Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އުރީދޫގެ އަހަރީ ދުވަސް

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

އުރީދޫގެ އަހރީ ދުވަހަކީ 1 އޮގަސްޓް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 14:52
އުރީދޫގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޑިޕާރޓްމަންޓެއް ތައްޔާރުކޮށްފައި

އުރީދޫގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ޑިޕާރޓްމަންޓެއް ތައްޔާރުކޮށްފައި

އުރީދޫ މޯލްޑިވްސް މީގެ ބާރަ އަހަރު ކުރިން ރާއްޖެއަށް ތަޢާރަފްވެ މިވީ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ގިނަ ޚިދުމަތްތަކެއް ވަނީ ފޯރުކޮށްދީފައެވެ.

މިވީ ދުވަސްތަކުގައި ކަސްޓަމަރުން ގަޔާވާ އަދި ކަސްޓަމަރުން ބަލައިގެންފައިވާ ކުންފުންޏަކަށް، އެކުންފުނީގެ ސްޓާފުންގެ ބުރަ މަސައްކަތުން ގެންގޮސްދީފިއެވެ.

ފާއިތުވި އަހަރު ތަކުގައި އުރީދޫގެ އަހަރީ ދުވަސް އެކުންފުނިން އައީ ތަފާތު ގޮތަކަށް ފާހަގަ ކުރަމުންނެވެ. އެގޮތުން ކުންފުނީގެ އެކި ޑިޕާރޓްމަންޓް ތަކުގެ މުވައްޒަފުންގެ މެދުގައި ވާދަވެރިކަމާއި އެކު މުބާރާތެއް ކުރިއަށް ގެންދެއެވެ. މިއަދު އެކަން ތަޖްރިބާ ކޮށްލީމެވެ.

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެކެވެ. މިކަހަލަ ކަމެއް މީގެ ކުރިން އެހެން ކުންފުންޏެއްގެ މުވައްޒަފުންގެ ފަރާތުން ތަޖްރިބާއެއް ނުކުރަމެވެ. އެހެންކަމުން މި ހިއްސާ ކުރެވުނު ކަންތައްތައް ހިއްސާ ކޮށްލާނަމެވެ.

އެޗްއާރް މާކެޓިން ޕްރޮޑަކްޓްސް ޑިޕާޓްމަންޓް

މިޑިޕާރޓްމަންޓަށް ވަނުމުން އިހްސާސް ކުރެވުނީ ޓެކްނޮލޮޖީއާއި އެކު ޒުވާނުން ޝައުގުވެރިވާ ގޮތަށް މަސައްކަތް ކުރެވޭނެ ތަފާތު ގޮތްތައް އެބަހުރި ކަމެވެ. އެގޮތުން މި ޑިޕާޓްމަންޓް އިން މައިގަނޑު ގޮތެއްގައި ފެނިގެންދިޔައީ ސަނީ ސައިޑް އޮފް ވާކް ލައިފްއެވެ. މުޅި ޑިޕާޓްމަންޓްގައި ވަނީ ދޮންވެލިލާ ޒީނަތްތެރި ކޮށްފައެވެ.

ގަސްގަހާ ގެހިން ޒީނަތްތެރި ކޮށްފައިވާލެއް ވަރަށް ފުރިހަމައެވެ. ހިތް ހަމަޖެހުން ގެނުވައިދިނެއެވެ. އެގޮތުން ބީޗްގައި އުރީދޫގެ މަސައްކަތްތައް ރާވާލަން ޖެހިއްޖެ ނަމަ އެ މާހައުލު ހުންނާނެ ގޮތް ފެނިގެންދެއެވެ.

މުސްތަޤްބަލުގައި އޮފީސް މަސައްކަތް ބީޗްގައި ވެސް ކުރެވޭނެ ކަން ދައްކުވައިދީފައިވެއެވެ. އެގޮތުން ކުދިން ގޮވައިގެން އޮފީހަށް އައިސް މަސައްކަތް ކޮށްލެވޭނެ ކަމާއި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތުގެ މާހައުލު އުފާވެރިކަމާއި އެކު ކުރިއަށްގެންދެވިދާނެ ކަން ދައްކުވައިދީފައިވެއެވެ. މުވައްޒަފުންގެ ހުނަވެރިކަން ފެނިގެންދިޔައެވެ.

ފައިނޭންސް ޑިޕާރޓްމަންޓް

ފައިނޭންސް ޑިޕާރޓްމަންޓަށް ވަދެވުމާއި އެކު ފެނުނީ ރާއްޖޭގެ ރަށެއްގައި ހިތާން މޫސުމް އައިސްގެން ރަށުގެ އެންމެން އެ އުފަލުގައި ބައިވެރިވެ އުޅުނު މަންޒަރެއެވެ.

1960ގެ އަހަރުތަކުގައި ރަށް ރަށުގައި ކުރަމުން އައި ސަޤާފީ ކަންކަން ވަރަށް ފުރިހަމައަށް ދައްކުވައިދިނެއެވެ. މިއުޅެވެނީ އުރީދޫގެ ހަތްވަނަ ފަންގިލާގައޭ ހަނދާނުގައިވެސް ނެތް ކަހަލައެވެ.

މުވައްޒަފުންގެ ހުނަރު ވަރަށް މޮޅެއެވެ. އެޒަމާނުގައި ކޮށް އުޅުނު ހުރިހާ ކަމެއް އެތަނުން ދައްކުވައިދިނެއެވެ. ރަށުގެ ކަތީބާއި އެދުރުބެއާއި މާވަޑި މީހާއި ހިސާބުން ރަށުގެ އަންހެންވެރިންގެ މަސައްކަތްތަކާއި ހިތާނު މޫސުމުގައި ނަގާ ފޯރި ވަރަށް ފުރިހަމައަށް ދައްކުވައިދިނެވެ.

މިއީވެސް މުވައްޒަފުންތަކެއްގެ ބުރަ ހުނަރުވެރި މަސައްކަތެއް ފެނިގެންދިޔަ ޑިޕާޓްމަންޓެކެވެ.

ސޭލްސް ޕްރޮޑަކްޓްސް ޑިޕާރޓްމަންޓް

އުރީދޫ މުވައްޒަފުންނަކީ ހަމަ ހަޤީޤަތުގައި ވެސް ވަރަށް އިނޮވޭޓިކް މުވައްޒަފުން ކޮޅެކެވެ. މުޅި ޑިޕާޓްމަންޓް ފެނުނީ އުކާލެވޭ ތަކެތި ބޭނުންކޮށްގެން ޑިޒައިންކޮށްފައިވާ ތަނެވެ.

އެންމެ ބޮޑު އެއް މެސެޖެއް ފޯރުކޮށްދީފައިވަނީ ސޭލްސް ޑިޕާރޓުމެންޓުންނެވެ. 400 އެއްހާ ފުޅި ބޭނުންކޮށްގެން މިތަން ޒީނަތްތެރިކޮށްފައިވާއިރު މުވައްޒަފުން ލައިގެންތިބި ހެދުންތަކަކީވެސް މިތަކެތި ބޭނުންކޮށްގެން ހަދާފައިވާ ހެދުމެވެ. އިނޮވޭޓިކް އައިޑިއާސްތައް މިތަނަށް ވަނުމުން ލިބިގެންދިޔައެވެ.

އުކާލާން ބަހައްޓާފައި ހުންނަ ސުޕާރީ ހުސްކުރި ޕެކެޓާއި، ފުޅީގެ މަތިގަނޑު ބޭނުން ކޮށްގެން ޑިޒައިންތައް ހަދާނެ ގޮތާއި، އޮފީސް ތެރެ ހުސް ފުޅި ބޭނުންކޮށްގެން ރީތި ކޮށްލާނެ ގޮތާއި، ވޯލް ޑެކަރޭޓް ކުރާނެ ގޮތް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަސްވެގެންދިޔައެވެ.

އެންމެ ފާހަގަކޮށްލެވުނީ ފުޅި ބޭނުންކޮށްގެން ހަދާފައި ހުރި ސޯފާއެވެ. މިއީ ހަމަ ކޮންމެ މީހަކަވެސް ހަދާލެވޭނެ ކަހަލަ ސޯފާއެކެވެ. މި ޑިޕާރޓްމަންޓް މުވައްޒަފުންގެ އެންމެ ބޮޑު މެސެޖަކީ ވެސް ތިމާވެއްޓަށް ގެއްލުންދޭ ފަދަ ތަކެތި ބޭނުން ކުރުން މަދު ކުރުމެވެ.

އިންސާނުންގެ އުމުރަށް ވުރެ ޕްލާސްޓިކް ފަދަ ތަކެތި ހަލާކުވާން އެތައް ސަތޭކަ އަހަރެއް ނަގާކަމެވެ. މިކަމަށް އެންމެންވެސް ސަމާލުވުމަށް މި ޑިޕާރޓްމަންގެ މުވައްޒަފުން އިލްތިމާސްކުރެއެވެ.

ކަސްޓަމަރ ކެއަރ ޑިޕާރޓްމަންޓް

ކަސްޓަމަރ ކެއަރ ޑިޕާރޓްމަންޓަށް ވަނުމުން ހުވަފެނެއްގެ ތެރެއަށް ގެނބިގެންދިޔައެވެ. ހުވަފެނުގައި ދަތުރުގޮސް އުޅުނު ޒުވާނަކަށް ދިމާވި ކަންތައްތައް ފެނިގެންދެއެވެ.

އެގޮތުން ސަފަރު ކަތްދަ އާއި، ލޯ ރަތްބެ އާއި، ސަންތި މަރިޔަނބު ފަދަ މީހުންނާއި ދިމާވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓެއެވެ. ދެން ދިމާވަނީ އަރާމަގު ދޮން ކަމަނައާއެވެ.

ވަޅުން މަސްނެގުމަށް ފަހު ދޮން ކަމަނަ ދަރިއަށް ކާންދޭން ތައްޔާރުކުރެއެވެ. މިޒުވާނާ އެހާ ހިސާބުން ފޫޅު ދިގު ހަންޑިއާއި ދިމާވެ ސަލާމަތްވަނީ ހަމަ ކިރިއާއެވެ. މިމަންޒަރުތައް ވަރަށް ރީއްޗަށް މި ޑިޕާޓްމަންޓް ކުދިން ދައްކުވައިދީފިއެވެ. މިއީ ރާއްޖޭގެ ތާރީހުގައި ލިޔެވިފައި ހުރި ވާހަކަ ތަކެކެވެ.

މި ޑިޕާރޓްމަންޓަށް ވަނުމުން އިހްސާސް ކުރެވުނީ ފްލޯކް ވާހަކައިގައި މިކިޔާ ފަރާތްތަކާއި ހަމަ ހަޤީޤަތުގައި ވެސް ބައްދަލުވީ ހެންނެވެ. މުޅި ޑިޕާޓްމަންޓް ތައްޔާރުކޮށްފައިވާ ގޮތް ވެސް ވަރަށް ފުރިހަމައެވެ.

ޓެކްނޮލޮޖީ ޑިޕާޓްމަންޓް

އުރީދޫގެ ޓެކްނޮލޮޖީ ޑިޕާޓްމަންގެ މަންޒަރުތައް ކުރުގޮތަކަށް ސިފަކޮށްލެވެނީ މަޝްހޫރު ވޯރކިން ޑެޑް ސީރީޖްގެ އެޕިސޯޑެއްގެ ސީންއެއްގައި އުޅެވުނު ހެންނެވެ.

ޓެކްނޮލޮޖީ ޑިޕާރޓްމަންޓްގައި ހަރަކާތްތެރިވާ ޒުވާން މުވައްޒަފުން ބޭނުންވީ މިފަހަރު މުޅިން ތަފާތުކޮށްލާށެވެ. ފުރަތަމަވެސް ޑިޕާރޓްމަންޓަށް ވަތްއިރު މުޅިތަން އަނދިރިވެފައި އެހާމެ ބިރުވެރިއެވެ.

ޓެކްނޮލޮޖީ ޑިޕާރޓްމަންޓްގެ 95 އިންސައްތަ މުވައްޒަފުން ތިބީ ޒޮމްބީންނަށް ބަދަލުވެފައެވެ. އެޑިޕާޓްމަންޓަށް ވަދެވުނީ ޒޮމްބީސްތަކާއި ކުރިމަތިލުމަށް ފަހު ސަލާމަތްވި ހަތަރު މީހުންނާއި އެކުއެވެ.

ޒޮމްބީސްތައް މަސައްކަތް ކުރީ އެތަނަށް ވަން ޓީމް މީހުންނަށް ވެސް ހަމަލާދޭށެވެ. އެހެންނަމަވެސް ސަލާމަތްވި ޓީމު މީހުންގެ މަސައްކަތުން މީޑިޔާ ޓީމް ސަލާމަތްވިއިރު އޭގެ ތެރެއިން އެކަކު ވަނީ ޒޮމްބީސްގެ އަތް ދަށުވެފައެވެ. ވަރަށްވެސް ބިރުވެރިވެރި މާހައުލެއް ދައްކުވައިދީފައެވެ.

ހާއްސަކޮށް ޒޮމްބީސްގެ މޭކަޕް ވަރަށް ތަފާތުވެފައި މޮޅެވެ. މިއީ ކުޑަ ވަގުތުކޮޅެއްގައި ތެރޭގައި ޓީމްވާރކް ދައްކުވައިދިން ކަމެކެވެ. މުވައްޒަފުންގެ ހުނަރަށް ހަމަ ސާބަހެވެ.

އުރީދޫގެ މުވައްޒަފުންގެ ފަރާތުން ދައްކުވައިދިނީ އެކުގައި މަސައްކަތްކޮށްފިނަ ކޮންމެ ކަމެއްވެސް ކާމިޔާބުވެދާނެ ކަމެވެ. މުވައްޒަފުންގެ ގުޅުމާއި، ހިންގުންތެރިކަމާއި، މޮޅުކަން ދައްކުވައިދީފިއެވެ.

އުރީދޫގެ ބާރަ ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ހުރިހާ މުވައްޒަފުންނަށް އަރިސް ކުރަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

ސުނާމީގައި ހާލުގައި ޖެހުނު ކަނދޮޅުދޫ ރައްޔިތުން: މިއަދު ދުވާފަރުގެ ދަންޑެހެލުން!

26 ޑިސެމްބަރު 2017
40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

40 އަހަރު ދައުލަތަށް ޚިދުމަތްކުރި، މިއަދު ކަރުނައަޅަނީ ސަރުކާރުންދިން އަނިޔާގައި

09 ނޮވެމްބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު