Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ކެނޑުން

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017 | ހޮނިހިރު 20:29

ކަރަންޓް ކެނޑޭތީ ރަށަކުން ގެނައި ބައު އިންޖީނުވެސް ހަލާކުވެއްޖެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 25 މާރިޗު 2017 | ހޮނިހިރު 20:29
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ މުޒާހަރާ ކުރުމުގެ ތެރެއިން

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ މުޒާހަރާ ކުރުމުގެ ތެރެއިން

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން އެރަށު އިންޖީނުގެ ދޮށުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާގެ ބައިވެރިއަކު ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ބުނީ މުޒާހަރާ ކުރަމުން ދަނީ ކަރަންޓް ކެނޑޭތާ ދެމަހަށްވުރެ ގިނަދުވަސް ވީއިރުވެސް ހައްލެއް ހޯދިފައި ނުވެ އުޅެނިކޮށް މުޅިރަށުން އެއްކޮށް ކަރަންޓް ގޮސްފައިވާތީ ކަމަށެވެ.

އޭނާ ބުނީ ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭތާ 2 މަހެއްހާ ދުވަސްވެއްޖެ ކަމަށާއި ހުކުރު ދުވަހުން ފެށިގެން އެއްގޮތަކަށްވެސް ކަރަންޓް ނުހިފަހައްޓާ ކަމަށެވެ. ރައްޔިތުން އެކަމާ ހިތްހަމަ ނުޖެހިގެން މުޒާހަރާ ކުރަން ފެށީ ހޮނިހިރު ދުވަހު ހަވީރުން ފެށިގެން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު ރަށުގައި އެއްގޮތަކަށްވެސް ކަރަންޓެއް ނެތްކަމަށެވެ.

އެހެން މީހަކު ބުނީ ކަރަންޓް މައްސަލަ ދިމާވާތާ އަހަރެއްހާ ދުވަސްވެފައިވާ ކަމަށާއި މުޒާހަރާ ކުރަން ފެށީ މިހާރު އެއްގޮތަކަށްވެސް ކަރަންޓް ނުލިބެން ފެށުމުން ކަމަށެވެ.

އޭނާ ބުނީ 24 ގަޑިއިރު ކަރަންޓް ނުދެވޭތާ ދެމަސްވަރު ވެދާނެ ކަމަށާއި އަބަދުވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑާލާ ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން ކަރަންޓްގެ މައްސަލަ ބޮޑުވެ ރަށަކުން ބައު އިންޖީނެއް ގެނައި ކަމަށާއި ހޮނިހިރު ދުވަހު އެއިންޖީނުވެސް ހަލާކުވެ މުޅި ރަށުން އެއްކޮށް ކަރަންޓް ކެނޑި މިހާރު އެއްގޮތަކަށްވެސް ކަރަންޓް ނެތްކަމަށެވެ.

އޭނާ ބުނީ މިހާރު އިންޖީނުގެ ތަޅުލާފައިވާއިރު ކައުންސިލަރުންވެސް ރައްޔިތުންނާއެކު މުޒާހަރާގައި ބައިވެރިވާ ކަމަށެވެ. ފުލުހުންވެސް އެސަރަހައްދަށް އައިސްފައިވާކަމަށާއި ނަމަވެސް ކަރަންޓްގެ މައްސަލަ ހައްލު ނުވަނީސް މުޒާހަރާ ނުހުއްޓާނެކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދެއްވާތީ ކާމިޔާބުވާގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް