Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަސްރަނި ބަގީޗާ

2017 ގައި ރާއްޖެއަށް "ޑިސެމްބަރު" ނާދޭ، އައިނަމަ "ފިނި މޫސުން" އަންނާނެ!

ރައީސް ޔާމީން ވިދާޅުވީ ޔޫރަޕަށް ފިނި މޫސުން އަންނަ ގޮތަށް ރާއްޖެއަށް ވެސް ޑިސެމްބަރުގައި ފިނި މޫސުން އަންނާނެ ކަމަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2018 | ހޯމަ 04:39
ރަސްރަނި ބަގީޗާގައި ވިންޓަ ކޯނާ ހަދާ ތަން މިވަގުތާ ހަމައަށް އޮތް ގޮތް

ރަސްރަނި ބަގީޗާގައި ވިންޓަ ކޯނާ ހަދާ ތަން މިވަގުތާ ހަމައަށް އޮތް ގޮތް

ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރަސްރަނި ބަގީޗާގެ ނަމުގައި ހުޅުވީ 2017 ވަނަ އަހަރުގެ އޯގަސްޓް 21 ވަނަ ދުވަހުގެ ރޭ އެވެ. ރަސްރަނި ބަގީޗާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ 2017 ވަނަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެއަށް ވެސް ފިނި މޫސުން އަންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ރާއްޖެ އަށް ފިނި މޫސުން އަންނާނެ. އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ޔޫރަޕަށް ފިނި މޫސުން އަންނަ ގޮތަށް ދިވެހި ކުޑަކުދިންނަށް ވެސް [ފިނި މޫސުން] އަންނާނެ،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ކާޓޫނެއްގެ ކެރެކްޓަރުންތަކެއް ސްނޯގެ ތެރޭގައި

ރަސްރަނި ބަގީޗާގައި ވިންޓާ ކޯނާއެއް ހަދައި އެތަނުން ސްނޯގެ އިހުސާސް ކުރެވި، ކުޑަކުދިންނަށް އައިސް ސްކޭޓް ކުރެވޭނެ ގޮތް ހަދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. 2016 ވަނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހު މުއިއްޒު ވިދާޅުވީ ރަސްރަނި ބަގީޗާ ތަރައްގީކޮށް ނިމޭއިރު، "ފިނިކަން އިހްސާސްކުރެވި ސްނޯ ވެސް ފައިބާނެ" ކަމަށެވެ.

"މިތަނުގަ ހެދިގެންދާނެ ވިންޓާ ކޯނާއެއް. ވިންޓާ ކޯނާއަށް ވަނީމަ ހަމަ ފިނި ގައުމެއްގައި ވިންޓާގައި އުޅޭއިރު ކުރެވޭއިހުސާސްކުރެވޭނެ .ފިނިވާނެ، ސްނޯވެސް ފައިބާނެ، ހަމަ އެ ހުރިހާކަމެއް ވެގެންދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އެއަށްފަހު، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހައުސިންގ މިނިިސްޓްރީއިން ބުނީ ސްނޯގެ އިހުސާސް ކުރެވޭ ގޮތަށް ހަދާ، ވިންޓަ ކޯނާ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރަސްރަނި ބަގީޗާގެ ސްނީ ކޯނާ މިވަގުތާ ހަމައަށް އޮތް ގޮތް

ދެހާސްސަތާރަ ވަނަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެއަށް ފިނި މޫސުން އަންނާނެ ކަމުގެ ޔަގީންކަން ރައީސް ޔާމީނާއި ހައުސިންގ މިނިސްޓަރު ދެއްވުމުން ގިނަ ބަޔަކު އެކަމަށް ތައްޔާރުވިއެވެ. އެއްބަޔަކު ފިނީގައި ލާ ކޯޓުތަކާއި ބޫޓުތަކާއި އަންގިއަށް ދާންދެން ގަނެ، ފިނި މޫސުމަށް ތައްޔާރުވާން ބޭނުންވި އެވެ. ކުޑަކުދިން ވެސް ވަރަށް ފޯރީގައި ތައްޔާރުވަމުން ދިޔައީ އައިސް ސްކޭޓް ކުރާށެވެ. އިރުވައި މޫސުމުގެ ގަދަ ހޫނުގެ ތެރޭގައި، ރަސްރަނި ބަގީޗާއަށް ވަދެ ފިނި މޫސުން އިހުސާސް ކޮށްލާށެވެ.

ފިނި މޫސުން އިހުސާސް ކޮށްލަން، ރަސްރަނި ބަގީޗާއަށް ދިއުމުން މުޅިން ފެނުނީ އެހެން މަންޒަރެކެވެ. ހައިމާކަކާއި ސިމެންތި ގަށާ މެޝިނަކާއި ދަގަނޑުތަކާއި، ސިމެންތި ގާ ނޫން އެއްޗެއް ވިންޓަ ކޯނާގައި ނެތެވެ. ވަށައިގެން ހުރީ ކަޅުދާ ޖަހާފަ އެވެ. ނަމަވެސް، ޔޫރަޕަށް އަންނަ ކަހަލަ ފިނި މޫސުމެއްގެ ފިންޏެއް އިހުސާސެއް ނުކުރެވެއެވެ. ޑިސެމްބަރުގައި އެތަން ނިންމާނެ ކަމަށް ބުނިއިރު، އެތަނުގައި ކުރެވުނު މަސައްކަތަށް ވުރެ ނުކޮށް ހުރި މަސައްކަތް ގިނައެވެ.

އަހަރު ނިމިގެން ހިނގައްޖެ އެވެ. 2017 ނިމިގެން މި ދިޔައީ އެ ވިދާޅުވި ޑިސެމްބަރު މަސް ރާއްޖެއާ ބައްދަލުނުކޮށެވެ. ދިވެހިންނަށް އަހަރު ނިންމާލަން މިޖެހުނީ 11 މަހުންނެވެ. އަހަރެއްގައި 365 ދުވަސް އޮންނައިރު، 2017 ވަނަ އަހަރުގައި ދިވެހިންނާ ބައްދަލުކުރީ 334 ދުވަހެވެ. ޑިސެމްބަރު ނައީ އެވެ. ގައިމު ޑިސެމްބަރު މަސް އައިނަމަ، ޔޫރަޕަށް ފިނި މޫސުން އަންނަ ގޮތަށް ރާއްޖެއަށް ވެސް ފިނި މޫސުން އައީހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

ރާއްޖޭގައި މޫނު ބުރުގާ އެޅުން މަނާ ކުރެވިދާނެތަ!

31 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

ޖެނުއަރީގައި ހިނގަފާނެ ކަމަށް ބެލެވޭ އެންމެ ހައިރާންކުރަނިވި ފަސް ޓްރާންސްފާ!

28 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު