Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށްވުރެ ބޮޑަށް ވިސްނަމުންދަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ހަދަން: މިނިސްޓަރ އަމީރު

3 ޑިސެމްބަރު 2018 | ހޯމަ 13:29

ގައުމީ ތަރައްގީގެ ޕްލޭން ހަ މަސް ދުވަހުން ނިމޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2018 | ހޯމަ 13:29
ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމަށްވުރެ ބޮޑަށް ވިސްނަމުންދަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީރު ވިދާޅުވީ ބަޖެޓް ކޮމެޓީގައި ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމުގެ ވިސްނުމެއް ގެންގުޅޭ ވާހަކަ ވިދާޅުވީ ބޭނުންވާ ސިޔާސަތުތައް ރަނގަޅަށް ހިމެނިފައި ނުވާތީ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް މިހާރު ބޮޑަށް ވިސްނަމުންދަނީ ގައުމީ ތަރައްގީގެ ޕްލޭނެއް ހެދުމަށް ކަމަށާއި، މިޕްލޭނާއެކު ކޮންމެ ރަށަކަށް އެންމެ ބޭނުންވާ ކަންކަން ބަލާނެ ކަމަށެވެ. އަދި މިމަސައްކަތް 6 މަސް ދުވަހުން ނިންމޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"މިމަސައްކަތް ނިމުނީމަ ވިސްނަން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން އެއަށް ރިފްލެކްޓް ކުރާ ގޮތަށް. އެއީ އަޅުގަނޑުމެން ނިންމާފައި އޮތް ކަމެއް ނޫން އެކަމަކު،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފިސްކަލް ޑީސެންޓްރަލައިޒޭޝަނަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީރު ވިދާޅުވީ އެކި ސަރަހައްދުތަކުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ހެދޭ ފޯމިއުލާއެއްގެ ދަށުން ފައިސާ ދޫކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިކަންތައްތައް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ވެސް ބޭރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ފައިސާ ދޫކުރަމުންދާއިރު އަޅުގަނޑުމެން ވެސް އެދެން މިކުރާ ޚަރަދުގެ ރިޕޯޓު ގަވާއިދުން މިނިސްޓްރީއަށް ކައުންސިލްތަކުން އަޅުގަނޑުމެންނާއި ހިއްސާ ކުރުން. އަދި އޭގެ އިތުރުން އަޅުގަނޑުމެން ސިޓީ ކައުންސިލްތަކަށް މިބަޖެޓްގައި މިހާރު ހިމަނާފައިވާ އަދަދުތައް އިތުރުވެގެންދާނެ މަޖިލީހުގައި ރިކަމަންޑޭޝަން އެބައިން އެއް މަހުގެ ތެރޭގައި އަޅުގަނޑުމެން މުޅި ބަޖެޓް ސްޓްރީމްލައިން ކޮށްގެން އަލުން ރިވައިޒްޑް ބަޖެޓެއް މަޖިލީހަށް ހުށަހަޅަން. ބަޖެޓްގެ މުޅި ނަމްބަރު ބަދަލުވަނީ އެއްނޫން. އަޅުގަނޑުމެން މިހާރު އައު މިނިސްޓްރީ ތަކަށް އުފެދިފައިވުމުން އެމިނިސްޓްރީތަކަށް ބަޖެޓް އެލޮކޭޝަންތައް ހަދާފަ އަޅުގަނޑުމެން ރިވައިޒްޑް ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ރިކޮމަންޑޭޝަނެއް އެބައޮތް" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ހައުސިންގ މިނިސްޓްރީއާ އަދި އެހެނިހެން މިނިސްޓްރީތަކުގައި ހުރި ބާރުތައް ސިޓީ ކައުންސިލްއާއި، ރަށްރަށުގެ ކައުންސިލްތަކަށް ލިބިގެންދާއިރު ރަށްރަށުގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ޖޫން 2017

ރާއްޖޭއަށް އެންމެ ބޮޑަށް ބޭނުންވަނީ އަދުލުވެރި ފަނޑިޔާރު ގެއެއް: ހަސަން އަފީފު

26 ޖޫން 2017
ރާއްޖޭއަށް އެންމެ ބޮޑަށް ބޭނުންވަނީ އަދުލުވެރި ފަނޑިޔާރު ގެއެއް: ހަސަން އަފީފު
20 ޖޫން 2017

ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވޭ: މަޚްލޫފް

20 ޖޫން 2017
ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވޭ: މަޚްލޫފް
29 މެއި 2017

އިތުބާރު ނެތިއްޖެނަމަ ވަޒީރަކު ވަކިވާނެ ކަމަށް އަސާސީގައި ލިޔުނީ ވަރަށް ބޮޑަށް މަޝްވަރާކޮށްފަ: ޝިހާބް

29 މެއި 2017
އިތުބާރު ނެތިއްޖެނަމަ ވަޒީރަކު ވަކިވާނެ ކަމަށް އަސާސީގައި ލިޔުނީ ވަރަށް ބޮޑަށް މަޝްވަރާކޮށްފަ: ޝިހާބް
17 އެޕްރީލު 2017

މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް

17 އެޕްރީލު 2017
މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް
04 އެޕްރީލު 2017

ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ

04 އެޕްރީލު 2017
ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ
28 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް

28 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި: ފާރިސް
23 މާރިޗު 2017

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017
ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް
14 މާރިޗު 2017

އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 އެންމެ ބޮޑަށް ފެތުރެނީ މާލެ ސަރަަހައްދުގައި:އެޗްޕީއޭ
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް