Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޭއެފްސީ ކަޕް

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

ލިޔެކިޔުންތައް އެޕްރޫވް ނުކޮށް، އޭއެފްސީ އަށް ނުފޮނުވާ ހުރީ އޭފްއޭއެމް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2018 | ހޮނިހިރު 10:38
އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓް އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕަކީ 2004 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ރާއްޖޭގެ ކްލަބްތައް ބައިވެރިވަމުން އައި މުބާރާތެކެވެ. އާންމު ގޮތެއްގައި މި މުބާރާތުގައި ރާއްޖެއަށް ދެ ޖާގަ ލިބޭއިރު، މެދު ނުކެނޑި އެއް ޖާގަ ކޮންމެ ފަހަރަކުވެސް ލިބެއެވެ. އެހެންނަމަވެސް އަންނަ އަހަރުގެ މުބާރާތުން ރާއްޖެއަށް ޖާގައެއް ނުދިނުމަށް އޭއެފްސީން ވަނީ ނިންމާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔެއްގެ ނުރުހުމާއި، ފާޑުކިޔުން ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އަންނަނީ އަމާޒުވަމުންނެވެ. އަދި މިކަމުގެ ޒިންމާ އެފްއޭއެމުން ނަގަންޖެހޭނެ ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ސަބަބުތައް ބައިވަރެވެ.

މުބާރާތުން ރާއްޖެއަށް ޖާގަ ގެއްލުނީ އޭއެފްސީން ދިން މުއްދަތުގައި، އޭއެފްސީގެ ކްލަބް ލައިސަންސިންގ އެޑްމިނިސްޓްރޭޝަން ސިސްޓަމުގައި ރާއްޖޭގެ ކްލަބްތަކަށް ލައިސަންސް ލިބޭ ވަރަށް ލިޔެކިޔުން ހަމަނުކުރެވުމުންނެވެ. ލިޔެކިޔުންތައް ފުރިހަމަނުކުރެވުމުގައި ބައެއް ކްލަބްތަކުގެ އިހުމާލުވެސް އެބަ އޮތެވެ.

އެފްއޭއެމްގެ އެކްސޯ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްލަބް ލައިސަންސިންގ ކަންތައް އެންމެ ރަނގަޅަށް ފުރިހަމަކޮށްފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. މިކަމަށް އެފްއޭއެމްވެސް ހެކިވެއެވެ. އެހެންނަމަވެސް އެ ކްލަބަށް ޖާގަ ގެއްލުނީ އެކްލަބުން އެޕްރޫވް ކުރަން ހުށަހެޅި ބައެއް ލިޔެކިޔުންތައް އެފްއޭއެމުން އެޕްރޫވް ނުކޮށް، އެ ލިޔުންތައް އޭއެފްސީ އަށް ހުށަހެޅުން ދިގުލައިގެން ގޮސްގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ލިޔެކިޔުންތައް އޭއެފްސީން ދިން މުއްދަތު ތެރޭގައި އެޕްރޫވްކޮށްފައި ނުވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

އެފްއޭއެމްގައި ކްލަބް ލައިސަންސިންގ ކަންތަކަށް ހާއްސަ ޑިޕާޓްމެންޓެއް އޮވެއެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ލިބޭ ގޮތުގައި އެ ޑިޕާޓްމެންޓްގެ އެންމެ އިސްކޮށް އުޅޭ މުވައްޒަފަށް 18،000 ރުފިޔާގެ މުސާރައެއް ދޭއިރު، އެ މުވައްޒަފުގެ ދަށުން އިތުރު ތިން މުވައްޒަފުން ތިބޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ލިޔެކިޔުންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްދޭން އެފްއޭއެމުން އޭއެފްސީގައި އެދުމުން، އެކަންތައް ކޮށްދެވެން ނެތް ކަމަށް އޭއެފްސީން ބުނެފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އެގޮތުން އޭއެފްސީން ރާއްޖެއަށް ޖާގަ ގެއްލިފައިވާކަން މީޑިއާތަކުން ކަށަވަރުކޮށް، ރިޕޯޓްކުރަން ފެށުމާއެކު އެފްއޭއެމުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެފްއޭއެމުން ވަނީ ޖާގަ ގެއްލުމުގެ ކަންތައް ކްލަބްތަކުގެ ބޮލަށް ޖެހުމަށްފަހު، އަމިއްލަ ސަލާމަތް ހޯދަން މަސައްކަތް ކޮށްފައެވެ.

މާޒިޔާ އަދި ބެންގަލޫރު ބައްދަލުކުރާ މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝަރުހާން

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމް އާއި އޭއެފްސީއާ ދެމެދު ދާދި ފަހުން ވަނީ މައްސަލަތަކެއް ޖެހިފައެވެ. އެ މައްސަލަތައް އުފެދުނީ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލީފާއާ ދެކޮޅަށް އުފެއްދި ކަމަށް ބެލެވޭ ސައުތު ވެސްޓް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސްވާފް( ގައި ރާއްޖެއިން ބައިވެރިވުމުންނެވެ.

މި ސަރަހައްދުގެ ހުރިހާ ގައުމެއް ސްވާފް އުފެދުނު އިރު ހިމެނުނެވެ. އެހެންނަމަވެސް ވަކި ހިސާބަކުން ރާއްޖެ ފިޔަވައި ހުރިހާ ގައުމެއް ވަނީ ސްވާފުން ވަކިވެފައެވެ. އެގޮތުން ބެލެވޭ ގޮތުގައި ލިޔެކިޔުންތައް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށް ރާއްޖެ އަށް ފުރުސަތު ނުދިނީ ސްވާފުން ވަކިނުވެ އޮތުމުންނެވެ.

ސްވާފްގެ އެކްސްކޯ މެމްބަރުން - ފޮޓޯ: ސޯޝަލް މީޑިއާ

އޭއެފްސީ ކަޕްގެ ގުރު މިހާރު ނަގާފައިވާއިރު، މި ސަރަހައްދުން ރާއްޖެ އާއި ޕާކިސްތާން ފިޔަވާ ހުރިހާ ގައުމަކަށް އޭއެފްސީ ކަޕުން ޖާގަ ލިބުނެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން މި ފަހަރު ރާއްޖެ އަށް އޮތް ޖާގަ ނޭޕާލަށް ދިން އިރު، ރާއްޖެ 2020 ގެ މުބާރާތުގައި ވާދަކުރާއިރު ދެ ޖާގައިގެ ބަދަލުގައި އެންމެ ޖާގައެއް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އޭއެފްސީ ކަޕުގެ ޖާގަ ރާއްޖެއަށް ގެއްލުމަކީ ދިވެހި ފުޓުބޯޅަ ކުރިއަރުވަން ދިމާވި ބޮޑު ގޮންޖެހުމެކެވެ. މިކަމުގެ ސަބަބުން އަންނަ އަހަރު ރާއްޖޭގެ ކްލަބްތަކަށް ބައިނަލްއަގުވާމީ ތަޖުރިބާ ލިބުމުގެ މަގު ބަންދުވެފައިވާއިރު، މިއީ ރާއްޖޭގެ ކުޅުންތެރިންނަށްވެސް ލިބޭނެ ބޮޑު ގެއްލުމެކެވެ. މިކަހަލަ ބޮޑެތި ކަންކަން ތަކުރާރުވަމުން އަންނައިރު، އެއްވެސް ކަމެއް އެފްއޭއެމް އަށް ހައްލުކުރެވޭތަނެއް ނުފެނެއެވެ. އަދި ބޮޑެތި ކަންކަން ކުދި ކުދި ކަންކަމަށް ހަދައި، އޮޅުވާލުމަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާ ވެސް އިތުރު މިލިއަންތަކެއް ގެއްލުމުގެ ކުރިން!

އަނެއްކާ ވެސް އިތުރު މިލިއަންތަކެއް ގެއްލުމުގެ ކުރިން!

23 ޖުލައި 2019
ފާޑު ކިޔަނީ، ފާޑު ކިޔަން ޖާގަ ދޭތީއެވެ.

ފާޑު ކިޔަނީ، ފާޑު ކިޔަން ޖާގަ ދޭތީއެވެ.

26 ނޮވެމްބަރު 2018
އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

24 ޖޫން 2018
އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

30 މެއި 2018
ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

24 އެޕްރީލު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު