Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭން ކަރަންޓް ކެނޑުން

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

ސިއްހީ ހިދުމަތާއި ފެނުގެ ހިދުމަތަށް ވަނީ ބުރޫ އެރި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 5 މާރިޗު 2017 | އާދީއްތަ 13:16
ސްޓެލްކޯ

ސްޓެލްކޯ

މުޅި މާލެއިން ކަރަންޓް ކެނޑި، ހުރިހާ ހިދުމަތެއް ހުއްޓުމަކަށް ހިނގެއްޖެ އެވެ.

މެންދުރު 1:00 ހާއިރު މުޅި މާލެއިން ކަރަންޓް ދިޔައީ، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޒިރު ރާއްޖެއެމްވީއަށް ވިދާޅުވި ގޮތުގައި، ހައި ވޯލްޓޭޖް ކޭބަލެއް ގޮވުން ކަމަށެވެ.

Advertisement - newsAdvertisement

ކަރަންޓް ދިޔުމުގެ ސަބަބުން، ގިނަ ހިދުމަތްތަކަކަށް ބުރޫއެރި އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު ބުނި ގޮތުގައި ކަރަންޓް މެދުކެނޑިފައި ހުރި ވަގުތު ހަމައެކަނި ހޮސްޕިޓަލްގެ ބެކަޕް ޖަނަރޭޓަރުން ހިދުމަތް ދެމުން ދިޔައީ އޮޕަރޭޝަން ތިއޭޓަރުތަކަށާއި އައިސީޔޫ އަށެވެ. އެހެން ހިދުމަތްތައް ހުރީ މެދުކެނޑިފަ އެވެ. އަދި އެމްޑަބްލިޔޫއެސްއީން ދޫކޮށްފައި ހުރި ފެނުގެ ޕްރެޝަރު ދަށްވެ، ބައެއް ގެތަކަށް ފެން ލިބުން ހުއްޓުނެވެ.

"ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވީ، ހުރިހާ ކަމެއް މިވަނީ ހުއްޓިފައި. ކެއްކޭނެ ގޮތެއް ނެތް، ފެނެއް ނުވެރޭ، ކުދިން ސްކޫލަކަށް ނުފޮނުވޭ، ހިދުމަތެއްް ހޯދަން ދެވެން ވެސް ނެތް،" ކަރަންޓް ކެނޑިގެން މުޅި އާއިލާއާއެކު މާފަންނު ގެއެއްގެ ބޭރުގައި ފިނިކޮށްލަން އިން އަންހެނަކު ބުންޏެވެ.

ކަރަންޓް ދިއުމުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ބައެއް އޮފީސްތައް ބަންދުކުރިއިރު، ސްކޫލްތަކުގެ ކިޔެވުން ވެސް ހުއްޓާލި އެވެ. ބައެއް ފިހާރަތަކާއި ބައެއް ކެފޭތައް ވެސް ބަންދުކުރި އެވެ.

"ކަރަންޓް މެދުކެނޑުމުގެ ސަބަބުން ވިޔަފާރިއަށް ވެސް ވަރަށް ބޮޑު ގެއްލުން ލިބިއްޖެ. ފެން ނުލިބިގެން ބައެއް ތަކެތި ތައްޔާރުވެސް ނުކުރެވުނު. ކަރަންޓް ނެތީމަ މީހުން ނުވެސް ވަދޭ، ހިދުމަތެއް ވެސް ރަނގަޅަށް ނުދެވޭ،" ރެސްޓޯރެންޓެއްގެ ވެރިޔަކު ކިޔައިދިނެވެ.

ކަރަންޓް މެދުކެނޑުމުގެ ސަބަބުން މީހުން ރުޅިގަދަވެ، ސްޓެލްކޯ ކައިރިއަށް އެއްވެ ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ކަރަންޓްގެ ހިދުމަތް ފުރަލިބެން ފެށީ ދެ ގަޑިއިރު ފަހުންނެވެ. އަދި މުޅި މާލެ އަށް ކަރަންޓް ދެވުނީ ފަސް ގަޑިއިރު ފަހުންނެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު