Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަަރަންޓް ކެނޑުން

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

މާލެއިން ކަރަންޓް ގޮސްފައިވަނީ ގާތްގަނޑކަށް އެއް ގަޑިއިރަށް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 25 މާރިޗު 2017 | ހޮނިހިރު 11:59
ސްޓެލްކޯ

ސްޓެލްކޯ

ކަރަންޓް ދިނުމަށް ބޭނުންކުރާ މައި ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ހަލާކުވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ހިނގައްޖެ އެވެ.

ސްޓެލްކޯގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައި ވަނީ ކޭބަލް ޑެމޭޖަކުން ކަމަށާއި ކަރަންޓް ދިޔަ ސަރަހައްދުތަކަށް މާގިނައިރުތަކެއް ނުވެ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތުގެ ތެރެއިން ބައެއް ސަރަހައްދުތަކަށް ސްޓެލްކޯގެ ޓީމްތައް ގޮސް ވެސް ކަރަންޓް ދެވިފައިވާ ކަމަށެވެ.

މާލޭގެ ބޮޑު ބަޔަކުން ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކަރަންޓް ކަނޑައިގެން ދިޔައެވެ. ކަރަންޓް ދިއުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެނުގެ ޕްރެޝަރު ދަށްވެ ފެން ލިބުމުގައި ވެސް ދަތިތަކެއް ކުރިމަތިވިއެވެ.

ހޮނިހިރު ދުވަހު ކަރަންޓް ގޮސްފައިވާ އިރު މިމަހުގެ 5 ވަނަ ދުވަހު ވެސް ވަނީ މުޅި މާލެއިން ކަރަންޓް ގޮސްފަ އެވެ. އެދުވަހު ގާތްގަނޑަކަށް މެންދުރު 13:00 އިން 16:00 އަށް ކަރަންޓް ކެނޑުމުން އާއްމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ދުވަހު ވެސް ކަރަންޓާ އެކު ފެން ކެނޑި ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. އަދި އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ބައެއް ސަރަހައްދުތަކަށް ޕްރެޝަރުގައި ފެން ލިބިފައެއް ނުވެއެވެ.

އެފަހަރު ސްޓެލްކޯއިން ބުނީ މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ މާލެއަށް ފެނުގެ ހިދްމަތް ފޯރުކޮށްދޭ އެމްޑަބްލިޔުއެސްސީއަށް ކަރަންޓް ދިނުމަށް ވަގުތީ ގޮތުން ބަހައްޓާފައި ހުރި ޓްރާންސްފޯމަރެއްގެ ހައިވޯލްޓޭޖް ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން، ކޭބަލް ޝޯޓް ސާރކިޓް ވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީން ބުނެފައި ކަރަންޓް ކެނޑުނީ އެ ކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި އެވަގުތު އެފަދަ މެއިންޓެނަންސް މަސައްކަތެއް ވެސް ކުރަމުން ނުދާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު