Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީ

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

އެހެން ކުންފުންޏަކުން އިންޝުއަރ ނުކުރެވޭ ގޮތަށް އޮތުމަކީ އިންސާފެއް ނޫން" އޮޑިވެރިން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 11 ޖެނުއަރީ 2017 | ބުދަ 12:38
މާރުކޭޓު ސަރަހައްދުގައި މަސްބޯޓްތަކެއް ބަނދަރު ކޮށްފައި

މާރުކޭޓު ސަރަހައްދުގައި މަސްބޯޓްތަކެއް ބަނދަރު ކޮށްފައި

ކަނޑުއުޅަނދުތައް އިންޝުއެރެންސް ކުރުމާބެހޭ އުސޫލަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާއެކު އުޅަނދުތައް އިންޝުއެރެންސް ކުރެވޭނީ ހަމައެކަނި އެލައިޑް އިންޝުއެރެންސް މެދުވެރިކޮށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ކަމަށް މަސްވެރިން ބުނެފިއެވެ.

ކަނޑުއުޅަނދުތައް އިންޝުއަރެންސް ކުރުމާބެހޭ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހު ޓްރާންސްޕޯޓް އޮތޯރިޓީންކުރި އިއުލާނުގައި ބުނެފައި ވަނީ ކަނޑުއުޅަނދުތައް ދެން ދަތުރުކުރަންވާނީ ޓޯޓަލް ލޮސް އިންސުއަރެންސް ޕޮލިސީއެއް އޮވެގެން ކަމަށެވެ.

Advertisement - newsAdvertisement

އިއުލާނުގައި ބުނެފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަނޑު އުޅަނދުފަހަރު ދަތުރުކުރަން ވާނީ “ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު”ގެ 39 ވަނަ މާއްދާގެ “ހ”ގައި ބަޔާން ކޮށްފައިވާ އެ އޮތޯރިޓީން ޤަބޫލުކުރާ ހަލް އެންޑް މެޝިނަރީ ހިމެނޭ ގޮތަށް ޓޯޓަލް ލޮސް އިންޝުއަރެންސް ޕޮލިސީއެއް އުޅަނދުގައި އޮވެގެންކަން އާންމުކޮށް އަންގައި އިޢުލާންކުރާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދިން އޮޑިވެރިއަކު ބުނީ ކަނޑުއުޅަނދު ފަހަރު އިންޝުއެރެންސް ކުރުމާބެހޭ އުސޫލަށް ޓްރާންސްޕޯޓް އޮތޯރިޓީން ގެނައި ބަދަލާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މައުލޫމާތު ސާފުކުރި ކަމަށެވެ. އެގޮތުން ކަނޑުއުޅަނދުތައް ހަމައެކަނި އިންޝުއަރެންސް ކުރެވޭނީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަމަށް އެ އޮތޯރިޓީން ބުނެފައިވާ ކަމަށެވެ. އަދި އެ ނޫން އެހެން ތަނަކުން ކުރާ އިންޝުއަރެންސް އެއް ބަލައި ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވާ ކަމަށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އޮޑިެވރިޔާ ބުންޏެވެ.

އޭނާ ބުނީ ހަމައެކަނި އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ކަނޑުއުޅަނދުތައް އިންޝުރެންސް ކުރުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ. އެގޮތުން ބައެއް އުޅަނދުތައް މިހާރު ވެސް އެހެން އިންޝުއަރެންސް ކުންފުނިތައް މެދުވެރިކޮށް އިންޝުއަރެންސް ކޮށްފައިވާ ކަމަށާއި އެހެން ކަމަން އަނެއްކާ ވެސް އެލައިޑް މެދުވެރިކޮށް އަލުން އިންޝުއަރެންސް ކުރުމަކީ މާލީ ގޮތުން ލިބިގެންދާ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.

އޮޑިވެރިޔާ ބުނީ މިކަން ހައްލު ކުރަން ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާ ބައްދަލު ކުރުމަށް މަސައްކަތްކުރި ކަމަށާއި ނަމަވެސް އަދި ބައްދަލު ކުރެވޭ ގޮތެއް ނުވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް މިކަން ހައްލު ކުރެވެން ހުރި ހުރިހައި ކަމެއް ކުރާނެ ކަމަށް އޮޑިވެރިޔާ ބުންޏެވެ.

މަކަމާ ގުޅޭ މައުލޫމާތު ސާފް ކުރުމަށް ރާއްޖެއެމްވީ ކުރި މަސައްކަތް ޓްރާންސްޕޯޓް އޮތޯރިޓީން ފޯނަށް ޖަވާބު ނުދޭތީ ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. އެ އޮތޯރިޓީގެ އިސްވެރިންނަށް ގުޅުމުން ފޯން ނިއްވާލާފައިވާތީ ޓްރާންސްޕޯޓް އޮތޯރިޓީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު