Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތަކުގެ ޖަލްސާ

މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ: ތައުފީގް

17 އެޕްރީލު 2017 | ހޯމަ 23:17

މިއީ އޯގާތެރި ވެރިކަމެއް ނޫން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 އެޕްރީލު 2017 | ހޯމަ 23:17
ރައީސް ވަހީދު ސަރުކާރުގެ އެޑްވައިޒަރ އަޙްމަދު ތައުފީގް -- އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

ރައީސް ވަހީދު ސަރުކާރުގެ އެޑްވައިޒަރ އަޙްމަދު ތައުފީގް -- އޭނާ ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ

ރައްޔިތުންނަށް މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށާއި ވެރިކަން ކުރައްވަން ބޭނުންވާ ނަމަ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ރައީސް އޮފީހުގައި ޕޮލިޓިކަލް އެޑްވައިޒަރކަން ކުރެއްވި އަޙްމަދު ތައުފީގް ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ތައުފީގް ވިދާޅުވީ މާބޮޑަށް ނުލަފާކަން ދައްކައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށާއި ވެރިކަން ކުރެވޭނީ ރައްޔިތުންގެ ލޯތްބާއި އިޚްތިރާމް ލިބިގެން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ރައީސް މުހައްމަދު ނަޝީދަކީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިގެން ވެރިކަން ކުރެއްވި ދެ ބޭފުޅުން ކަމަށާއި އަދި ޤާސިމް އިބްރާހިމް އަކީ އެތައް ރައްޔިތުންގެ ލޯބި އެބޭފުޅަށް ލިބިފައިވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުންގެ ލޯތްބަކީ ގަދަ ބާރުން ހޯދާ އެއްޗެއް ނޫން ކަމަށް ތައުފީގް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ސިޔާސީ މައިދާނުގައި ދުޝްމަނުންނެއް ނުތިބޭނެ ކަމަށާއި ތިބޭނީ ވާދަވެރިން ކަމަށްވާއިރު މިސަރުކާރުން މިދަނީ ސިޔާސީ ބޭފުޅުންނަކީ ދުޝްމަނުން ކަމަށް ދެކިގެން އެބޭފުޅުން ޖަލުގެ ތޭރިތަކުގެ ތެރެއަށްލާ އިންސާނީ ވަސީލަތް ބަރުބާދު ކުރަމުން ކަމަށް ތައުފީޤް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ކާނަލް މުހައްމަދު ނާޒިމާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ފަދަ ބޭފުޅުން ޖަލުގައި ތިބި އިރު އެފަދަ ބޭފުޅުންނަކީ ދުޝްމަނުން ނޫން ކަމަށާއި އަދި އެތައް ސިޔާސީ ވެރިންނަށް ނުހައްގުން ދައުވާކޮށް ޖަލަށް ހުކުމް ކޮށްފައިވާއިރު އެބޭފުޅުންނަކީ ސިޔާސީ ވާދަވެރިން ކަމަށް މިސަރުކާރުން ނުދެކޭ ކަމަށެވެ.

އެހެންކަމުން އެއީ އޯގާތެރި ވެރިކަމެއް ނޫން ކަމަށާއި އެވެރިކަމާއި ދެކޮޅަށް ރައްޔިތުން ތެދުވަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމިންއަށް ރައްޔިތުން ވޯޓް ދިނީ ވެރިކަމުގައި އެބޭފުޅާ ނަމޫނާ ދައްކަވާނެ ކަމަށް ދެކިގެން ކަމަށާއި އެހެން ނަމަވެސް އެބޭފުޅާ ވެރިކަމުގައި ނުބައި ވެއްޖެ ނަމަ ޤާނޫނީ ހަމަތަކުގެ މަތިން ވެރިކަމުން ބޭރުކުރަން ޖެހޭ ކަމަށް ތައުފީޤް ވިދާޅުވި އެވެ. އަދި ގުޅިފައިވާ ލަޝްކަރު މުގުރާލެވޭތޯ މިސަރުކާރުން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި މިކަންކަން އިސްލާޙް ކުރަން ތެދުވަން ޖެހޭ ކަމަށް ތައުފީގް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
27 މާރިޗު 2017

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
23 ފެބުރުއަރީ 2017

ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް

23 ފެބުރުއަރީ 2017
 ބިރު ދައްކައިގެން ޕީޕީއެމަށް މެމްބަރުން ހޯދާ މީހުން އިންސާފްގެ ކުރިމައްޗަށް ގެންނާނަން: ޝަމީމް
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް