Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ - ދެކުނު ކޮރެއާ

ކިމް ޖޮންގެ ހުށައެޅުންތައް ގަބޫލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވި: މޫން

ޓްރަމްޕް އާއި ކިމްގެ ދެވަނަ ބައްދަލުވުމެއް އަންނަ ޖެނުއަރީގައި

އަމަން ހަލީމް
އަމަން ހަލީމް | 3 ޑިސެމްބަރު 2018 | ހޯމަ 09:04
ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ޒައީމް ކިމް ޖޮން އުންގެ ހުށައެޅުންތައް ގަބޫލުކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން ވިދާޅުވެއްޖެއެވެ.

ކިމް އަކީ ޓްރަމްޕް ވަރަށް "ގަޔާވާ" މީހެއް ކަމަށާއި ވެވިފައިވާ އެއްބަސްވުން އޭގައި އޮތް ގޮތަށް ތަންފީޒު ކޮށްދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް މޫން ވަނީ ހާމަކުރައްވާފައެވެ.

ޓްރަމްޕްގެ މި މެސެޖު ކިމްއަށް ރައްދު ކޮށްދިނުމަށް މޫންގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް މޫންވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޓްރަމްޕް ވިދާޅުވެފައިވަނީ ކިމްއާއި އެކު ދެވަނަ ބައްދަލުވުމެއް އަންނަ އަހަރުގެ ޖެނުއަރީ ނޫނީ ފެބްރުއަރީ މަހު ބޭއްވުމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށެވެ.

މި އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި އެމެރިކާގެ ރައީސް ޓްރަމްޕްއާއި އެކު ބޭއްވެވި ތާރީޙީ ބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ ނިއުކްލިއަރ ހަތިޔާރުތައް ބަހައްޓަން އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް މި ކަން ހާސިލްކުރުމަށް އެދެވިގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވަނީ އެމެރިކާއިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލާފައިނުވާތީ ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެފައެވެ.

އުތުރު ކޮރެއާގެ ލީޑަރު ކަމަށް ކިމް ޖޮން އުން ވަޑައިގެންނެވި ފަހުން ވަނީ ދެކުނު ކޮރެއާއާއި އެކީ ގުޅުން ގާއިމްކޮށް ދެ ކޮރެއާ އެކުގައި ކުރިއަށް ދާން މަސައްކަތްތަކެއް ކުރައްވަން ފަށާފައެވެ.

މި މަސައްކަތަށް އިޖާބަދީ ދެކުނު ކޮރެއާއިން ވެސް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެއްބާރުލުން ދެއްވާފައެވެ. މި ގޮތުގެ މަތީން އުތުރު ކޮރެއާގެ ލީޑަރަކު ދެކުނު ކޮރެއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ތައްޔާރީތައް ކުރިއަށް އެބަދެއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
28 ޖެނުއަރީ 2017

މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި

28 ޖެނުއަރީ 2017
މުސްލިމު ހަތް ގައުމަކަށް ވިސާ ނުދޭ ގަރާރުގައި ޓްރަމްޕް ސޮއިކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
26 ޖެނުއަރީ 2017

ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި

26 ޖެނުއަރީ 2017
 ފަލަސްތީނަށް ދޭން ފާސްކުރި ފައިސާ ޓްރަމްޕް ސަރުކާޜުން ހިފަހައްޓައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު