Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

އިތުބާރު ނެތިއްޖެނަމަ ވަޒީރަކު ވަކިވާނެ ކަމަށް އަސާސީގައި ލިޔުނީ ވަރަށް ބޮޑަށް މަޝްވަރާކޮށްފަ: ޝިހާބް

29 މެއި 2017 | ހޯމަ 00:39

މަޖީލީހުން ކުރެވޭނެ ކަންކަމަކީ ވަރަށް ސާފުކޮށް ލިޔެފައިވާ ކަންކަން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 މެއި 2017 | ހޯމަ 00:39
މުހައްމަދު ޝިހާބް ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

މުހައްމަދު ޝިހާބް ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ނަގާ ވޯޓެއްގައި އެކަން ފާސްވެއްޖެ ނަމަ އެ ވަޒީރަކު ވަކިވީ ކަމަށް ޤާނޫންއަސާސީގައި ލިޔުނީ ވަރަށް ބޮޑަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި މަޝްވަރާ ކުރެވިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މާލޭގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރު މުހައްމަދު ޝިހާބް ވިދާޅުވެއްޖެއެވެ.

މިހާރު އަމަލް ކުރަމުންދާ ޤާނޫން އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އުޅުއްވި އަދި މަޝްހޫރު 17 އަހަރުން ހެދި ޤާނޫން އަސާސީ ހެދިއިރު އެމަޖިލީހުގައިވެސް އިންނެވި މުހައްމަދު ޝިހާބު މިހެން ވިދާޅުވީ ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޝިހާބް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަަކީ ޤާނޫން ހެދުމުގެ ބާރު ޤާނޫން އަސާސީން ހަވާލުކޮށްފައިވާ ތަން ކަމަށާއި އަދި މިހާރު ހެދިފައިވާ ޤާނޫން އަސާސީގެ ދަށުން ޤާނޫން އަސާސީއަށްވެސް ބަދަލު ގެނެވޭނެ ތަނެއް ކަމުގައި ކަނޑައަޅާފައިވަނީ އެމަޖިލިސް ކަމަށެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމަށް އިޝާރާތް ކުރައްވާ ޝިހާބު ވިދާޅުވީ އެހުކުމާމެދު ވަރަށް ގިނަ ބަޔަކު ކަންބޮޑުވާ ކަމަށާއި މަޖީލީހުން ކުރެވޭނެ ކަންކަމަކީ ވަރަށް ސާފުކޮށް ލިޔެފައިވާ ކަންކަން ކަމަށެވެ. އެގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނަމަ އެ މަޖިލިހަށް ހުށަހެޅި އެމަޖިލީހުން ފާސްވެއްޖެނަމަ އެވަޒީރަކު ވަކިވީކަމަށް ލިޔެފައިވާނޭ ކަމަށެވެ.

ޝިހާބް ވިދާޅުވީ އެގޮތައް ނިންމާފައި އެވަނީ އެހެން މަރުހަލާއަކަށް އެކަން ގޮސްފާނެތީ ކަމަށާއި އެހާހިސާބުން އެވަޒީރަކު ވަކިވީ ކަމަށެވެ.

"ވަރަށް ގިނަ އިސްލާހްތައްވެސް ހުށަހެޅުނު އެމާއްދާ ލިޔުނުއިރު. އެހެންނަމަވެސް މިހާރު އޮތްގޮތައް އެއޮތީ އެގޮތައް ފާސްވެގެން" ޝިހާބް ވިދާޅުވިއެވެ.

ޝިހާބް ވިދާޅުވީ އެމާއްދާ ލިޔުނުއިރު މާބޮޑު ޚިޔާލު ތަފާތުވުމެއްވެސް ނާންނަ ކަމަށާއި ޚިޔާލު ތަފާތުވެ ގޮތެއް ނިންމަން އުނދަގޫވި ކަންކަމުގައި އެނޫން ގޮތައް ޢަމަލް ކުރައްވާފައިވާނޭ ކަމަށެވެ. މިސާލެއްގެ ގޮތުގައި ރާއްޖޭގައި އޮންނަން ފެންނަ ނިޒާމެއްގެ ވާހަކަ ނަންގަވަމުން ޝިހާބް ވިދާޅުވީ އެމާއްދާ ލިޔުމުގެ ކުރިން ރައްޔިތުންގެ ވޯޓަކަށް ގޮސްފައިވާނޭ ކަމަށެވެ. އެހެންކަމުން ޤާނޫން އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރުތަކަކީވެސް ވަރަށް ބޮޑަށް ބެލުމަށްފަހު ދީފައިވާ ބާރުތަކެއްކަމަށް ޝިހާބް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
14 މާރިޗު 2017

ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ

14 މާރިޗު 2017
ފާރިސް އޭސީސީއަށް ހާޒިރު ކުރަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވުމަށް: އެމްޑީޕީ
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
04 މާރިޗު 2017

ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް

04 މާރިޗު 2017
ފ. އަތޮޅު މައްސަލައިގާ ޔާމީނަށް އިތުބާރު ކުރެވޭކަށް ނެތް: ޝިފާޒް
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
14 ފެބުރުއަރީ 2017

ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް

14 ފެބުރުއަރީ 2017
ގާނޫނު އަސާސީގައި ރައީސް ޔާމިން މުގުރާނުލާ އެންމެ ބާބެއްވެސް ނެތް:ފައްޔާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް