Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

އެމްޑީޕީގެ އާންމު މީހުން ގަބޫލު ކުރަނީ މައުމޫނަށް އެ އަނިޔާ ދީގެން ނުވާނެ ކަމަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 6 އެޕްރީލު 2018 | ހުކުރު 07:01
އެމްޑީޕީގެ އާން،މު މެމްބަރުންނާއި އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ބައެއް މީހުން މައުމޫނު ދުކޮށްލަން ގޮވާލަނީ

އެމްޑީޕީގެ އާން،މު މެމްބަރުންނާއި އިދިކޮޅު ކޯލިޝަނަށް ތާއިދުކުރާ ބައެއް މީހުން މައުމޫނު ދުކޮށްލަން ގޮވާލަނީ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގައި އެންމެ ގިނަ އަނިޔާ ލިބިފައި ތިބި މީހުން ތިބި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީ އުފެދުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައުމަށޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. އެހެން ނަމަވެސް ރައީސް މައުމޫނަށް އޭރު އެމްޑީޕީން ފާޑުކީ ޒާތީ ކަމެއް އޮވެގެން ނޫން ކަމާއި އޭރު ކަމުނުދިޔައީ ސަރުކާރުގެ ސިޔާސަތުކަން އެނގެނީ އޭރު ރައީސް މައުމޫނުގެ ފިކުރާ އެންމެ ދެކޮޅު ހެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސްވެރިން މިއަދު އެ ކަން ކުރައްވާ ގޮތުންނެވެ.

މިއަދު އުމުރުން 80 އަހަރުން މައްޗަށް ގޮސްފައިވާ ޝަރީއަތަކާ ނުލައި ރައީސް މައުމޫނު ބަންދުކޮށްގެން ގެންގުޅޭއިރު އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުންނަކީ ރައީސް މައުމޫނުގެ ވެރިކަމާ އެންމެ ރުހުނު މީހުނެއް ނޫނެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ވަޒީރުކަމާއި ސަރުކާރުގެ އެންމެ އިސް މަގާމުތައް ފުރުއްވާފައިވާފައިވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލީ މެމްބަރުންނެއް ވެސް ނޫނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ އެމަނިކުފާނުގެ ވެރިކަމުގެ ކޮންމެ ވެސް ހިސާބެއްގައި އަނިޔާއަކާ ނުވަތަ ބޭ އިންސާފަކާ ކުރިމަތިލާން ޖެހިފައި ތިބި މީހުންނެވެ. ނަމަވެސް ދައްކަން މި އުޅެނީ އެދުވަހުގެ ވާހަކައެވެ. މިއަދު އެމީހުން އެ ތިބީ މަގުމަތީގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމު ދޫކޮށްލަން ގޮވާލަން ނިކުމެއެވެ. ބައެއް ފަހަރު ރައީސް ނަޝީދަށް ވުރެ ގިނައިން ރައީސް މައުމޫނު ދޫކޮށްލަން ވެސް ގޮވާހެން ހީވާ ފަހަރުތައް ދެއެވެ. މަންޒަރު ދުށް މީހަކު ނޫނިއްޔާ ގަބޫލު ނުކުރާނެ ފަދަ މަންޒަރުތައް ވެސް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރެއިން އެއް މަންޒަރަކީ ރައީސް ނަޝީދުގެ މަންމާފުޅު ވެސް މަގު މައްޗަށް ނިކުންނަވައި ފާރިސް ދޫކޮށްލަން ގޮވާލެއްވުމެވެ. މިއަދު އެމްޑީޕީން ސާބިތުކޮށްދޭން ބޭނުން ވަނީ ރައީސް މައުމޫނަކަސް އެހެން މީހަކަސް އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަކަށް ނޭދޭ ކަމެވެ. ނުހައްގުން އަދަބެއް ލިބެން އެމްޑީޕީ ނޭދޭ ކަމެވެ.

އެމްޑީޕީގެ އިސްބޭފުޅުންނާއި އިދިކޮޅު ކޯލިޝަނުން ރައީސް މައުމޫނާ އެހެން ބޭފުޅުން ދޫކޮށްލަން ގޮވާލައި މުޒާހަރައި ކުރަނީ

އިދިކޮޅު މީހުންގެ ބައެއް އެއްވުންތަކާއި މުޒާހަރާތަކަށް ދާ އާންމު ބައެއް މީހުން މަޑު މަޑުން ތިބެ ދައްކާ ބައެއް ވާހަކަތައް ވެސް އިވިފައި އެބަ ހުއްޓެވެ. މައިކް ހިފައިގެން ތިބެ ބޮޑެތިން ދައްކާ ވާހަކަތަކާ މެދު އެންމެ އާދައިގެ މީހުންގެ ވިސްނުން ހުންނަނީ ކިހިނެތްތޯ ބަލާލުމުގެ ބޭނުމުގައި އެމީހުންގެ ވާހަކަތަކަށް ވެސް ބައެއް ފަހަރު ކަންފަތްދެމެވެ. އެމީހުން ވެސް ބުނަނީ އެންމެ ވާހަކަ އެކެވެ. ރައީސް މައުމޫނު އެ އުމުރުގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އެމީހުން ވެސް ރުހޭ ކަމެއް ނޫނެވެ. ހޮޓާތަކާއި ބާޒުމަތީގައި މީހުން ދައްކާ ވާހަކައިން އެނގޭ އެއް ހަގީގަތަކީ ރައީސް މައުމޫނަށް އެ ހާލު ޖެއްސުމުން އެމްޑީޕީ މީހުން ވެސް ރައީސް އަބްދުﷲ ޔާމިން ދެކެ ހަގީގަތުގައި ވެސް އިތުރަށް ނަފުރަތުކުރާ ކަމެވެ. ހަގީގަތުގައި ވެސް އެމީހުން އެކަމާ ރުޅިއާދެއެވެ.

ރައީސް މައުމޫނު 1978 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ އެތައް ލުއި ފަސޭހަތަކެއް ވަނީ ހޯދައިދީފައެވެ. ކޮންމެ ދާއިރާއަކުން ފާހަގަ ކޮށްލެވޭ ފަދަ ކުރިއެރުންތަކެއް ހޯދައި ދެއްވައި، އުނދަގޫ އަދި ބުރަ މައްސޫލިއްޔަތު 30 އަހަރު ވަންދެން އުފުއްލެވި ރައީސަކީ ވެސް އެއީއެވެ. ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް ގެންގުޅުއްވި ހަރުދަނާ ހާރިޖީ ސިޔާސަތާއި ރާއްޖޭގެ އެންމެނަކީ ލިޔަންކިޔަން ދަންނަ ބަޔަކަށް ހެދުމަށް ފެއްޓެވި ގައުމީ މަޝްރޫއު އާއި ސިއްހީ ދާއިރާގައި އާންމުން ހޭލުންތެރިކޮށް ގައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީއަކީ ރައީސް މައުމޫނު ވެރިކަމުގައި ހޯދާފައިވާ އަގު ނުކުރެވޭނެ އަދި ޝުކުރު ހައްގު ކާމިޔާބީތަކެކެވެ.

ރައީސް މައުމޫނުގެ އާއިލާ އެކު- އެމަނިކުފާނުގެ ދެ ދަރިކަލުން ހިމޭނުން މި ވަގުތު ތިއްބަވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައި

ނަމަވެސް ސުވާލަކީ ރައީސް މައުމޫނުގެ މިނިވަންކަމަށް ގޮވާލައި މާ ދުރުހިލޭ ބަޔަކު ރަތްގަދަ އަވީގައި މުޒާހަރާކުރަމުންދާއިރު އެމަނިކުފާނުގެ ދަރިކަލުންގެ ތެރެއިން ދުންޔާ މައުމޫނާއި ގައްސާން މައުމޫނު ގޭގައި ތިއްބަވަނީ ކީއްވެގެންބާއެވެ. އެމީހުނަށް ހަމަ ނިދި މިއަދު ނިދޭ ހެއްޔެއެވެ؟ ރައީސް މައުމޫނު އެމަނިކުފާނުގެ ހަތަރު ދަރިކަލުން ބަލާ ބޮޑުކުރެއްވީ ކޮންފަދަ ލޯތްބެއް ދީގެން އިތުރަކަށް ބުނެދޭކަށް ނުޖެހޭނެއެވެ. ދުންޔާ އާއި ގައްސާން ލަދު ގަންނަނީ އެމްޑީޕީ މީހުންގެ ތެރެއަށް ގޮސް މުޒާހަރާ ކުރަން ހެއްޔެއެވެ؟ ރައީސް މައުމޫނު މިނިވަންކުރަން ގޮވާލައި އެމްޑީޕީގެ އެކްޓިވިސްޓުންނާއި އެމަނިކުފާނުގެ ޒައާމަތުގައި އަނިޔާތައް ތަހައްމަލުކުރި މީހުންނަށް ކެރޭ އިރު އެ ދެ ބޭފުޅުން އެތަނަށް ވަޑައިގަންނަވަން ލަދު ގަންނަންވީ ސަބަބެއް ނެތެވެ. ރައީސް މައުމޫނު ހައްޔަރުކޮށްގެން ގެންގުޅެނީ ހަމަ ގެންގުޅެން ޖެހޭތީ ކަމަށް ގައްސާނާއި ދުންޔާ ގަބޫލު ކުރައްވަނީ ހެއްޔެއެވެ؟ ރައީސް މައުމޫނު ދޫކޮށްލަން ޓްވީޓެއް ކޮށްލުމަކީ އެމަނިކުފާނަށް މިއަދު ދަރިކަނބަލުންގެ ފަރާތުން ލިބެންވީ މިންވަރު ކަމަށް އެކަކު ވެސް ގަބޫލު ނުކުރާނެއެވެ. މީހުންގެ ފާޑުކިޔުންތަކާ ހުރެ ކެތް ނުވެގެން އެތައް ދުވަހެއް ފަހުން މަގާމުން ދުންޔާ އިސްތިއުފާ ދެއްވިޔަސް އެއީ ބައްޕާފުޅު ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އެޅުއްވި ފިޔަވަޅެއް ކަމަށް ގަބޫލުކުރަން ދަތިވާ ސަބަބުތައް ގިނައެވެ.

ގައްސާން އަދިވެސް ސިޔާސީ މަގާމުގައި ހުންނަވާއިރު ބައްޕާފުޅަށް ދެމުންދާ އަނިޔާގެ ބަދަލުގައި އެންމެ ދުވަކަށް އޮފީހަށް ނުނިކުންނަވައި ހުރުން ވެސް ހައްގު ނޫންތޯއެވެ. ރައީސް މައުމޫނު ހައްޔަރުކޮށްގެން ލިބޭ އަނިޔާގެ އިތުރުން ގައްސާނާއި ދުންޔާ އުޅުއްވާ ގޮތުން އެމަނިކުފާނުގެ އަބުރުފުޅަށް ލިބޭ ހުތުރުކަން ވަކި ކުޑައެއް ނޫނެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނުގެ ތަރުބިއްޔަތާ މެދު ސުވާލު އުފައްދާ މިންވަރު ވެސް ވަކި ކުޑައެއް ނޫނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު