯއަށް ގޮވާލައްވާފައެވެ.

ޓްރޫޑޯ ވަނީ "ރަނގަޅަށް" ކަން ކުރުމުގެ ނިޔަތުގައި 1 ބިލިއަން ޑޮލަރު ކެނެޑާގެ ރައްޔިތުންގެ ބޮލުގައި އެޅުވުމުގެ ކުރިން ވަރަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސައުދީއަށް މި ހަތިޔާރު ވިއްކާ ކުންފުނި ކަމުގައިވާ ޖެނެރަލް ޑައިނަމިކްސްއިން ބުނެފައިވަނީ މި އެއްބަސްވުން އުވާލައިފި ނަމަ އެ ކުންފުންޏަށާއި ކެނެޑާގެ އޮޓާވާގެ ސަރަހައްދީ ސަރުކާރަށްވެސް ގެއްލުން ވާނެ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން 2016 ވަނަ އަހަރުން ފެށިގެން ދަނީ ސައުދީއާއި އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ޓްރޫޑޯއަށް ސިޓީ ފޮނުވަމުންނެވެ. މި ކަމުގެ ސަބަބެއްގެ ގޮތުގައި އެ ފަރާތްތަކުން ފާހަގަ ކޮށްފައިވަނީ، ޔަމަނުގައި ތިބި ކުށެއް ނެތް އާންމުން މެރުމަށް މި ހަތިޔާރުތައް ބޭނުން ކުރެވެމުން ދާ ކަމެވެ.

ސައުދީއާއި ކެނެޑާގެ ގުޅުން ގޯސްވާން ފެށީ މި އަހަރުގެ ކުރީކޮޅު، ސައުދީއިން ހައްޔަރު ކޮށްފައިވާ އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުންތަކެއް ދޫކޮށްލަން ކެނެޑާއިން ގޮވާލުމާއި ގުޅިގެންނެވެ. އޭގެ ފަހުން، އޮކްޓޫބަރު މަހު ސައުދީ އެމްބަސީގެ ތެރޭގައި ޙަޝޯގީ މަރާލި ހިސާބުން މި ގުޅުން ވަނީ އިތުރަށް ގޯސްވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
25 ފެބުރުއަރީ 2017

ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް

25 ފެބުރުއަރީ 2017
ތާވަލުގެ ކުރިޔަށް މެކްސިކޯ ފާރުގެ މަސައްކަތް ފަށާންނަ: ޓްރަމްޕް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް