Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަނެއްކާ ވެސް އިތުރު މިލިއަންތަކެއް ގެއްލުމުގެ ކުރިން!

އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ސީރިއަސް ތުހުމަތު ތަކެއް ކުރޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 23 ޖުލައި 2019 | އަންގާރަ 06:30
ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކު

މިއަދު ވެސް އެންމެ ގަދަޔަށް ރަށު ތެރޭގައި އަޑުހަރުކޮށް ދެކެވެމުން އައީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަ އެެވެ. ކުރީގެ ނައިބް ރައީސް އަދީބްއާ، މޮހޯ އާ އޮއިއްޓޭއާ އެސްއޯއެފް ކިޔާ ކުންފުންޏެއްގެ ވާހަކަ އެވެ. މިހާރު ވައިގަ ހިފައިގެން އުޅޭ ވާހަކަ އަކީ އެމްއެމްއޭއާ އެތަނުގެ ގަވަރުނަރު އަހުމަދު ނަސީރާ، އަބްދުﷲ އަޝްރަފުގެ ވާހަކަ އެވެ.

އެފްއައިޔޫގެ ކުރީގެ ވެރިޔާ އަޝްރަފް ވަނީ ގަވަރުނަރު ނަސީރާ ދެކޮޅަށް ސީރިޔަސް ތުހުމަތުތަކެއް ކޮށްފައެވެ. އެފްއައިޔޫގެ ވެރިއަކަށް އަޝްރަފް ހުންނެވި އިރު ރައީސް ޔާމިންގެ އެކައުންޓަކަށް މަނީ ލޯންޑްރިން އަށް ޝައްކު ކުރެވޭ ފައިސާތަކެއްގެ މައްސަލަ ފުލުހަށް ހުށައެޅުމުން ނަސީރު އެކަމާއި ހިތްހަމަޖެހިވަޑައިނުގެން "ހައި ޕްރޮފައިލް" މީހުންގެ މައުލޫމާތު ކެމްޕޭނު ނިމެންދެން ހޯލްޑު ކުރުމަށް އެންގެވި ކަމުގެ ތުހުމަތެވެ. ނަމަވެސް ނަސީރު ވިދަޅުވާގޮތުން އެގޮތަށް އޭނާ އިރުޝާދެއް ނުދެއްވަ އެވެ.

އެކަމަކު ފުލުހަށް އަޝްރަފް ހުށައެޅީ ކޮން މައްސަލައެއް ކަން އޮޅުންވިލުވުމަށް ވަކިން އަޝްރަފްއާ ނަސީރު ބައްދަލުކުރެއްވި އެވެ. އެފްއައިޔޫގެ މަސައްކަތަށް ނުފޫޒު ފޯރުވާ ވަކި މައްސަލަތަކެއް ފުލުހުންނަށް ހުށަނޭޅުމަށް ގަވަރުނަރު އިރުޝާދު ދެއްވާފައިވާ ކަމުގެ މައްސަލައެއް އަޝްރަފް ވަނީ ފުލުހަށް ވެސް ހުށައަޅާފަ އެވެ. ސަސްޕީޝިއަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު) އެފްއައިޔޫ އިން ގަވަރުނަރުގެ ހުއްދަ ނުދިނަސް ފުލުހަށް ހުށައެޅޭނެ އެވެ. މައްސަލަތައް ހުށައެޅުމުގައި ވަކި އުސޫލުތަކެއް ކަނޑައެޅިފައިވެ އެވެ.

އަޝްރަފް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ފުލުހަށް ހުށައެޅުމުން ކަމަށް އޭނާ ތުހުމަތު ކުރެއްވިޔަސް ނަސީރު އޭނާ މަގާމުން ވަކި ކޮށްފައިވަނީ ޒިންމާ އަދާކުރުމުގެ ގާބިލްކަން ނެތުމުން ކަމަށް ބުނެ އެވެ. އަޝްރަފް މަގާމުން ވަކި ކޮށްފައިވަނީ ޖޫން މަހުގައި ލިބިފައި އޮތް އެސްޓީއާރެއް ސެޕްޓެމްބަރު މަހާ ހަމަޔަށް ހުށަނާޅާ ލަސްވުމުން ކަމަށް ނަސީރު ވިދާޅުވިއެވެ. އަދި ވަކި ގޮތަކަށް ކަންތައް ކުރުމަށް އަންގަވާފައިނުވާނެ ކަމަށް ގަވަރުނަރު ވަނީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ.

އެކޮމިޓީގައި އެފްއައިޔޫގެ ޑޭޓާބޭސްގެ މައުލޫމާތު ބޮޓެއް މެދުވެރިކޮށް އަޝްރަފު ޓެލެގްރާމްގައި ލީކް ކޮށްފައިވާކަމުގެ ތުހުމަތުތަކެއް ވެސް ކުރެވުނެވެ. އަޝްރަފަށް ކުރެވުނު ތުހުމަތު ތަކާއެކު އޭނާ އެ މަގާމުން ވަކިކޮށް ކުރިން ހުރި މަގާމާއި އެއްވަރުގެ މަގާމެއް ނަސީރު އޭނާއަށް ދެއްވި އެވެ. މުސާރާ އަށް އެއްވެސް އުނިކަމެއް ނާދެއެވެ.

ނަމަވެސް އަޝްރަފުގެ މައްޗަށް ނަސީރު ކުރައްވާ ތުހުމަތު އަދިވެސް އޮތީ އެވެ. މިހާރުވެސް އެފްއައިޔޫ އަށް އަންނަ ޑޮކިއުމެންޓްސް އަށް އަޝްރަފް އެކްސެސްކުރަމުންދާކަމުގެ ތުހުމަތެވެ. ހަޒާނާގެ ތެރެެއިން ބޮޓެއް މެދުވެރިކޮށް މައުލޫމާތު ލީކު ކުރަމުންދާ ވާހަކަ އެވެ. އެއީ ކިތައް "ބޮޓުތަކެއް" ކަމެއް ވިދާޅެއް ނުވިއެވެ.

އަޝްރަފު ދޫކުރާކަމަށް އެ ވިދާޅުވާ މައުލޫމާތުތަކުން ހުރީ ކޮން ނުރައްކަލެއްކަމަށް ވިދާޅުނުވީ ނަމަވެސް އެއީ ތެދެއް ކަމުގައިވާނަމަ އަޝްރަފްއާ ދެކޮޅަށް ނަސީރު އެ ދައްކާ ވާހާކަ ތަކަކީ ސީރިއަސް ވާހަކަތަކެކެވެ. އެކަމަކު އަޝްރަފު މަގާމުން ވަކިނުކޮށް ހުރީ އޭނާއަކީ އެމްއެމްއޭ އިން ހަރަދުކޮށްގެން ތަމްރީނު ދީފައިވާ މީހަކަށް ވާތީ އާއި އެކަށީގެންވާ ހެއްކެއް އަދި އޭނާއަށް ނުދެއްކޭތީ ކަމަށް ނަސީރު ވިދާޅުވި އެވެ. ނަސީރު ވިދާޅުވާ ގޮތުން ވަކިކުރައްވާނީ އަޝްރަފާއި ދެކޮޅަށް ފުލުހުންގެ އިދާރާއިން އޭނާއާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަ ސާބިތުވުމުންމެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ނަސީރު ވެސް އަޝްރަފު ވެސް ވަނީ ހާޒިރު ކޮށްފައެވެ. ދެބޭފުޅުން ދެބޭފުޅުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވާފައިވާއިރު އަޝްރަފު ދެއްކެވި ބައެއް ވާހަކަތައް ނަސީރު ދޮގެއް ނުކުރައްވައެވެ.

އަޝްރަފުގެ މައްޗަށް ނަސީރު ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާއިރު މަރުކަޒީ ބޭންކުން ޑޭޓާ ލީކު ކުރަމުންދާނަމަ އެކަން ހުއްޓުވަން ގަވަރުނަރު ފަސް ޖެހެންވީ ކޮން ސަބަބަކާއި ހުރެގެން ކަމެއް ހަމަ ނޭނގުނެވެ. މަގާމުގައި ބަހައްޓަން މަސައްކަތް ކުރައްވާ ސަބަބަކީ ކޯބައިތޯއެވެ؟ ފުލުހުން އޭނާގެ މައްސަލަ ނިމެންދެން އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ ބާރު ލިބިގެން ނުވަނީތޯއެވެ؟ ނުނީ އެ ގާބިލުކަން ތިބޭފުޅާގެ ނެތްނަމަ އެކަން ކުރެވޭނެ އެހެން ބަޔަކާ ހަވާލުކޮށްގެން ވިޔަސް މައްސަލަ އަށް ގޮތެއް ނިންމަން ޖެހޭއެވެ.

އަޝްރަފަކީ ކުށެއް ނެތް މީހެއްތޯ އޭނާއާ މެދު ކުރުވޭ ތުހުމަތުތައް އަވަހަށް ރައްޔިތުންނަށް އޮޅުންފިލުވައިދޭން ޖެހެއެވެ. އަނެއްކާވެސް ބިލިއަނުން ދައުލަތުގެ ހަޒާނާއިން ވައްކަން ކުރުމުގެ ކުރިން ފިޔަވަޅު އަޅަން އެބަ ޖެހޭއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު