Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޙުސައިން އަރީފް

ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލީ މި މަޖިލީހުން: ޙުސެއިން އަރީފް

23 މާރިޗު 2017 | ބުރާސްފަތި 21:25

މަޖިލީހުން ވަނީ ހައްޤުތައް ގެއްލޭގޮތަށް އެތައް ކަމެއް ކޮށްފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 23 މާރިޗު 2017 | ބުރާސްފަތި 21:25
ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް

ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް

ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހެއް އުފެދުނު ފަހުން، ރައްޔިތުންގެ ޙައްޤުތައް އެންމެ ބޮޑަށް ކަތިލާފައި ވަނީ މިހާރު އޮތް މަޖިލީހުން ކަމަށް އެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ނޮޅިވަރަމް ދާއިރާގެ މެންބަރު ޙުސައިން އަރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެރޭ ޙުސައިން އަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކިތަންމެ ހިއްޗަސް، ތެދު ވާނީ ތެދަށް ކަމަށާއި، ދިވެހިރާއްޖޭގައި ރައްޔިތުންގެ މަޖިލީހެއް އުފެދުނު ފަހުން، މިހާރު އޮތް މަޖިލީހަށް ވުރެ، ރައްޔިތުންގެ ޙައްޤުތައް ކަތިލި މަޖިލީހެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު އަރީފް މިގޮތަށް ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ހޯމަ ދުވަހު ވޯޓުލާން ތައްޔާރުވެފައި ވަނިކޮށެވެ.

މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، އެމަނިކުފާނުގެ ރިޔާސަތުގައި މަޖިލީހުގެ ތެރެއިން، ރައްޔިތުންގެ އެތައް އަސާސީ ހައްޤުތަކެއް ގެއްލުވާލަން ފުރުޞަތުދީ، ރައްޔިތުން ތަމްޞީލު ކުރުމުގެ ފުރުޞަތު، މަޖިލީހުގައި ތިއްބެވި ސަރުކާރާއި ޚިޔާލު ތަފާތުވާ ފަރާތްތަކަށް ނުދޭތީ ކަމަށް އެ މައްސަލަ ހުށަހެޅި ފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ނަމުގައި ޤާނޫނެއް ފާސްކޮށް، ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤުތައް ވަނީ ގެއްލުވާލާފައެވެ. އަދި ސިޔާސީ ހަރަކާތް ހިންގުމާއި، އެއްވެ އުޅުމުގެ ހައްޤު ހަނިކޮށް، ޤާނޫނު އަސާސީގެ 32 ވަނަ މާއްދައިން ލިބިދޭ ހައްޤުތައްވެސް ނަގާލާފައިވާ ކަމަށް މެންބަރުން ތުޙުމަތުމަތުކުރެއެވެ. އަދި ހަމަމިއާ އެކު ސަރުކާރު ޒިންމާދާރު ކުރުވުމުގެ ގޮތުން މިނިސްތަރުންނާއި ސުވާލު ކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ދިނުމުގައި އުޞޫލުން ބޭރުން އަމަލުކުރައްވާ ކަމުގެ ތުހުމަތުވެސް މަސީޙުގެ މައްޗަށް ވަނީ ކޮށްފައެވެ.

މީގެ އިތުރުން، މެންބަރުން ވެސް އަނދިރިކަމެއްގައި ބައިތިއްބައިގެން، ފްރީ ހޯލްޑް އުޞޫލުން ބިން ދޫކުރުމުގެ ނަމުގައި، ރާއްޖޭގެ ބިން ބިދޭސީ ބާރުތަކަށް ވިއްކައި، ރާއްޖޭގެ ސިޔާދަތު ނަގާލުމުގެ ފުރުޞަތު ހުޅުވާލުމުގައިވެސް މަސީޙު އިސް ދައުރެއް އަދާކުރައްވާފައިވާ ކަމަށް މެންބަރުން ތުޙުމަތު ކުރެއެވެ.

މިހާރު އޮތް ރައްޔިތުންގެ މަޖިލިސް، 2014 ވަނަ އަހަރު އިންތިޚާބުވީއްސުރެ މިހާތަނަށް ކޮށްފައިވާ ގިނަ މަސައްކަތްތަކަށް ރައްޔިތުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އެ މަޖިލީހުން ފާސްކޮށްފައިވާ ގިނަ ޤާނޫނުތަކުން، ރައްޔިތުންގެ އެކި ޙައްޤުތައް ވަނީ ގެއްލިގެން ގޮސްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް