Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓެކްސް ފޮތްތައް

ދެ ހަފްތާ ވެގެން ދިޔައިރު ދަރިވަރުންގެ ޓެކްސް ފޮތްތައް ވީ ހިސާބެއް ނޭނގެ

ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ނުލިބުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 24 ޖެނުއަރީ 2019 | ބުރާސްފަތި 08:25
ސްކޫލް ދަރިވަރުންތަކެއް

ސްކޫލް ދަރިވަރުންތަކެއް

ސްކޫލުތަށް ހުޅުވި ދެހަފްތާ ފާއިތުވެގެން ގޮސްފައިވާއިރު ރާއްޖޭގައި ކިޔަވައިދޭ ސްކޫލުތަކުގެ ތެރެއިން ގިނަ ސްކޫލު ތަކެއްގެ ދަރިވަރުންނަށް ޓެކްސްފޮތް ނުލިބެއެވެ. އެގޮތުން ބައެއް ސްކޫލުތަކުގެ ގްރޭޑް 9 ގައި ކިޔަވާ ދަރިވަރުންނަށް ކިޔެވުން ފެށިގެން އެއް ހަފްތާ ވޭތިވެގެން ދިޔައިރު ބައެއް ސްކޫލުތަކަށް ހަމަ އެކަނި އިސްލާމް ފޮތް ދަރިވަރުންނަށް ދޫކޮށްފައި ވާއރު ބައެއް ސްކޫލްތަކުން ދަށް ގްރޭޑްގެ ބައެއް ޓެކްސްޓް ފޮތްތައް ދަރިވަރުންނާ ހަވާލުކޮށްފައެއް ވެއެވެ. އޭގެ ތެރޭގައި އަމީނިއްޔާ ސްކޫލު ފާހަގަ ކޮށްލެވެއެވެ. އަދި އެސްކޫލުން ކިޔެވުން ފެށި ދެވަނަ ހަފްތާގެ ތެރޭގައި ގްރޭޑް 9ގެ ދަރިވްރުންނަށް ދިވެހި ފޮތާއި ބިޒްނަސް ސްޓަރޑީޒް ފޮތް ދޫކޮށްފައި ވާއިރު ބައެއް ސްކޫލުތަކުގައި މިވަރުވެސް ނުވާކަން ހިތަމަޔާއި އެކު ފާހަގަ ކުރަން ޖެހެއެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ޖެނުއަރީމަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅު ވެފައިވާ ގޮތުން ދިރާސީ އާ އަހަރަސް އެ މިނިސްޓްރީން އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައެވެ. އަދި އެދުވަހުގެ ބައްދަލު ވުމުގައި މިނިސްޓަރ ވިދާޅުވީ ގްރޭޑް 1-7 ދެމެދުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހުރިހާ ސްކޫލަކަށް ފޮނުވާފައިވާއިރު ގްރޭޑް 8 އާއި 9ގެ ދަރިވަރުންގެ ފޮތްތައް މި މަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީއަށް ލިބޭނެ ކަމަށާއި ސްކޫލްތައް ހުޅުވުމުގެ ކުރިން ދަރިވަރުންނާ ހަވާލު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ބައެއް ސްކޫލްތަކުން ދަށް ގްރޭޑްގެ ބައެއް ޓެކްސްޓް ފޮތްތައް ދަރިވަރުންނާ ހަވާލުކޮށްފައެއް ނުވެއެވެ. އެ ފޮތްތައް ސްކޫލް ހުޅުވޭ ދުވަހު ހަވާލުކުރެވޭނެ ކަމަށް ސްކޫލްތަކުން ބުނެފައި ވެއެވެ.

މީގެ އިތުރުން ކޭމްބްރިޖު ހަދާކުދިންގެ ފޮތްތަށްވެސް ލިބިފައިނުވާކަމަށް އިތުބާރު ހިފޭ ފަރާތްތަކުން ރާއްޖެ އެމްވީއަށް މައުލޫމަތު ދީފައި ވެއެވެ.

މިކަމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން ބުނެފައިވަނި ކަމާގުޅޭ ބޭފުޅުންގެ އަރިއަހުން މައުލޫމާތު ސާފް ކުރުމަށްފަހު ޖަވަބެއް ދޭނެކަމަށެވެ. ނަމަވެސް އަދިވެސް އެކަމާއި ގުޅޭ މައުލޫމާތު އެ މިނިސްޓްރީން ސާފްކޮށް ދީފައެންނުވެއެވެ.

ސްކޫލްތަކާއި އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރަށް ތައްޔާރުވެފައިވާ ކަމަށް މިނިސްޓްރީން ބުނި ނަމަވެސް ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ނުލިބުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ހާއްސަކޮށް ބަދަލުތައް ގެނައި ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމް ނުލިބޭކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ކަލާފާނު ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ބަދަލުވެފައިވާ އިރު ގިނަ ކުދިންނަށް ޔުނިފޯމް ލިބިފައި ނުވާތީ މިދިޔަ އަހަރު ވެސް ބޭނުންކުރި ޔުނީފޯމް ބޭނުންކުރެވޭނެ ކަމަށް އެ ސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގާފައެވެ. ނަމަވެސް ޔުނީފޯމް ބަދަލުވެފައިވާތީ މިދިޔަ އަހަރުގެ ޔުނީފޯމް އެއްލާލުމުން އެކްޓިވިޓީ ޔުނީފޯމް ނެތް ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ޝަކުވާ ކުރަމުންނެވެ.

މި މައްސަލަ ދިމާވެފައިވާ އަނެއް ސްކޫލަކީ އަމީނިއްޔާ ސްކޫލެވެ. އެ ސްކޫލުން އެކްޓިވިޓީ ޔުނީފޯމް ބަދަލު ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. އަދި އެ ސްކޫލުންވެސް ބުނެފައިވަނީ މި ދިޔަ އަހަރު ނިމެންދެން އެ ޔުނިފޯމް ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް މިއަހަރުވެސް މިހާތަނަށް އަދިވެސް ބޭނުން ކުރަމުން ދަނީ ކުރިގެ ޔުނީފޯމެވެ.

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް އެޗްއެމްއެފްއިން ލިބޭނެ ކަމަށް އަމީނިއްޔާ ސްކޫލުން ބުނެފައި ވާއިރު ސްކޫލު ހުޅުވެން ދެ ދުވަހަށް ވެފައި ވަނީކޮށް އެޗްއެމްއެފްއަށް ދިޔައިރު ޔުނީފޯމް ހުސްވެފައިވާ ކަމަށާއި ދެން ޔުނީފޯމް ލިބޭނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އެތަނުން ބުނިކަމަށް އެސްކޫލުގެ ގްރޭޑް 9 ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނެފައި ވެއެވެ. އަދި މިމަހުގެ އެތާރީހުގައި އެތަނަށް ދިޔުމުން ޔުނީފޯމް ހުސްވެފައިވާ ކަމަށާއި ދެން ލިބޭނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް ބުނެފައިވާ ކަމަށް އެ ބެލެނިވެރިޔާ ބުނެފައި ވެއެވެ.

މީގެ އިތުރުން ޕްރީ އޯޑަރުދޭން ބޭނުންވާ ކަމަށް ބެލެނިވެރިޔާ ބުނުމުން އެތަނުން ޕްރީ އޯޑަރު ނުކުރެވޭ ކަމަށާއި އެދުވަހު އެތަނަށް ދިއުމުން ޔުނީފޯމު ލިބޭނެ ކަމަށް އެތަނުން ބުނެފައިވާ ކަމަށް ބެލެނިވެރިޔާ ބުނެފައި ވެއެވެ. ނަމަވެސް އެ އެދުވަހަށްވެސް ޔުނީފޯމް ލިބޭނެ ކަމަށް އުއްމީދު ނުކުރާ ކަމަށް ބެލެނިވެރިޔާ ބުނެފައި ވެއެވެ.

ސްކޫލުތަކުގެ ބޮޑު ޗުއްޓީގެ ދުވަސްވަރު ބެލެނިވެރިން އެނެމެ ބޮޑަށް ސަމާލުކަމެއް ދޭ އެއްކަމަކީ ސްކޫލު ހުޅުވެން ވާއިރަށް ދަރިފުޅަށް އެ ބެލެނިވެރިޔަކަށް ވީ އެނެމެ ރަނަގަލަކަށް ސްކޫލަށް ބޭނުންވާ ތަކެތި ގަނެދީ ފޮތްތަކުގައި ކަރުދާސްލާ ނަންކޮޅު ހަރުކޮށް މިފަދަ ކަންކަން ފުރިހަމަ ކުރުމަށެވެ

އެެންމެ އާދައިގެ މީހާގެ ދަރިފުޅުވެސް ސްކޫލަށް ދާ ފުރަތަމަ ދުވަހުވެސް މި ހުރިހާ ކަމެއް ފުރިހަމަކޮށް ދީފައިވާ ކަން ފަހަގަ ކުރެވެއެވެ. ނަމަވެސް ސަރުކާރާއި ސްކޫލުތަކުން ދަރިވަރުންނަށް ދޭ އެހީތެރިކަމުގައި ނުވަތަ ކޮށްދޭންޖެހޭ ކަންކަމުގައި ދިގުލައިގެން ދިއުމަކީ އެއްވެސް ބެލެނިވެރިޔަކު ގަބޫލު ކުރާނެ އަދި ބަލައި ގަންނާނެ ކަމެންނޫނެވެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

މަޖިލިސް ޗުއްޓީއަށް ދިޔައިރު، މިފަހަރު މަޖިލީހުގެ ޕާރފޯމަންސް ރިޕޯޓް އިއްވާކަށް ނުކެރުނު!

26 ނޮވެމްބަރު 2017
ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

ގޯތި ވިއްކާލާ އަގު އޮޅުވާލުން، ޓެކްސްއަށާއި އިންސާފަށް ހަދާ ބޮޑު މަކަރެއް!

30 އޮކްޓޯބަރު 2017
ދަރަނި ބޮލަކަށް ވެގެން ހޯދާ ތަރައްގީއެއް ބޭނުންތަ؟

ދަރަނި ބޮލަކަށް ވެގެން ހޯދާ ތަރައްގީއެއް ބޭނުންތަ؟

21 އޮކްޓޯބަރު 2017
 ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

ރަޝީދުގެ އަންހެނުންގެ ދުލުން: ފިރިމީހާ ނިޔާވެގެންދިޔައީ ނަޖިސް މުންޑާއެކު

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު