Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕެޑް ޓެކްސް

ޕެޑް ޓެކްސް ބަހުސުން ހުތުރު މަންޒަރެއް: ހީ ސަމާސާކޮށް، މަލާމާތް ވެސް ކުރި!

މި ބިލަށް މަޖިލީސް މެމްބަރުން ބަހުސް ކުރަމުން ދިޔައިރު ބައެއް މަޖިލީސް މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ލަދުކުޑަ އަމަލެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2018 | ބުދަ 18:29
ރައްޔިތުންގެ މަޖިލީސް

ރައްޔިތުންގެ މަޖިލީސް

ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޕެޑުން ޓެކްސް ނަގަމުންދާތީ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ކެމްޕެއިން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ. ޕެޑުން ޓެކްސް ނެގުން ހުއްޓާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވީ ބުދަ ދުވަހުގެ ހެނދުނު ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ އެވެ.

ބުދަ ދުވަހުގެ ރޭ މި ބިލަށް މަޖިލީސް މެމްބަރުން ބަހުސް ކުރަމުން ދިޔައިރު ބައެއް މަޖިލީސް މެމްބަރުންގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ލަދުކުޑަ އަމަލެކެވެ. ބައެއް މަޖިލީސް މެމްބަރުން މި ބިލަށް ބަހުސް ކުރަމުން ދިޔައިރު އަނެއްބައި މަޖިލީސް މެމްބަރުން އެ މެމްބަރުން ޕެޑުގެ ވާހަކަ ދެއްކެވުމުން މާލާމަތުގެ ރާގަށް ހީ ހަދާފައިވެއެވެ. މިކަމުގެ ސަބަބުން ވާހަކަ ދައްކަވަމުންދިޔަ މަޖިލީސް މެމްބަރުންނަށް ވަނީ ވާހަކަ ދައްކަން ވެސް އުނދަގޫވެފައެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ބާރީއަށް ވާހަކަފުޅު ދައްކަވަން ދަތިތަކާ ކުރިމަތިވީ މެމްބަރުން ހީ ސަމާސަ ކުރުމުގެ ސަބަބުންނެވެ.

އޭގެ އިތުރުން، އެ ބިލު ކޮމެޓީން ފާސްކޮށް، ތަޅުމަށް ހުށަހެޅުމުން ވެސް ބައެއް މެމްބަރުންގެ ފަރާތުން ފެނުނީ އެފަދަ ހިތާމަވެރި މަންޒަރެވެ. ކޮމެޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު ބައެއް މެމްބަރުން ވަނީ މަލާމާތުގެ ރާގަށް ތަޅުމުގައި އަޑުން އަޑު ނަގައި ހީ ސަމާސާ ކޮށްފައެވެ.

ސަލީމް ވިދާޅުވީ އެއީ ހޭން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި އެއީ ދައްކަން މުހިންމު ވާހަކައެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން ތަމްސީލް ކުރުމަށްޓަކައި މަޖިލީހުގައި ތިބޭ މެމްބަރުންތަކެކެވެ. ރައްޔިތުންގެ މަންދޫބުންނަކީ މަޖިލީސް މެމްބަރުންނެވެ. ގާނޫނީ ނިޒާމާއި އިޖުތިމާއީ ފޭރާމާއި އިގްތިސާދީ އޮނިގަނޑު ބައްޓަން ކުރަން ތިބީ އެ މެމްބަރުންނެވެ. ގާނޫނު ހަދާ މެމްބަރުން ގާނޫނުގެ ކުރިމަތީގައި ނަމޫނާ ދައްކަން ޖެހެއެވެ. މަޖިލީސް ތަޅުމުގައި އެގޮތަށް ހީ ސަމާސާކޮށް، މަލާމާތްކޮށްފައިވާ މެމްބަރުންނަކީ ކޮބައިކަމެއް ނޭނގެއެވެ.

އަންހެނުންގެ ޒަރޫރީ ބޭނުމަކާ ގުޅިފައިވާ އެފަދަ އެއްޗަކުން ޓެކްސް ނެގުން ހުއްޓާލުމަށް ސަރުކާރުން ހުށަހެޅި ބިލަށް ތާއިދުކޮށް، ވޯޓު ދިން ގޮތަށް "އަމަލުން" ވެސް އެކަން ސާބިތު ކޮށްދޭން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ހަފްތާ ވެގެން ދިޔައިރު ދަރިވަރުންގެ ޓެކްސް ފޮތްތައް ވީ ހިސާބެއް ނޭނގެ

ދެ ހަފްތާ ވެގެން ދިޔައިރު ދަރިވަރުންގެ ޓެކްސް ފޮތްތައް ވީ ހިސާބެއް ނޭނގެ

24 ޖެނުއަރީ 2019
ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި

ނާސްތާ ދިނުން: ސްކޫލުތަކުން ތަފާތު މަންޒަރެއް، ދަރިވަރުން ހިނިތުންވެފައި

13 ޖެނުއަރީ 2019
ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

12 ޑިސެމްބަރު 2018
އިންތިހާބު ބޯމަތިވެފައި، އިންކަމް ޓެކްސްގެ ވާހަކަދައްކާނެ މީހެއް ނެތް؟

އިންތިހާބު ބޯމަތިވެފައި، އިންކަމް ޓެކްސްގެ ވާހަކަދައްކާނެ މީހެއް ނެތް؟

19 އޯގަސްޓު 2018
ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

ހޯދަންވީ ބަޔާންތައް ލީކުކޮށްލި މީހުންނެއް ނޫނެވެ، ފަނޑިޔާރުގެތަކުން ބޭރުކުރަންވީ ހުތުރު ގާޒީންނެވެ.

03 މެއި 2018

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު