Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރތް އަވަރ ފާހަގަކުރުން

އަރތު އަވަރ ފާހަގަކުރުން މިރޭ - ދުނިޔެއަށްޓަކައި އެއްގަޑިއިރަށް ދިއްލުންތައް ނިއްވަވާލައްވާ

އާރތް އަވަރ ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން 9:30 އަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 18:30
އަރތް އަވަރ ފާހަގަކުރުމަށް ރާއްޖޭގައި ކުރިއަށްގެނދިޔަ ހަރަކާތެއްގެ ތެރެއިން

އަރތް އަވަރ ފާހަގަކުރުމަށް ރާއްޖޭގައި ކުރިއަށްގެނދިޔަ ހަރަކާތެއްގެ ތެރެއިން

"އާރތް އަވަރ" އަކީ ދުނިޔެ ހޫނުވުމާއި ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވޯލްޑް ވައިލްޑް ފަންޑް ނުވަތަ ޑަބްލިޔުޑަބްލިޔުއެފް އިން މުޅިދުނިޔޭގައި ހިންގާ ކެމްޕޭނެކެވެ.

ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރަމުން އަންނަ އާރތު އަވަރ ފާހަގަކުރަން ފަށާފައި ވަނީ 2007 އަހަރުއެވެ. ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން އޮސްޓްރޭލިޔާގެ ސިޑްނީގައި ފެށި ކެމްޕެއިނުގެ ދަށުން، ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތައް ފިޔަވައި އެހެން ހުރިހާ ދިއްލުންތަކެއް އެއްގަޑިއިރަށް ނިއްވާލަންޖެހެއެވެ. އަދި ތިމާވެއްޓަށް ފައިދާހުރި ކޮންމެވެސް ކަމެއް، ކޮންމެ ދުވަހަކު ވެސް ކުރުމަށް، "އާރތު އަވަރ" އާއި ގުޅުވައިގެން ބާރުއަޅާފައި ވެއެވެ.

މިއީ މި ކެމްޕެއިން މުޅި ދުނިޔޭގައި ހިންގާ 10 ވަނަ އަހަރަށްވާއިރު، ރާއްޖޭގައި "އާރތު އަވަރ" ފާހަގަކުރަން ފަށައިފައި ވަނީ 2009 ވަނަ އަހަރުގަ އެވެ.

ތިމާވެށި ރައްކާތެރިކޮށް، ތިމާވެށި ހިމާޔަތްކުރުމަށް އެންމެ ހަރުއަޑުން ގޮވާލާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭ ހިމެނޭއިރު، ކޮންމެ އަހަރަކުން ވެސް ރާއްޖެއިން އަންނަނީ "އަރތު އަވަރ" ފާހަގަކުރުމަށް ޤައުމީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެހެން ދިއްލަންޖެހޭ ބޮކި، ހޮޅިބުރި ފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް ނިއްވާލައެވެ. އެ ފޮތުން 2009 އަހަރު ރާއްޖޭގައި ފެށި ކެމްޕޭންގެ ދަށުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވި މުލިޔާގެޔާއި، ސަރުކާރުގެ ހުރިހާ އިމާރަތްތަކުގެ ދިއްލުންތައް ނިއްވާލައި، އެއް ގަޑިއިރަށް އަނދިރިކޮށްލާފައި ވެއެވެ.

އެއަށް ފަހު ކޮންމެ އަހަރުކުވެސް ސަރުކާރުތަކުން "އަރތް އަވަރ" ފާހަގަކުރާއިރު، މިހާރުގެ ސަރުކާރުން މި ކެމްޕޭންގައި ބައިވެރިވުމަށް މާ ބޮޑެތި ބާރުތަކެއް ނާޅަ އެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާއިރު، ތިމާވެށީގެ ކަންކަމުގައި ވަކާލަތުކުރާ ޤައުމަކުން މިފަދަ ބޮޑު ހަރަކާތަކަށް އެހާ މުހިންމު ސަމާލުކަމެއް ނުދެނީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

"އާރތް އަވަރ" ފާހަގަކުރުމަށް ސަރުކާރުން ޤައުމީ ފެންވަރުގައި މާ ގިނަ ކަންތައްތަކެއް ނުކުރިނަމަވެސް، ކޮންމެ ރައްޔިތަކަށްވެސް ފަރުދީގޮތުން ވަރަށް ގިނަ ގޮތްގޮތުން ބައިވެރިވެވޭނެ އެވެ. އެގޮތުން ނިއްވާލާ ކޮންމެ ނިއްވާލުމަކީ މި ހަރަކާތުގައި ބައިވެރިވުމެވެ. ދުނިޔެއަށްޓަކައި އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންކަން ރަމްޒުކޮށްދޭ އެއް ގަޑިއިރުގެ މި ހަރަކާތުގައި ފަރުދީ ހައިސިއްޔުންނާއި އިޖްތިމާޢީ އަދި ވިޔަފާރި ކުންފުނިތަކުން ކުރެވިދާނެ ކަންކަން ވިސްނައި ހަކަތަ އިސްރާފުވުން ކުޑަ ކުރެވޭނެ ގޮތްގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ޢަޒުމު ކަނޑަ އެޅުމަކީ މި ފަދަ ހަރަކާތެއްގެ އެންމެ މުހިއްމު އެއް މަޤުޞަދެވެ.

"އަރތް އަވަރ" ގެ މަޤްޞަދަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާ މެދު އިންސާނުންގެ ހޭލުންތެރިކަން އިތުރުކުރުމާ އެކު، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދިޔުމަށް ހިތްވަރު ދިނުންކަމަށްވާއިރު، މި އަހަރުގެ އާރތު އަވަރ ފާހަގަކުރުމަށް މިރޭ 8:30 އިން 9:30 އަހަށް ހުރިހާ ނިއްވުންތައް ނިއްވާލުމަކީ، ތިމާވެށީ ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އިލްތިމާސްކުރާ ކަމެކެވެ.

އެއް ގަޑިއިރުވަންދެން ކަރަންޓް ކަނޑާލުން ރަމްޒީ ކަމަކަށް ވެގެންދިޔަ ނަމަވެސް، މީގެ ސަބަބުން ތިމާވެއްޓަށް ބޮޑު ފައިދާއެއް ކުރާކަން ހާމަކޮށްދެ އެވެ. ނިއްވާލެވޭ ކޮންމެ ނިއްވާލުމަކާއެކު، ކަރަންޓަށް އަންދާ ތެލުގެ މިންވަރު ދަށްކޮށްލާނެ އެވެ. އަދި އެއާއެކު ވިހަ ގޭސްތަކުން ތިމާވެއްޓަށް ލިބެމުން އަންނަ އިޔާދަނުކުރެވޭ ބޮޑެތި ގެއްލުންތައް ކުޑަކުރެވިގެންދާނެ އެވެ.

ދުނިޔޭ ބައެއް ބޮޑެތި ސިޓީތަކުގެ ރައްޔިތުންގެ ދުމުގެ ސަބަބުން، ނުސާފު ވަޔަށް ނޭވާލަންޖެހިފައިވާއިރު، މި ހަރަކާތުގެ ބޭނުމަކީ، ތިމާވެށި ހިމާޔަތްކުރުމަށް ފަރުދީ ގޮތުން ކޮންމެ ރައްޔިތަކަށް ވެސް ކުރެވިދާނެ ކަންކަން ބުނެދީ، އެކަމުގައި އަމަލީގޮތުން ޝާމިލްކުރުވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

20 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

12 އެޕްރީލު 2017
 "ފްލޫ ކޮމެޓީ" މިރޭ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި

"ފްލޫ ކޮމެޓީ" މިރޭ މަޖިލީހަށް ހާޒިރު ކުރަން ނިންމައިފި

05 އެޕްރީލު 2017
ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި

ޢަބްދުﷲ ރިޔާޒް މިރޭ ޕޮލިހަށް ހާޒިރުވަން އަންގައިފި

02 އެޕްރީލު 2017
އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު ކުޅުދުއްފުއްޓަށް، މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ

31 މާރިޗު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު