Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާކުރަތަށް ކަރަންޓް ފޯރުކޮށްދިނުން

މާކުރަތުގެ ހުރިހާ ގެއަކަށް މިރޭ ކަރަންޓް ފޯރުކޮށްދެވޭނެ: ކައުންސިލް

25 ނޮވެމްބަރު 2018 | އާދީއްތަ 05:51

މައްސަލަ ހައްލު ކުރަން ފެނައިން އަވަދިނެތި ދަނީ މަސައްކަތް ކުރަމުން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 25 ނޮވެމްބަރު 2018 | އާދީއްތަ 05:51
ރ. މާކުރަތު

ރ. މާކުރަތު

ރ. މާކުރަތުގެ ހުރިހާ ގެއަކަށް އާދީއްތަ ދުވަހުގެ ރޭ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޓެކްނިކަލް މުވައްޒަފުން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މާކުރަތު އިންޖީނުގޭގައި ހުރި އެންމެ ބޮޑު އިންޖީނު ރޫޅާލައިގެން ފުލް އޯވަރ ހޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ ބްރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެ ރަށަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މަސައްލަ ހައްލުކޮށް އާދިއްތަ ދުވަހުގެ ރޭ ހުރިހާ ގޭގެއަށް ކަރަންޓާ ފޯރުކޮށް ދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އެ ރަށަށް ކަރަންޓު ކުއްލި ކުއްލިއަށް ކެނޑޭ މައްސަލައަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލަ އެއް ކަމަށާއި، އެ މައްސަލައަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް މި ވަގުތީ ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް މާ ބޮޑު ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ އެރަށުގެ ފިހާރަތަކަށް ކަމަށާއި އޭގެ އިތުރުން ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް އެ އިރު ފެނަކައިން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.

ހަސަން ވިދާޅުވީ އެ ރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ޖުމްލަ ތިން ޖަނަރޭޓަރުން ކަމަށާއި، އެއީ 160 ޖެނަރޭޓަރަކާއި، 80 ކިލޯވޯޓުގެ ދެޖަނަރޭޓަރަކުން ކަމަށެވެ. ނަމަވެސް މިހާރު 160 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 މާރިޗު 2017

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ
25 މާރިޗު 2017

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

25 މާރިޗު 2017
އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
05 މާރިޗު 2017

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

05 މާރިޗު 2017
ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް