Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީން ގެއްލުނު ކުދިން

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ހުކުރު ދުވަހުގެރޭ ދަންވަރު ފަހުމީ ކޮބާތޯ ބެލުނު

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2018 | އަންގާރަ 09:34
ފަހުމީގެ މަންމަ، ހަދީޖާ ފަހުމީ،އ 46

ފަހުމީގެ މަންމަ، ހަދީޖާ ފަހުމީ،އ 46

"ރޭގަނޑުވެސް ނުވެސް ނިދޭ ( ފަހުމީ ގެއްލުމުގެ ކުރީ ދުވަހުގެ ރޭ). ހަމަ ތެދުވެ ހޯދެނީ، ކުދިން ހަމަތޯވެސް ބެލެނީ، ކުދިން ކޮބާތޯ ވެސް ބެލެނީ، ހައެއް ޖަހާކަން ހާއިރު (ހުކުރު ދުވަހު ހެނދުނު) ތެދުވެ ބެލެނީ" މިއީ ސ. ހިތަދޫ ޗަބޭލީގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ މަންމައަށް ހުކުރު ދުވަހުގެ ރޭ ކުރެވުނު އާދަޔާ ހިލާފް އިހްސާސްތަކުގެ ވާހަކައެވެ.

ފަހުމީގެ މަންމަ، ހަދީޖާ ފަހުމީ 46އ ރާއްޖެއެމްވީއަށް ކިޔާދިން ގޮތުގައި ކޮންމެވެސް ބޮޑުކަމެއް ވާން އުޅޭކަމަށް އޭނާގެ ހިތް ބުނަމުން ދިޔައީ، ދަރިފުޅު ގެއްލުމުގެ ކުރީ ދުވަހުގެރެއާއި، އެދުވަހުގެ ހެނދުނުގައެވެ. ފަހުމީ ގެއްލުނީ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށްވާއިރު، އެދުވަހު އޭނާއަށް ކުރި އިޙްސާސްތަކުގެ މައްޗަށް އޭނާ އަމަލު ވެސް ކުރިއެވެ.

ދަރިފުޅު ގެއްލިގެން ހިތާމާއިގައި އިން ހަދީޖާ ބުނީ، ދަރިފުޅު ގެއްލުމުގެ ކުރީ ދުވަހު ކޮންމެވެސް ބޮޑު ހާދިސާއެއް ހިނގަން އުޅޭ ކަމަށް ހީވެ، ދަރިން ހަމައަށް ތިބިތޯ ވެސް ބެލުނު ކަމަށެވެ. ހިތަދޫ ސްކޫލުގައި މަސައްކަތު މީހަކަށް އުޅޭ ހަދީޖާ އެ ދުވަހު ( ހޮނިހިރު ދުވަހު) ޑިއުޓީއަށް ދިޔައީ އޭނާގެ ދަރިފުޅު (ފަހުމީ) އަށް ސައިދީފައެވެ. އެހެން ނަމަވެސް ޑިއުޓީގައި ހުރުން ވެސް އޭނާއަށްވީ އުނދަގޫ ކަމަށެވެ. މަސައްކަތް ކުރާ ހިތެއް ނުވެއެވެ. އެންމެ ފަހުން ކެއްނުކުރެވިގެން ޑިއުޓީގައި ހުރެފައި ގެއަށްދާން މަޖުބޫރު ކުރުވިއެވެ.

"އެ ދުވަހު ހެނދުނު ސްކޫލަށް ގޮސް ހުއްޓާ، ވަރަށް ބިޔަ ރާޅުތަކެއްގެ އަޑު އިވުނީ، ދެން ހިތަށް އަރާ އެއީ ސުނާމީ ކަންނޭގެއޭ، ހަމަ ގެއަށްދާންވީއޭ، ނުހުރެވޭނޭ ހަމަ، ވަރަށް އެހެން ކަހަލަ އިޙްސާސްތަކެއް، ވަރަށް ބޮޑަތި ރާޅުތަކެއް ނަގާ، ހީވަނީ ހަމަ ސުނާމީ އަރައިގެން އަންނަހެން، އެހެންވީމަ ޑިއުޓީގަ ހުންނަ ހިތް ނުވީ،" ހަދީޖާއަށް ޑިއުޓީގައި ހުރެފައި ގެއަށްދާން ޖެހެނީ އެނާގެ ސިކުޑީގައި މިފަދަ ހިޔާލުތަކެއް އުބުރޭތީ ކަމަށް ބުޏެއެވެ.

ހަދީޖާ ފަހުމީ ރާއްޖެއެމްވީއަށް މައުލޫމާތު ދެނީ

ސްކޫލްގައި ހުރެފައި ހަދީޖާ ގެއަށް ދިޔަ އިރު، ފަހުމީ ވަނީ އޭނާގެ އެންމެ ގާތް ދެ ރަޙްމެތްތެރިން ކަމަށްވާ ހިތަދޫ ޓޮޕާޒްގޭ އުމުރުން 14 އަހަރުގެ މަޔާމިން އަލީ އާއި، ހިތަދޫ ބްލޫގޭ އުމުރުން 16 އަހަރުގެ އަލީ ރާއިފް އާއި ފުޓްބޯޅަ މުބާރާތަށް ޕްރެކްޓިސްކުރުމަށް (މައިލޯ ދަނޑަށް) ކުޅެން ގޮސްއެވެ. އެހެންނަމަވެސް އެކަމެއް ހަދީޖާއަކަށް ނޭނގެއެވެ.

"ގެއްލުނުކަން އެނގުނީ، ކޮންމެވެސް ދައްތައެއް ފޯނުކޮށްފަ ބުނީ ކޮބާހޭ އަލީ، ނޭނގެ އޭ ކުޅެން ކަންނޭގެއޭ، ދެން ބުނީ ( ހަދީޖާއަށް ގުޅި ދައްތަ) ކޮބާހޭ ބޫޓް؟ ބޫޓް އެބަހުރިހޭ، އެބަހުރި ހޭ، ބޫޓް އެބަ ހުއްޓޭ ބުނީމަ، ދެން ބުނީ ދެން ކޮންތަނަކަށްހޭ ދިޔައީ، ނޭނގެއޭ ދިޔަ ތަނެން ސްކޫލްގައޭވީ، ދެން ކިހެނެތްވީހޭ އެހީމަ ބުނީ، އަލީ ނުފެނިގެންނޭ މިއުޅެނީ، ކޮންތަނަކުންހޭ ބުނީމަ، ގެންލިގެންނޭ ބުނީ، ދެން" ދަރިފުޅު ގެއްލިގެން އެޅޭ ވާހަކަ އިނގުނު ގޮތް ހަދީޖާއަށް ކިޔައިދީނީ އަސަރާއެކުގައެވެ.

އެ ހިތްދަތި ވާހަކަތަށް ކިޔާދެން މިއަދު ގޮތްހުސްވެފައި ހުރި ހަދީޖާއަށް އުނދަގޫވިއެވެ. ހަދީޖާގެ ލޮލުން ކިތެއްމެ ގިނަ ކަރުނައެއް ފައިބިކަމުގައިވިއަސް، އެނާގެ ދަރިފުޅު ސިފަކޮށްލަ ދިނީ އެންމެ ޖުމްލައަކުންނެއެވެ

ސ. ހިތަދޫ ޗަބޭލީގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީ

"އެއީ މަށަށް ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް" ގެއްލިގެން ހޯދަމުންދާ ފަހުމީގެ މަންމަ ބުންޏެވެ.

ފަހުމީ އާއި އޭނާގެ އެކުވެރިޔާ މަޔާމީން ގެއްލުނުތާ މިއަދަށް ތިން ދުވަސްވީއެވެ. އެހެން ނަމަވެސް ހަދީޖާ އުންމީދެއް ގެއްލުވައެއް ނުލައެވެ. ކަނޑު މަގުންނާއި ވައިގެ މަގުން ދަރިފުޅު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހޮނިހިރު ދުވަހު މޫދަށް އެރިގެން އުޅެނިކޮށް، ގެއްލުނު އޭނާގެ ދަރިފުޅު ފެންނާނެ ކަމަށް އުންމީދު ކުރެއެވެ. ދަރިފުޅު ފެނިއްޖެތޯ، ބެލުމަށް ކޮންމެ ދުވަހަކު ފުލުހަށް ފޯނު ކުރެއެވެ.

"އަދިވެސް އޭނާގެ މަސްގަނޑު ވެސް ލޮލުން ދެކިލަން ބޭނުން، އެންމެ ފަހު ވަގުތު ވެސް އެ މަސްގަނޑު ލޮލުން ދެކިލަން ބޭނުން، ޕޮލިހަށް ވެސް ރޭގަ ގުޅާފަ ބުނިން ކޮބާހޭ ހޯދަން މަސައްކަތް އެބަކުރޭހޭ، ބުނީމަ ބުނީ، އެމްއެންޑީއެފް ކޯސްގާޑާއި ގުޅިގެން މަސައްކަތް ކުރާ ކަމަށް، ބުނީމަ މަ ބުނިން، ފުރާނަ ނެތް މަސްގަނޑުވެސް އެންމެ ފަހަރަކު ދެކިލަން ބޭނުމޭ" ފަހުމީގެ މަންމަ ބުންޏެވެ.

ފަހުމީ އާއި މިޔާމީން ގެއްލުނު ސަރަހައްދު

ގެއްލިގެން ހޯދަމުންދާ ފަހުމީއާއި މަޔާމީން އެގެއަށް ވަރަށް ގިނައިން އަންނަ ކަމަށް ހަދީޖާ ބުންޏެވެ. އެ ދެ ކުދިން ފެނާނެ ކަމަށް އުންމީދުކުރާއިރު، އާއިލާ އާއި ގާތް ރަޙްމެތްތެރިންގެ ފަރާތުން އޭނާ އަށް ހިތްވަރު ލިބެއެވެ. މި ހިތްދަތި ދުވަސްތަށް އޭނާ ގުނަމުންދާއިރު، ފަހުމީގެ ފުރާނަ ނެތް މަސްގަނޑު ނަމަވެސް ފެންނާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

ރާއްޖެއަށް އޭއެފްސީ ކަޕްގެ ޖާގަ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ އެފްއޭއެމް!

24 ނޮވެމްބަރު 2018
'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް'

09 ޖޫން 2018
އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

އަނެއްކާވެސް އިދިކޮޅަށް އީދެއް، މިފަހަރު ރޯދައިގެ ކުރިން!

24 އެޕްރީލު 2018
އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

އަދީބަށް 36 އަހަރު: ސަރުކާރުގެ ވެރިންނަށް ކުރިން އެވަރެއް ނެތް، މިހާރު ހަނދާނެއް ނެތް

11 އެޕްރީލު 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު