Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޯލިޝަން

ފާޑު ކިޔަނީ، ފާޑު ކިޔަން ޖާގަ ދޭތީއެވެ.

ރައްޔިތުންގެ ފާޑުކިޔުން ބަލައިގަންނަންޖެހޭ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2018 | ހޯމަ 13:52
ރައީސް ސޯލިހާއި ނައިބު، ގުޅިފައިވާ 4 ލީޑަރުންނާއެކު

ރައީސް ސޯލިހާއި ނައިބު، ގުޅިފައިވާ 4 ލީޑަރުންނާއެކު

ކުރިން ސިޔާސީ ވާދަވެރިންގެ ގޮތުގައި ތިބި ބޭފުޅުން، ސިޔާސީ އެކުވެރިންގެ ގޮތުގައި ނުކުތީ، ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންވެއްޖެކަން ގަބޫލުކޮށްގެންނެވެ. ސެޕްޓެމްބަރު 23ގެ ރިއާސީ އިންތިޚާބާ ކުރިމަތިލީ ވެސް އެގޮތުގައި ތިބެއެވެ. އޭރުގެ ކޯލިޝަންގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އިންތިޚާބު ކާމިޔާބު ކުރެވުނީ ސިޔާސީ ޕާޓީތަކުންނާއި އެ ޕާޓީތަކުގެ ލީޑަރުންގެ މިންނެތް މަސައްކަތުން ކަމާއިމެދު ދެބަހެއް ނުވަމެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރު ފެށުނީ ވަރަށް ގިނަ އުއްމީދު ތަކަކާއެކުއެވެ. ސިޔާސީ ލީޑަރުންނަށްވުރެ ބޮޑަށް ރައްޔިތުން ދެކެމުން އައި ފޮނި ހުވަފެން ތަކާއެކުއެވެ. ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކާއި އަސާސީ ހައްގުތައް ހަނިކުރުމާއި މިނިވަން މުއައްސަސާތަކުގެ ވާގިނައްތާލައި ނިޒާމު ފުނޑާލި ތަން ފެނުނު ވެރިކަން ރައްޔިތުން ބަދަލުކުރި މައިގަނޑު ސަބަބަކީ އެއީ އެވެ.

ރައްޔިތުން ފެންބޮވައިގެންފައި ތިބީ ހެޔޮ ވެރިކަމަކަށެވެ. ނަމަވެސް އެމަގުން ސަރުކާރު ނުހިނގާ ކަމަށް ރައްޔިތުންނަށް ފެންނަންޏާ ފާޑު ކިޔާނެއެވެ. ސަރުކާރުގެ ފުރަތަމަ ދުވަސް ފެށުނީ ކޮރަޕްޝަނާއި ޖަރީމާތަކާއި ނާއިންސާފުން އެއްކިބާވެފައިވާ ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމްކުރުމަށް ކަމަށްވާތީއެވެ. އެހެންކަމުން ސަރުކާރު އޮތީ "ހަނީ މޫނު" ގެ ދުވަސްވަރުގައިތޯ ބަލާކަށް ރައްޔިތުންނަކަށް ނުޖެހޭނެއެވެ.

ސަރުކާރަށް އަމާޒްވާ ފާޑުކިޔުންތަކާއި ގުޅިގެން ބައެއް ސިޔާސީ ލީޑަރުންވެސް އަދި ސަރުކާރުގެ އިސް ފަރާތްތަކުންވެސް ހިތްހަމަ ނުޖެހުންފާޅު ކުރެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. އެކަމަކީ އެ ބޭފުޅުންނަށް ލިބިފައިވާ ހައްޤެކެވެ. ނަމަވެސް ރައްޔިތުންނާއި ނޫސްވެރިންނަށް ފާޑު ކިޔުމުގެ ޖާގަ ސަރުކާރުންދޭ ނަމަ އެކަންކަމަށް ފާޑު ކިޔާނެއެވެ. ވަޒީރުންގެ މަޖިލީހުން ފެށިގެން އެނޫން ކަންކަމުގައިވެސް ފާޑު ކިޔުމަށް އެވަނީ ޖާގަ ދީފައެވެ.

ޖުޑިޝަރީ އިސްލާހު ކުރުން

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދީފައިވަނީ ޝަރުޢީ ނިޒާމް އިސްލާހު ކުރުމެވެ. ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ރާއްޖޭގައި އަދުލް އިންސާފު ގާއިމްކުރެވިގެންދާ ތަން ފެނުން ކަމަށް ހުދު ރައީސް ސޯލިހުވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ފުރަތަމަ އެޅީވެސް ފާޑު ކިޔޭފަދަ ފިޔަވަޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ކަނޑައެޅުން ވެގެންދިއީ އެފަދަ ކަމަށެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަން ކުރުމުން ފާޑު ކިޔުން އަމާޒްވިއެވެ. ފާޑު ކިޔުން އަމާޒުވީ ފާރިސް ނަޒާހަތްތެރިކަމާއިމެދަކު ނޫނެވެ. ނުވަތަ ޤާބިލުކަމާމެދު ސުވާލު އުފައްދާފައެއް ނޫނެވެ. ޖޭއެސްސީއަކީ ކޯޓުތަކާއި ފަނޑިޔާރުންނަށް ފާރަވެރިވެ، ފިޔަވަޅުއަޅާ ގުނަވަނަކަށްވާއިރު ފާރިސްގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ކުރެއެވެ. އެ މައްސަލަތައް ދަށު ކޯޓުގައި އަދި ނުނިމެ އެވެ. ފާޑު ކިޔުން އަމާޒްވަނީ ފާރިސް ހުންނެވީ ފަނޑިޔާރުންނަށް ނުފޫޒް ފޯރުވިދާނެ މަޤާމެއްގައި ކަމަށްވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު، ގަލޮޅު ދަނޑުގައި، ގައުމާ މުހާތަބުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި ނުފޫޒެއް ނެތި ފަނޑިޔާރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ބިނާ ކުރުމުގެ ވާހަކަ ހިމެނެއެވެ. ނޫފޫޒްގެ ވާހަކަ ދައްކަވާއިރު ވިޔަފާރިވެރިންގެ އަތް ދަށުން ޖުޑިޝަރީ ސަލާމަތް ކުރަންޖެހޭ ވާހަކަ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ނަޒަރުން ބަލާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ޤާސިމް އިބްރާހިމް އިންނެވުމަކީވެސް ފާޑު ކިޔަންޖާގަ ލިބިދޭ ކަމެކެވެ. ނަމަވެސް ޤާސިމް ޖޭއެސްސީގައި އިންނަވަނީ މަޖްލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. އެއީ އަދުލް އިންސާފާ ގުޅޭ ގާނޫނީ އޮނިގަނޑުގެ މައްސަލައެކެވެ.

ކޮމިޝަންތަކަށް ފާޑުކިޔުން

ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮމިޝަންތަކެއް އުފެއްދެވިއެވެ. ނަމަވެސް އެކޮމިޝަންތަކަށްވެސް ރައްޔިތުންގެ ފާޑުކިޔުން އަމާޒްވިއެވެ. އެއީ އެގޮތަށް ޖާގަ ދެއްވުމުން ކަމަށް ފެނެއެވެ. އެގޮތުން ކޮމިޝަންތަކަށް އައްޔަން ކުރެއްވި ބޭފުޅުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދުނެވެ. "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް އުފެއްދެވި އެ ކޮމިޝަންގެ މެމްބަރުންނަށް ރައްޔިތުންގެ ނުރުހުން ލިބި ފާޑުކިޔުން އަމާޒުވީ އިންތިހާއަށެވެ.

އެގޮތުން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ސަރީރާ އަށް ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން ވީ އިހުމާލުތައް ބަލައި ޒިންމާކުރުވަން ފަހަތު ފަޔަށް ބުރަވި ކަމުގެ ޝަކުވާ ރައްޔިތުން ކުރިއެވެ. އާއިލާ އިން ހުށަހެޅި މައްސަލަ ބަލައި އެކަށީގެންވާ ފިޔަވަޅު ނޭޅި ކަމުގެ ކަންބޮޑުވުންފާޅުކުރިއެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ހިންގި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، އެފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން އުފެއްދެވި ކޮމިޝަންގެ މެމްބަރަކަށް ގާނޫނީ ވަކީލް އައިޝަތު ހަނާ ވަހީދު ހަމަ ޖެއްސުން ވެގެންދިޔައީވެސް ފާޑުކިޔުން އަމާޒްވި ކަމަށެވެ. ނަމަވެސް ހަނާ ފަހުން ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވަވާފައެވެ. ކޮމިޝަންގެ އެހެން ބައެއް މެމްބަރުންނަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

ވަޒީރުންގެ މަޖްލިސް

ދެން ދައްކަން އޮތީ ވަޒީރުންގެ މަޖްލީސް އެކުލަވާލި ގޮތުގެ ވާހަކައެވެ. އެކަމުގައިވެސް ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދިފައިވާ ފަރާތްތައް ހިމެނެއެވެ. ކޭކު ފޮތި ބަހާނެ ގޮތުގެ މައްސަލަބޮޑު ބަހާލި އިރު، ޒާތީ މަސްލަހަތު ހިމެނޭ ގޮތަށް ބަހާލުން ވެގެންދިޔައީ އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒްވި ކަމަކަށެވެ. ސިޔާސީ ހަތަރު ލީޑަރުންނަށް ބައިއެޅޭ ގޮތަށް އެކުލަވާލާފައިވާ ސަރުކާރުގެ ކެބިނެޓަކީ ގިނަ ބައެއްގެ ނަޒަރު ހުއްޓުނު ކެބިނެޓެކެވެ. ކެބިނެޓު މިނިސްޓަރުންގެ އަދަދާއި، ކެބިނެޓަށް އަންނަ ބޭފުޅުންގެ މައުލޫމާތު ހޯދަން މާކުރިންވެސް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު ވަޒީރުންނާއި އެކު ގިނަ ބައެއްގެ ފާޑުކިއުން މިވަނީ ކެބިނެޓަށާއި ރައީސް ސޯލިހަށް އަމާޒުވެފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރު މި ފެށުނީ އުއްމީދުތަކަކާ އެކުގަ އެވެ. މާޔޫސްކަމުގައި ތިބި މީހުން ވެސް އާ ސަރުކާރަށް އިތުބާރުކުރާ އެއް ކަމެއް އެބަ އޮތެވެ؛ ބަސް ބުނެ، އަޑުއިއްވުމުގެ ޖާގަ ތަނަވަސްވެއްޖެ އެވެ؛ އަދި އެކަން އެ ގޮތުގައި ދެމިއޮންނާނެ އެވެ. އެކަމަކު އެ މީހުން ބުނާގޮތުގައި އެ ޖާގަ އޮތުމަކުން އަދި ނުފުދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކްސިޑެންޓުތައް ގިނަވެ، މަރުތައް އިތުރުވުން: ފާޑުކިޔުން ސަރުކާރަށް!

އެކްސިޑެންޓުތައް ގިނަވެ، މަރުތައް އިތުރުވުން: ފާޑުކިޔުން ސަރުކާރަށް!

10 ޖޫން 2018
އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

30 މެއި 2018
ސަރުކާރު ހިންގަނީ ގޭންގް އުޞޫލުންނޭ މީހުން ކިޔަނީ ކިޔަންވެގެން!

ސަރުކާރު ހިންގަނީ ގޭންގް އުޞޫލުންނޭ މީހުން ކިޔަނީ ކިޔަންވެގެން!

30 މެއި 2018
ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

ރައީސް ޔާމީނެވެ. ތިއަށް ކިޔަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމެވެ.

02 މެއި 2018
އެކަކަށް ތަބާވާންޖެހޭ ނިޒާމަށް ކިޔަނީ ޑިކްޓޭޓާޝިޕް!

އެކަކަށް ތަބާވާންޖެހޭ ނިޒާމަށް ކިޔަނީ ޑިކްޓޭޓާޝިޕް!

24 އެޕްރީލު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު