Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނޫސްވެރިކަމަށް އެންމެ ބޮޑު ފުރައްސާރަކުރި، ޝަހީބަށްވެސް އެވޯޑެއް: ލަދުވެތި މަންޒަރެއް!

ރައީސް މައުމޫނަށް އެވޯޑް އެރުވުނުއިރު، ރައީސް ނަޝީދުގެ މަސައްކަތުގެ އަގު ވަޒަނެއް ނުކުރި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2018 | ބުދަ 13:19
ޝަހީބަށް

ޝަހީބަށް

ނިމިގެންދިޔަ ފަސް ވަރަކަށް އަހަރަކީ ދިވެހި ނޫސްވެރިކަމަށް އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނު، އެންމެ އަނދިރި ދުވަސްތަކޭ ބުނުމުން އެކަމާއި ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. އެ ފަސް އަހަރަކީ ނޫސްވެރިިން ޖަލަށް ލައި، ނޫސްވެރިންގެ މައްޗަށް ހުކުމްތައް އިއްވައި، ނޫސްވެރިންގެ ގައިގަ ތަޅާ އަނިޔާކުރި ފަސް އަހަރެވެ. ލިޔާ ލިޔުމަކުން، ދައްކާ ވާހަކައަކުންވެސް ޖަލަށްދާން ޖެހުނު ކަމުގެ ބިރުވެރި މާހައުލެއްގައި ނޫސްވެރިން މަސައްކަތްކުރަން ޖެހުނު ފަސް އަހަރު އެވެ. ނޫސްވެރިޔަކު ގެއްލުވާލައި، ލިޔުންތެރިޔަކު ކޮށާ ކުދިކޮށްލި ފަސް އަހަރެވެ.

މިގޮތަށްގޮސް ކިތަންމެ ކިތަންމެ ވާހަކައެއް ދެއްކިދާނެ އެވެ. ގެނެސްދިން ޕްރޮގްރާމަކާއި ގުޅިިގެންނާއި، ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާއި ގުޅިގެން އަމިއްލަ ޓީވީތައް އެތައް މިލިއަނަކުން ޖޫރިމަނާކޮށް ނެތިކޮށްލުމަށް މަސައްކަތްކުރީވެސް ނިމުނު ފަސް އަހަރުގެ ތެރޭގައެވެ.

ނިމިގެންދިޔަ ހުުދުމުހުތާރު އަނިޔާވެރި ވެރިކަމަށް، އެ ހުރިހާ ކަމަކަށް މަގު ފަހިކޮށްދީ، ނޫސްވެރިކަން މަރާލުމަށް ފުރުސަތު ދިން ބަޔަކުވެސް އެބަތިއްބެވެ. މިނިވަން މުއައްސަސާތަކުގެ ނަމުގައި ޓެގް އަޅުވައި، މަގާމުގެ ދަހިވެތިކަމުގައި މަސައްކަތްކުރި އެ މީހުން ކުރިހާވެސް ކަމަކީ، އަނިޔާވެރި ނިންމުންތައް ނިންމުމާއި، ހިލާފު ފާޅުކުރުމުގެ މިނިވަންކަމާއި، ބަސްބުނުމުގެ މިނިވަންކަން ނެތިކުރުމުގެ މަސައްކަތްތަކެވެ.

އޭގެތެރެއިން އެއް ބޭފުޅަކީ ބްރޯޑްކާސްޓަރުންްގެ ހައްޤުތައް ހިމާޔަތްކޮށްދީ، ބްރޯޑްކާސްޓަރުން ކުރިއެރުވުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައި ހުންނެވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު ޝަހީބެވެ. ނޫސްވެރިންނަށް އެތައް އަނިޔާތަކެއް ލިބި، ނޫސްވެރިކަމުގެ ވެށި އެއްކޮށް ކިލަނބު ވެގެންދިޔައިރު، ނޫސްވެރިންގެ ހައްޤުގައި އެއްޗެއް ވިދާޅުނުވެ ހުންނަވާ، ކުރެއްވިހާ މަސައްކަތަކީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރެއްވި މަސައްކަތޭ ބުނުމުން އެއީ ދޮގަކަށް ނުވާނެ އެވެ.

ޓީވީ ސްޓޭޝަންތައް އެތައް މިލިއަނަކުން ޖޫރިމަނާކޮށް، ޓީވީ ސްޓޭޝަންތައް ބަންދުކޮށް، ނެތިކޮށްލުމަށް ހުދުމުޚުތާރު ސަރުކާރަށް ވާގިވެރިވެ، ހުރިހާ ނިންމުމެއް ނިންމިއިރު، ރިޔާސަތުގައި އިންނަވާ ހުރިހާކަމަކަށް ފުރުސަތު ދެއްވި ބޭފުޅަކީ އެއީ އެވެ. މިއީ މިއަދު ކޮންމެ ރައްޔިތަކަށް އިވި ބާވެފައިވާ ވާހަކަތަކަކަށްވާއިރު، އަންގާރަ ދުވަހުގެރޭ، ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުން ފެނިގެންދިޔައީ ހައިރާންކުރުވަނިވި އަދި އެހާމެ ލަދުވެތި މަންޒަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަތްޕުޅުން ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ޝަހީބަށް އެރުވި މަންޒަރު އެވެ. ޝަހީބު ކުރެއްވި މަސައްކަތްތައް ފާހަގަކޮށް، ޝަހީބަށް ހިތްވަރު ދިނުމުގެ އެވޯޑެއް އެރުވި މަންޒަރު އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި އެ ރަސްމިއްޔާތުގައި ޝަހީބަށް ހާއްސަ އެ ވޯޑެއް އެރުވުމަކީ ނޫސްވެރިކަމަށްކުރި ހުތުރު މަލާމާތަކަށް ނޫނީ ނުވާނެ އެވެ. ތެދެކެވެ. އެއް އިރެއްގައި ޝަހީބުވެސް ލިޔުންތައް، ލިޔުއްވައި، ނޫސްވެރިކަންވެސް ކުރެއްވި އެވެ. ނަމަވެސް ނޫސްވެރިކަމަށް ކޮށްދެވި ހިދުމަތަށްވުރެ ބޮޑީ، ނޫސްވެރިކަމަށް ކުރެއްވި ފުރައްސާރަައާއި، ކުރިމަތިކުރުވި ގޮންޖެހުންތަކެވެ. ނޫސްވެރިކަން ނެތިކޮށްލުމަށް ހިންގި ހަޑިމުޑުދާރު އަމަލުތަކެވެ.

ޝަހީބަށް ނޫސްވެރިކަމުގެ "އަލިމަސް ގަލަން" ނުވަތަ ހާއްސަ އެވޯޑް ހައްޤުނަމަ، މި ޤައުމުގައި އެންމެ ބޮޑެތި ކޮރަޕްޝަން ހިންގި ފަރާތްތަކާއި، އެންމެ އަނިޔާވެރި ހުދުމުތާރު ވެރިކަން ކުރެއްވި ބޭފުޅުންނަށްވެސް އެވޯޑްތައް ހައްޤުވާނެ އެވެ. ސަބަބަކީ އެ ބޭފުޅުންނަކީވެސް އެ ބޭފުޅުން ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ހިދުމަތެއް ކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށްވާތީ އެވެ.

ހަމައެކަނި ޝަހީބާއި ހިސާބުން މި އެވޯޑް ހަފްލާ ނިންމާލެވޭކަށްވެސް ނެތެވެ. ދިވެހިރާއްޖެއަށް މިނިވަން ނޫސްވެރިކަމުގެ ވެއްޓެއް ހޯދައިދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތާއި، ނޫސްވެރިކަމުގައި އެ މަނިކުފާނު އެތަށް އަހަރެއްގައި ޖަލުގައި ހޭދަކޮށް ކުރެއްވި މަސައްކަތުގެވެސް އެއްވެސް އަގެއް ނެތެވެ. ބަދަލުގައި ނޫސްވެރިކަމުގެ ހާއްސަ އެވޯޑް ލިބިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށެވެ. އެ ދުވަހު، ނޫސްވެރިކަން ކުރެއްވުމުގައި ސަބަބުން ރައީސް ނަޝީދު ޖަލަށްލެވުނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ.

ކޮންމެއަކަސް އެ އެވޯޑްް ހަފްލާއިން ރައްޔިތުންނަށް ދިނީ ވަރަށް ހުތުރު މެސެޖެކެވެ. އަނިޔާވެރިވެ، ބޭއިންސާފުން ކަންކަން ކުރުމަކީ އެެކަމުގެ ޝަރަފުގައި އެވޯޑް އެރުވޭނެ ކަމެއްކަމެވެ. ބޭއިންސާފާއި، އަނިޔާވެރިކަމުގެ ކުރިމަތީގައި ރައްޔިތުންނަށް އިންސާފު އެހާ އަވަހަށް ލިބެން ނެތްކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު