Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ރާއްޖޭއަށް އެންމެ ބޮޑަށް ބޭނުންވަނީ އަދުލުވެރި ފަނޑިޔާރު ގެއެއް: ހަސަން އަފީފު

26 ޖޫން 2017 | ހޯމަ 17:33

ދިމާވާ ގިނަ މައްސަލަތައް ދިމާވަނީ މިނިވަން ޖުޑިޝަރީ ނިޒާމެއް ނެތުމުން- އަފީފު

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 26 ޖޫން 2017 | ހޯމަ 17:33
ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު

ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު

ރާއްޖޭގައި މިއަދު ދިމާވާ ހުރިހާ މައްސަލައެއް ދިމާވަނީ، އަދުވެލި ފަނޑިޔާރު ގެއެއް ނެތުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ ހަސަން އަފީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ހޯމަދުވަހުގެ ރޭ، ހަސަން އަފީފު ވިދާޅުވީ، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ކުރުމުގައި މިނިވަން އިންސާފުވެރިކަމާ އެކު ކަންކަން ނިންމާނެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ. އަދި މިއަދު ރާއްޖެއަށް ދިމާވާ ގިނަ މައްސަލަތަކެއް ދިމާވުމަށް މަގުފަހިވަނީ، އަދުލުވެރި ފަނޑިޔާރުގެއެއް ނެތުމުން ކަަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަފީފު ވިދާޅުވީ، އަދުލުވެރި ފަނޑިޔާރުގެއެއްގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުންވެސް ޒިންމާދާރު ކަމާ އެކު މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ގާނޫނުތަކަށް ގެންނަ ބައެއް ބަދަލުތަކަކީ، ސީދާ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކެއް ކަން އަފީފު ފާހަގަކުރެއްވި އެވެ.

" ގާނޫނު އަސާސީގެ ބެލެނިވެރިފަރާތަކީ، ތިމަންނަމެންނޭ ބުނާ އިރު ގާނޫނު އަސާސީއާ ހިލާފަށް ނިންމުންނަށް މަޖިލީިހުން ނިންމުމުން ކިހިނެތްތޯ ވާނީ." އަފީފު ވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ތިން ބާރު ވަކިވެފަިއވާ ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާ ކުރެވޭނީ ފަނޑިޔާރުންނަކީ އެއްވެސް ނުފޫޒެއްނެތި މިނިވަންކަމާ އެކު ގާނޫނު އަސާސީގެ ހަމަތަކުގެ ތެރެއިން ކަންކަން ނިންމާ ބަޔަކަށްވުމުން ކަމަށެވެ. މީގެ ތެރެއިންވެސް ސުޕްރީމް ކޯޓަގެ ފަނޑިޔާރުން މިފަދަ ބަޔަކަށް ވާންޖެހޭ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަފީފު ވަނީ ދާދި ފަހުން ސުޕްރީމްކޯޓުން ނިންމި ނިންމުމަކަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި އެންމެ ފަހު ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް މިދިޔަ މެއި މަހު އެ ކޯޓުން ހުކުމްކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ހުކުމެއް ކަމަށް އަފީފުވިދާޅުވި އެވެ.

އަފީފު ވިދާޅުވީ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް އިސްލާހުތައް ގެންނަންޖެހޭ ކަމަށާއި އެއްވެސް ގާނޫނަކީ އެއަށް އިސްލާހު ނުގެނެވޭނެ ގާނޫނެއް ނޫން ކަަމަށެވެ.

ދިމާވާކަންކަމުގެ ތެރެއިން އެކަމަކަށް ރިޔާއަތްކޮށް ގާނޫނުތަކަށް އިސްލާހު ގެންނަން ވާނެ ކަމަށާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ގޮތުން މިހާރު އެންމެ ބޮޑަށް ކުރަންޖެހޭ ކަމަކީ ގާނޫނު އަސާސީގެ މާއްދާތައް މާނަކުރުމާއި ތަފްސީލު ކުރުމުގެ މަސައްކަތް ކަމަށެވެ.

ގާނޫނު އަސާސީގެ މާއްދާތައް އެންމެ ފުރިހަަމައަށް މާނަ ކުރެވިފައިނުވާތީ، ދިމާވަމުންދާ މައްސަލަތައް އަފީފު ފާހަގަކުރެއްވި އެވެ.

" އެންމެ ބޮޑަށް ސުޕްރީމްކޯޓުން ނަަގައިގެން ޕޮއިންޓް. އެންމެ ފަހު ބަސް ބުނާނީ ސުޕްރީމްކޯޓުންނޭ. މިކަން އޮތީ ކިހިނެއްތޯ. މި އައިސްފަ އޮތް ގޮތް ބައްލަވާ. އަދުލު އިންސާފު ގާއިމް ކުރުމުގެ ބާބުގައި ބަޔާންކޮށްފައި އޮންނާނެ، ދަށު ކޯޓުން ނިމޭ މައްސަލައެއް، ހައިކޯޓަށް އިސްތިއުނާފު ކުރެވޭނެ. އަދި ހައިކޯޓުން ނިންމާ ނިންމުތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެއޭ. ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމޭ. އެއީ އިސްތިއުނާފު މައްސަލަތަކުގައި. އެހެން ކަމެއްގައެއް ނޫން. މިއަދު ދިމާވެގެން އުޅޭ ކަންކަމަކީ ހުރިހާ ކަމެއްގެ ތެރެއަށް ސުޕްރީމް ކޯޓުގެ ތެރެއަށް ވަނުން." އަފީފް ވިދާޅުވިއެވެ.

އަފީފު ވަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތަށް ހޯދުމަށާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގައިވެސް ރައްޔިތުން އިސްވެ ނިކުމެ އެކަންކަމަށް ގޮވާލަންޖެހޭ ކަަމަށެވެ.

ރައްޔިތުންނަށް މިނިވަންކަމާއެކު ހިޔާލުފާޅު ކުރުމުގެ ފުރުސަތު ނެތުމުން ރާއްޖޭގައި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި ގައުމަށް ބޭނުންވާ ތަރައްގީ ގެނެވޭނީ ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް އޮވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް