Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސްއަށް މަކަރު ހެދުން

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

ހައުސިންގ މިނިސްޓްރީއިން ކަނޑައަޅާފައިވަނީ އަކަފޫޓެއް 15،000 ރުފިޔާއަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2017 | ހޯމަ 06:31
މާލެ، ގޯތި ވިއްކާފައިވަނީ އެޕާޓްމެންޓެއްގެ އަގަށް ވުރެ ހެޔޮކޮށް

މާލެ، ގޯތި ވިއްކާފައިވަނީ އެޕާޓްމެންޓެއްގެ އަގަށް ވުރެ ހެޔޮކޮށް

ޓެކްސް އަށް މަކަރު ހެދުމުގެ ގޮތުން ނުއަގުގައި ގޯތި ވިއްކާ ކަމަށް ދައްކާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވަމުންދެ އެވެ. އެގޮތުން މިފަދަ ބޮޑު ދެ މައްސަލައެއް 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ފެންމަތިވެފައިވެއެވެ. ނުއަގުގައި ގޯތި ވިއްކާ ކަމަށް ދައްކަނީ ދައުލަތަށް ދައްކަންޖެހޭ ޓެކްސްގެ އަދަދު މަދުކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން އެއްވެސް ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެ ގޯތި ނުވަތަ ބިން ވިއްކާ އަގުގެ 15 އިންސައްތަ ޓެކްސްގެ ގޮތުގައި، އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާފަރާތުން ސަރުކާރަށް ދައްކަންޖެހެ އެވެ.

މިސާލަކަށް ބަލާނަމަ 2000 އަކަފޫޓުގެ ގޯއްޗެއް 9 މިލިއަން ރުފިޔާއަށް ވިއްކާނަމަ، 1.35 މިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަން އެބަޖެހެ އެވެ. މި ބޮޑު ޓެކްސްއިން ސަލާމަތްވުމަށް ނުވަތަ ރެކި ގަންނަން، ގޯތި ވިއްކާ ފަރާތާއި ގޯތި ގަންނަ ފަރާތާއި ދެމެދު ސިއްރު އެއްބަސްވުމަކަށް އައިސް ގޯތި ވިއްކާ އަގު އޮޅުވާލަ އެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް ޓެކްސް ދައްކަންދާއިރު، މުޅި މުއާމަލާތުގެ އަގު އޮޅުވާލާ ވަރަށް ކުޑަ އަދަދަކަށް ބަދަލުކޮށްލަ އެވެ. މިސާލަކަށް ގޯތި ގޯތީގެ މުއާމަލާތުގެ އަގަކީ އެއް މިލިއަން ރުފިޔާ ކަމަށް އެއްބަސްވުމުގައި ލިޔެ އެވެ. އެއިރުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހެނީ 150،000 ރުފިޔާ އެވެ. މީރާ އަށް ޓެކްސް ދެއްކުމަށް ފަހު، އެއްބަސްވުން ރަޖިސްޓްރީކޮށް ގަންނަ ފަރާތުގެ ނަމަށް ގޯތި ބަދަލުކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާއިރު، ދަނީ ޓެކްސް ދެއްކި ސްލިޕާއި އަގު އޮޅުވާލާފައިވާ އެއްބަސްވުން ހިފައިގެންނެވެ.

މިފަދަ ކަމެއް 2015 ވަނަ އަހަރު ހިނގި އެވެ. 1102 އަކަފޫޓުގެ މ. ލާލްޕޫލްގެ އަމިއްލަ ކުންފުންޏަކަށް ވިއްކާލާފައިވަނީ އެންމެ އެއް ރުފިޔާއަށެވެ. މި މުއާމާލަތުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާފައިވަނީ 15 ލާރި އެވެ. ހަމަ އެ ގޯތި ވިއްކާލި ފަރާތުން ހުޅުމާލެއިން 155.19 އަކަފޫޓުގެ އަމިއްލަ ބިމެއް ހަމަ އެއް ރުފިޔާ ވިއްކި އެވެ. މި ދެ ބިމުގެ މުއާމަލާތް ސައްޚަ ކަމަށް ކަނޑައަޅައި ދަށު ކޯޓުތަކުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ. މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގޯއްޗެއްގެ އަގަކީ އެއް ރުފިޔާ ކަމަށް ޝަރުއީ ގޮތުން ނުބެލެވޭނެ ކަމަށެވެ. އެހެންކަމުން އެ ވިޔަފާރި އަގުދު ކުރުމަށް ކުރި ހުކުރުމަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް މަގުފަހިވާ ގޮތަށް، ޝަރުއީ ގޮތުން އަގެއް ކަމަށް ނުބެލެވޭ އަދި ފާޅުކަންބޮޑު ގޮތެއްގައި މުދަލެއް އޭގެ ނުއަގުގައި ވިއްކުމަށް ހުކުމްކޮށްފައިވާ ގަޟިއްޔާއެއް ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކުގައި ކަނޑައަޅާ އިޖުރާއަތުތަކަށާއި، ސުޕްރީމް ކޯޓުގެ އަމުރުތަކާއި ހުކުމްތަކަށް ދަށު ކޯޓުތަކުން ތަބާވާންޖެހޭއިރު، ގޯތިގެދޮރުގެ މުއާމަލާތުގައި ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ އެންމެ މަތީ މަރުހަލާއިން މިވަނީ ގޮތެއް ކަނޑައަޅާފަ އެވެ. އެ ގޮތަކީ މުދަލެއް އޭގެ ނުއަގުގައި ވިއްކުމާއި އަދުލުއިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމެވެ. އެއްވެސް މީހަކަށް ނުވަތަ އެއްވެސް ބަޔަކަށް ކޯޓުތަކަށާއި މުއައްސަސާތަކަށް މަކަރު ހެދުމުގެ ފުރުސަތު ލިބި ނުދިނުމުގެ މަގުސަދުގައި ސުޕްރީމް ކޯޓުން ކުރި މި އަމުރަށް ތަބާވުން ސިވިލް ކޯޓަށް ލާޒިމްވެގެންވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ރެކޯޑް ހެއްދެވުމަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ހުކުމްތަކުގެ ތެރޭގައި 6 ގޯއްޗެއް ވިއްކުމުގެ މައްސަލަ ހިމެނެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ހަތަރު މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވި 1000 އަކަފޫޓުގެ މ. އަލްޙަދީދް ގޯއްޗާއި، 487،325 ރުފިޔާ އަށް ވިއްކާލި މ. އަލިވިލުން ހިމެނެއެވެ. އަދި މ. ސީނު އާއި ގ. އިޒްމީރު ގޯތި ވިއްކާލާފައި ވަނީ ހަތަރު ލައްކަ ރުފިޔާއަށެވެ. މއ. ފެލީނާ ވިއްކާލާފައިވަނީ 9،771،875 ރުފިޔާ އަށެވެ.

ދާދި ފަހުން ހައުސިންގ މިނިސްޓްރީއިން ވަނީ މާލެއިން 19 ބިމެއް ވިއްކުމަށް އިއުލާނުކޮށްފަ އެވެ. ހައުސިންގ މިނިސްޓްރީއިން އެ ބިންތައް ވިއްކުމަށް އިއުލާނުކޮށްފައިވަނީ އަކަފޫޓަކަށް 15،000 ރުފިޔާގެ ރޭޓުންނެވެ. ފަހަކަށް އައިސް ބައެއް ގޯތީގެ، 1000 އަކަފޫޓު ހަތަރު މިލިއަން ރުފިޔާއަށް ވިއްކާލިއިރު، އަކަފޫޓަކަށް ޖެހެނީ 4000 ރުފިޔާ އެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާފައިވަނީ ހަ ލައްކަ ރުފިޔާ އެވެ. އަދި 3289 އަކަފޫޓުގެ ގޯއްޗެއް ފަސް މިލިއަން ރުފިޔާއަށް ވިއްކާލިއިރު، އަކަފޫޓަކަށް ޖެހެނީ 1520.22 ރުފިޔާ އެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކާފައިވަނީ 750،000 ރުފިޔާ އެވެ.

މާލޭގެ ބިމުގެ އަގުގެ ގޮތުގައި ހައުސިންގ މިނިސްޓްރީއިން ކަނޑައަޅާފައިވާ އަގާ އެއްގޮތަށް މި ގޯތިތައް ވިއްކާލާފައިވާ ނަމަ، އެތަނުން އެއްގޯތީގެ އަގެއް ގޮތުގައި ޖެހެނީ 15 މިލިއަން ރުފިޔާ އެވެ. އަދި އަނެއް ގޯތީގެ އަގުގެ ގޮތުގައި ޖެހެނީ 49.3 މިލިއަން ރުފިޔާ އެވެ. މި ރޭޓުގައި ގޯތިތައް ވިއްކާލިނަމަ ޓެކްސްގެ ގޮތުގައި ދައުލަތަށް 9.65 މިލިއަން ރުފިޔާ ލިބޭނެ އެވެ. އެހެންނަމަވެސް، ސިވިލް ކޯޓުން ސައްޚަ ކަމަށް ކަނޑައަޅާފައިވާ މި ދެ މުއާމަލާތުން ދައުލަތަށް ލިބުނީ 1.35 މިލިއަން ރުފިޔާ އެވެ.

ހަތަރު ލައްކަ ރުފިޔާއަށް މާލެއިން ގޯތި ވިއްކުމުގެ ދެ މުއާމަލާތެއް ސައްހަ ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެއިން ދޫކުރާ ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ޖުމްލަ އަގުގެ ގޮތުގައި ހަމަޖައްސާފައިވަނީ 1.8 މިލިއަން ރުފިޔާ އެވެ. އަދި ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ ފްލެޓްތަކުން ލަގްޒަރީ ތިން ކޮޓަރީގެ އެޕާޓްމެންޓެއް އެވަރޭޖްކޮށް ލިބެނީ ތިން މިލިއަން ރުފިޔާއާއި ހަތަރު މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކަކަށެވެ. މާލޭގެ ގޯއްޗަކަށް ވުރެ ފްލެޓްތަކުގެ އަގު ބޮޑު ކަމަށް މި މުއާމަލާތްތައް ހިންގާފައިވާ ގޮތުން ހާމަވެ އެވެ.

ޓެކްސްއަށް މަކަރު ހެދުމަކީ އެހެން ގައުމުތަކުގައި ވަރަށް ބޮޑު ކުށަކަށްވާއިރު، ޓެކްސްއަށް މަކަރު ހެދުމުގެ މިފަދަ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްވާން އެބަޖެހެ އެވެ. ބޭނުމަކީ ހަމައެކަނި ފިޔަވަޅު އެޅުމެއް ނޫނެވެ. ޓެކްސް އަށް މަކަރު ހަދައިގެން ހިންގާ މުއާމަލާތްތަކުގެ ސަބަބުން ދައުލަތަށް ލިބޭ މާލީ ގެއްލުން ކުޑަކުރުމެވެ. ދައުލަތަށް ވަންނަންޖެހޭ ޓެކްސް ފައިސާ ހަމަ އަދަދުގައި ވަންނަކަން ކަށަވަރުކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު