Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަރަންޓް ކެނޑުން

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

އަދިވެސް އިހްތިޖާޖު ކުރާނެ ކަމަށް ބުނި

ރާއްޖެ އެމްވީ | 24 މާރިޗު 2017 | ހުކުރު 18:48
މަތިން ނަގާފައިވާ ފޮނަދޫގެ ފޮޓޭއް

މަތިން ނަގާފައިވާ ފޮނަދޫގެ ފޮޓޭއް

ލ. ފޮނަދޫގެ ކަރަންޓް މައްސަލަ ހައްލު ނުވެ، ގިނަ ދުވަސްތަކެއް ވުމުން އެންމެ ފަހުން ކައުންސިލް މެމްބަރެއްް ރައްޔިތުންގެ ހައްގުގައި އިހްތިޖާޖްކޮށްފި އެވެ.

ފޮނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ފައިސަލް އިހްތިޖާޖުކުރީ ހުކުރު ދުވަހުގެ ހަވީރު ފޮނަދޫ އިންޖީނުގޭގެ ކުރިމަތީގަ އެވެ. އަސުރުމާ ކުލައިގެ ގަމީހެއްގައި ހުރި ފައިސަލް ހިފައިގެން ހުރި އަސުރުމާ ކުލައިގެ ބޯޑުގައި ލިޔެފައިވަނީ ފެނަކަ ފެއިލް ވެފައިވާ ކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް ހަމަހަމަކަމާއެކު ކަރަންޓް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ކަރަންޓްގެ މައްސަލައަށް ހައްލެއް ނުލިބޭއިރު، ފޮނަދޫގެ ވިޔަފާރިތަކަށް ވެސް ގެއްލުން ލިބި އާންމުންނަށް ވެސް ގިނަ ދަތިތަކެއް ކުރިމަތިވަމުންދާތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށް އެރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އަމިއްލަ ގޮތުން ވާދަކޮށްގެން ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރުމަށް ފަހު، ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ފައިސަލް ވިދާޅުވީ ގިނިކަންޏާ އިހްތިޖާޖަށް ނުކުތީ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ފެންނަން ނެތުމުން ކަމަށެވެ.

"ޕީޕީއެމް އަށް ސޮއި ކުރީ ވެސް ކަރަންޓް ކަރަންޓް ރަނގަޅު ކޮށްދޭނެ ކަމަށް، އެކަމަކު އެ ވައުދެއް އަދި ނުފައްދާ، އެހެންވެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކާއި ދަތިތައް ކުރިމަތިވަމުންދާތީ އިހްތިޖާޖަށް ނުކުތީ،" އޭނާ ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރު އިބްރާހިމް ރަޝީދު ވެސް ވިދާޅުވީ އެ ރަށުގެ ކަރަންޓް މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ފެންނަން ނެތް ކަމަށެވެ. އިންޖީނުގޭގެ ހާލަތު ގޯސްވަމުން ގޮސް ތެޔޮ ބަދަލުކުރުމަށްޓަކައި ވެސް މުޅި ރަށުށް ކަރަންޓް ކަނޑާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ދެ ހަފުތާއިން އެއް ހަފުތާ ކަހަލަ ގޮތަށް ތެޔޮ ބަދަލުކުރަން ވެސް ކަރަންޓް ކަނޑާލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

މާދަމާ ހަވީރު 15:00 އިން 18:00 އަށް ފޮނަދޫން ކަރަންޓް ކަނޑާލަންޖެހޭ ކަމަށް ފެނައިކަ ކޯޕަރޭޝަނުން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ކަރަންޓްގެ މައްސަލަ އަށް ހައްލެއް ނުލިބި ގިނަ ދުވަސްވަމުންދާއިރު، ފިނިކޮށްގެން ވިއްކަންޖެހޭ މުދަލަށް ގެއްލުންވެ، ކަރަންޓް ސާމާނަށް ވެސް ގެއްލުންވަމުންދާ ކަމަށް، ފޮނަދޫން ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ބުންޏެވެ.

ކައުންސިލް މެމްބަރު ފައިސަލް ވެސް ބުނި ގޮތުގައި ބައެއް ގޭގެއަށް އެކަށީގެންވާ މިންވަރަށް ކަރަންޓް ނުލިބޭތީ، ފެން މޯޓަރުތަކާއި އެހެން ބައެއް ސާމާނުތައް ވެސް ހަލާކުވަމުންދާ ކަމަށެވެ.

"މިދާވަރުން ދަންޏާ ރޯދަ މަހު މިފަހަރު ތިބެން ޖެހޭނީ ކަނު އަނދިރީގައި. އެހެންވެ، އިހްތިޖާޖުކުރީ، އަދިވެސް ކުރާނަން. އަދި ބޮޑު އިހްތިޖާޖަކަށް ނުކުންނާނަން، މިކަން ހައްލު ނުވަންޏާ،" އޭނާ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރަށުގެ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެފައި ވާއިރު، އެކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކޮށްފައެއް ނެތެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ގާދޫ މީހުން ފޮނަދުއަށް ބަދަލުކުރުމަށް ފަހު ކަރަންޓްގެ ހިދުމަތް ރަނގަޅު ކުރަން އެރަށަށް ގެންގޮސްފައި ހުރި ބައެއް ސާމާނު އަދިވެސް ބޭނުމެއް ނުކުރެ އެވެ. އެކަން ފައިސަލް ވެސް ކަށަވަރުކޮށްދެްވި އެވެ.

ފޮނަދޫ ކަރަންޓްގެ މައްސަލައާ ގުޅޭ ގޮތުން އެރަށުގެ އިންޖީނުގޭގެ މެނޭޖަރަށް ގުޅުމުން، ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު