Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕެރަމެޑިކްސް ދާއިރާ

ޕެރަމެޑިކްސް ދާއިރާ: ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް

މިއީ ރާއްޖޭގައި މިފަދަ ފުރަތަމަ އިންސްޓިޓިއުޓް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 12 ޑިސެމްބަރު 2017 | އަންގާރަ 08:09
އިންސްޓިޓިއުޓް އޮފް ޕެރަމެޑިކަލް ސައިންސް އެންޑް އެމްބިއުލެންސް ސަރވިސަސްގެ ކުދިންތަކެއް އަވަސް ފަރުވާދެނީ

އިންސްޓިޓިއުޓް އޮފް ޕެރަމެޑިކަލް ސައިންސް އެންޑް އެމްބިއުލެންސް ސަރވިސަސްގެ ކުދިންތަކެއް އަވަސް ފަރުވާދެނީ

ޕެރަމެޑިކްސް އަކީ ކުއްލި ހާލަތްތަކުގައި ދިމާވާ ހާދިސާތަކުގައި އެންމެ ފުރަތަމަ ދޭންޖެހޭ ފަރުވާ އެވެ. އެކްސިޑެންޓެއް ދިމާވާ ހާލަތުގައި ލިބޭ އަނިޔާ އާއި ބޮޑު ކާރިސާއެއް ދިމާވާ ހިނދު ޝޮކުން އަރައިގަތުމަށްވެސް އެމަރޖެންސީ މެޑިކަލް ޓެކްނީޝަން ނުވަތަ އީއެމްޓީންނަކީ މުހިއްމު ދައުރެއް އަދާކުރާ ބަޔެކެވެ. ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައިވެސް އަޅަންޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅައިފި ނަމަ، ފުރާނަ ސަލާމަތް ކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ފަހިވެގެންދެ އެވެެ. އެމަރޖެންސީ ހާލަތްތަކުގައި ފުރަތަމަ އެހީތެރިވާ ފަރާތަކީ އަވަސް ފިޔަވަޅުތައް އަޅަންޖެހެނީ ކޮންގޮތަކަން އެނގޭ މީހަަކަށްވާންޖެހެ އެވެ. އެހެން ކަމުން ހަމަގައިމުވެސް، މިއީ ސިއްހީ ފަރުވާގެ ނިޒާމުގައި ވަރަށް މުހިއްމު ހިދުމަތެކެވެ.

މިކަމަށްޓަކައި އަވަސް ފަރުވާދޭ މީހުންނަކީވެސް އެކަމަށް ބޭނުންވާ އެކަށީގެންވާ ތައުލީމާއި ތަމްރީނު ލިބިފައިވާ ބަޔަކަށްވާންޖެހެ އެވެ. ރާއްޖޭގައިވެސް މިހާރު ވަނީ އަވަސް ފަރުވާދޭނެ ޓެކްނީޝަނުން ތަމްރީނު ކުރުމަށް، "އިންސްޓިޓިއުޓް އޮފް ޕެރަމެޑިކަލް ސައިންސް އެންޑް އެމްބިއުލެންސް ސަރވިސަސް" ގެ ނަމުގައި ތައުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޓެއް ގާއިމްކޮށްފަ އެވެ.

މިފަދަ އިންސްޓިޓިއުޓެއް ގާއިމް ކުރުމަކީ ރާއްޖޭގައި ޕެރަމެޑިކްސްގެ ދާއިރާ އިތުރަށް ފުޅާ ކޮށް އަވަސް ފަރުވާދޭ ނިޒާމު ހަރުދަނާވެގެންދާނެ ކެމެކެވެ.

މިކޯހުގައި ކިޔަވައިދެއްވާ ޑރ އުސާމާ އަލީ އުމަރު ވިދާޅުވީ، ޕެރަމެޑިކްސް ކޯހުގައި ތިއަރީގެ އިތުރުން، ހަގީގީ ދިރިއުޅުމުގައި އަވަސް ފަރުވާ ބޭނުންވާ ހާލަތެއް ދިމާވުމުން އަމަލު ކުރަންޖެހޭނެ ގޮތްވެސް ކިޔާދޭ ކަމަށެވެ.

" މިއީ ރާއްޖޭގައި އަލަށް ފެށި މަސައްކަތެއް. މި ކޯހުގައި އެއަރޕޯޓް ކުންފުނީގެ 8 މުވައްޒަފުންނާއި ޕޮލިހުންގެ ދެ މުވައްޒަފުން ވަނީ ބައިވެރިވެފައި. މިފަދަ ޕްރޮގްރާމެއްގެ ތެރެއިން އީއެމްޓީ ދާއިރާއަށް ތަމްރީނުވެފައިވާ މީހުން އުފެދި ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ،" އުސާމާ ވިދާޅުވި އެވެ.

މިކޯހުގެ ބައިވެރިން ބުނީ، މިއީ ރާއްޖެއަށް ވަރަށް މުހިއްމު ދާއިރާއެއް ކަމަށާއި މިފަދަ ކޯހެއްގެ ތެރެއިން ކުއްލި ހާލަތްތަކުގައި ސިއްހީގޮތުން އަޅަންޖެހޭނެ ފިޔަަވަޅުތައް އަޅާނެ ގޮތް އެނގިގެންދާ ކަމަށެވެ.

އެއް އަހަރު ދުވަހުގެ މިކޯހަކީ އެމްކިއުއޭ އެޕްރޫވްކޮށްފައިވާ ކޯހެކެވެ. މިއީ ސެޓްފިކެޓް ލެެވެލް ހަތަރެއްގެ ކޯހެއް ނަމަވެސް ޕެރެމެޑިކްސް އިންސްޓިޓިއުޓުން ކުރިއަށް އޮތް ތަނުގައި ޑިޕްލޮމާ ލެވެލްގެ ކޯސްވެސް ތައާރަތް ކުރާނެ ކަަމަށް އެ އިންސްޓިޓިއުޓް އިން ބުނެއެވެ. މިކޯހުގެ ކޯސް ފީއަކީ 50 ހާސް ރުފިޔާއެވެ.

މި ކޯސް ކުރިއަށްގެންދަނީ އެމްއެންޑީއެފް އާއި ޕޮލިހުންނާއި އެއަރޕޯޓްސް ފަޔަރ އެންޑް ރެސްކިއު އާއި ޕޯޓް ހެލްތް ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިސްކަންދީގެން ނަމަވެސް، މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

އިތުރަށް ކިޔާލަން

07 މެއި 2017

ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!

07 މެއި 2017
ޤައުމެއްގެ ތަރައްޤީއަށް މާލީ ދާއިރާގެ މުހިއްމުކަން!
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު