Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވޭ: މަޚްލޫފް

ސަރުކާރުން ބުނެފައިވަނީ އަދީބް ބޭސްފަރުވާއަށް ނުފޮނުވަނީ ފިލާފާނެތީ ކަމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 ޖޫން 2017 | އަންގާރަ 17:43
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު

ރައީސް ޔާމީން ފިއްލަވާފާނެތީ ރައްޔިތުން މާބޮޑަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް ބޭސްފަރުވާ އާއި ގުޅޭގޮތުން ސަރުކާރުން އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރުން ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައި މަޚްލޫފް ވިދާޅުވީ، ބޭސްފަރުވާއަށް އަދީބް ރާއްޖެއިން ބޭރަށް ފޮނުވަން ސަރުކާރުން ހުއްދަ ދީފައިނުވަނީ، އެމަނިކުފާނު ފިއްލަވާވަޑައިގެންފާނެތީކަމަށް ސަރުކާރުން ބުނާއިރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިއްލަވާވަޑައިގެންފާނެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި މާބޮޑަށް އޮތް ކަމަށެވެ.

Advertisement - newsAdvertisement

މަޚްލޫފް މިފަދައިން ވިދާޅުވިއިރު، ސަރުކާރުގެ ތެރެއިން، ރައީސް ޔާމީނަށް މާލީ އެތައް ފައިދާއެއް ވާގޮތަށް ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަމުންދާކަމަށް ރައްޔިތުން ދަނީ ތުޙުމަތު ކުރަމުންނެވެ. އަދި މި ސަރުކާރުގައި އެކި ފަރާތްތަކަށް ލިބިފައިވާ އެކި ކަހަލަ ގެއްލުންތަކަށްވެސް ރައީސް ޔާމީން ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނޭ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަންގާރަ ދުވަހު ސަރުކާރުން ބުނެފައިވަނީ، އަދީބް ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވައިފިނަމަ އެ މަނިކުފާނު ފިއްލެވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ސަރުކާރުން ބުނީ، އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތަށް 10 މިލިއަން ޑޮލަރު ދައްކަން އަދީބަށް ޖެހޭ ކަމަށާއި، އެހެންވެ އަދީބު ރާއްޖޭން ބޭރަށް ފޮނުވައިފި ނަމަ، އެ ފައިސާވެސް ދައުލަތަށް ގެއްލިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު