Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މައުމޫންގެ އާއިލާ

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

ދެބޭފުޅުންގެ ސިޔާސީ ޚިޔާލު ތަފާތުވުން މީޑިއާއާ ހަމަޔަށް ވަނީ ތިލަވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 10 އެޕްރީލު 2018 | އަންގާރަ 17:34
ރައީސް މައުމޫންގެ ދެ އަންހެން ދަރިކަނބަލުން

ރައީސް މައުމޫންގެ ދެ އަންހެން ދަރިކަނބަލުން

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހައްޔަރުކޮށްގެން ފުލުހުން ގެންދިޔަ ފަހުން ވެސް، އަދި އޭގެ ކުރިން ވެސް، އެމަނިކުފާނުގެ އިސްލާހީ ހަރަކާތްތަކުގައި އެންމެ އަރިސްކޮށް ފެންނަމުންދިޔައީ ދަރިކަލުން އަހްމަދު ފާރިސް އާއި ދަރިކަނބަލުން ޔުމްނާ މައުމޫނެވެ.

ރައީސް މައުމޫންގެ ބުރަ މަސައްކަތްޕުޅުން ގެންނެވި ރައީސް ޔާމީންގެ ސަރުކާރު އަނިޔާވެރިކަމާއި ކޮރަޕްޝަންގެ ހާއްޔަކަށް ވުމުން އެކަމާއި ދެކޮޅަށް ތެދުވެވަޑައިގަތުމާ އެކު، ބައްޕާފުޅާ އެކު ދަރިކަނބަލުން ދުންޔާ ވެސް ވަޒީރުކަމުން އިސްތިއުފާ ދެއްވާފައި ބައްޕާފުޅާ އެކު ހުންނެވި ކަމަށް ވިދާޅުވެ ނިކުންނެވިއެވެ. އެހެން ނަމަވެސް މާގިނަ ދުވަހަކު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. ކުރިން ހުންނެވި މަޤާމަށް ވުރެ ދަށް މަޤާމަކަށް ނަމަވެސް އަނބުރާ ސަރުކާރަށް ވަޑައިގަތެވެ. ބައްޕާ ފުޅާއެކުގައި ހުންނެވި ކަމަށް ވިދާޅުވެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ކުރުދޮށިން ދެއްވާފައި މާގިނަ ދުވަހެއް ނުވެ އަލުން އެއަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވީ ކޮން ސަބަބަކާ ހުރެކަން ނުވަތަ ކޮން މަޖުބޫރީ ހާލަތެއް މެދުވެރިވެގެންކަން އެނގިވަޑައިގަންނަވާނީ ހަމަ އެކަމަނާއަށެވެ.

އެވަޑައިގެންނެވި ސަބަބަކާ މެދު އެކި މީހުން އެކި ފާޑުގެ ވާހަކަ ދައްކައެވެ. ހަޤީޤަތަކީ ކޮބައިކަން ނޭނގުނު ނަމަވެސް، އެނގޭ އެއްޗަކީ އެކަމަނާ އެނބުރި ވަޑައިގަތީ އެކަމަނާގެ ބައްޕާފުޅަށް އޭރު ވެސް ދުއްތުރާ ކުރަމުންދިޔަ، އެކަމަނާގެ ބޮޑުބޭބެގެ ސަރުކާރަށް ކަމެވެ.

މި ފަހަރު ވެސް އެކަމަނާ އިސްތިއުފާ ދެއްވީ ބައްޕާފުޅާއި، ކޮއްކޯފުޅާއި، އެއްމާބަނޑު ބޭފުޅާ ޔުމްނާގެ ފިރިކަލުން ހައްޔަރުކުރިތާ އެތައް ދުވަހެއް ފަހުންނެވެ. ސަރުކާރުގެ އަނިޔާވެރިކަން އެކަމަނާއަށް ވިސްނިވަޑައިގަންނަވަން އެހާ ގިނަ ދުވަސް ނެންގެވުމުން އެކަމަނާގެ ސިޔާސީ ޤާބިލްކަމާ މެދު ސުވާލު އުފެދެއެވެ.

އަޑުތައް އިވޭ ގޮތުގައި މިހާރު ވެސް ދުންޔާ އަށް ވުރެ ޔުމްނާގެ މަޤްބޫލުކަން މީހުންގެ މެދުގައި ބޮޑުވުމަކީ ދުންޔާ އެހާ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫނެވެ. ޓީވީތަކަށް އަރާވަޑައިގެންނާއި، އެކި މީޑިއާތައް މެދުވެރިކޮށް އެކި އިންޓަރވިއު ދެއްވައިގެން ދުންޔާ އެކުރައްވާ މަސައްކަތުން ނިކުންނަ ނަތީޖާއެއް ނެތެވެ. އޭގެ ބަދަލުގައި އެފަދަ އިންޓަވިއުތަކުގައި ދައްކަވާ ވާހަކަތައް ދެކޮޅު ނުޖެހޭތީ އާއި އަދިވެސް "ދެ ފަޅިއަށް ފައި ލައްވައިގެން" ހުންނެވި ފަދަ ގޮތަކަށް ވާހަކަ ދައްކަވާތީ ފާޑުކިޔުންތައް ދަނީ ހައްތަހާ އިތުރުވަމުންނެވެ. ރައްޔިތުންގެ ލޯބި ހޯއްދެވީ ޔުމްނާއެވެ. އެހެންނަމަވެސް ޔުމްނާ ރައްޔިތުންގެ ލޯބި ހޯއްދެވީ ރައްޔިތުންގެ ލޯބި ހޯއްދެވުން އަޒުމަކަށް ކަނޑައަޅުއްވައިގެން މަސައްކަތް ކުރައްވައިގެންނެއް ނޫނެވެ. އެކަމަނާގެ އިޚުލާސްތެރިކަން ދައްކަވައިގެންނެވެ.

ރައީސް މައުމޫނާއި، ފާރިސް އާއި ނަދީމް، އަދި ހައްޔަރުކޮށްފައިވާ އެހެން ބޭބޭފުޅުންގެ ހައްޤުގައި ޔުމްނާ ކުރައްވާ މަސައްކަތްޕުޅުން އިޚްލާސްތެރިކަން ފެންނަން ހުރެއެވެ. އެކަމަނާ އަބަދުހެން އެއުޅުއްވަނީ އެމަސައްކަތްޕުޅުގައެވެ. ކުރައްވާ ޓްވީޓްތަކުން އެކަމަނާގެ އިޚްލާސްތެރިކަން ފާހަގަކުރެވެއެވެ. އެއީ ހިތުގެ އިޚްލާސްތެރިކަމާ އެކު ކުރައްވާ ޓްވީޓްތައްކަން ފާހަގަވެއެވެ. އެއާ ޚިލާފަށް ދުންޔާ ކުރައްވާ ޓްވީޓްތަކުގައި އެކަމަނާގެ އިޚްލާސްތެރިކަން ފާހަގަނުވާއިރު، ހީވަނީ އަދިވެސް ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެން ޓްވީޓްކުރައްވާހެންނެވެ. 'ޕީސް ނޮޓް ވޯ' އޭ ވިދާޅުވެ، ވިދާޅުވާން އުޅުއްވާ އެއްޗެއް ދޭހަނުވާ ފަދަ ޓްވީޓްތައް ދުންޔާ ކުރައްވާއިރު، ޔުމްނާ ޓްވީޓްކުރައްވަނީ ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލާ ވާހަކަޔާއި، އެކަމަނާގެ ޝުޢޫރުތަކެވެ.

މިދަނޑިވަޅަކީ ސިޔާސީ ގޮތުން ހައްސާސީ ދަނޑިވަޅެކެވެ. ޔުމްނާ މައުމޫން, އެކަމަނާގެ ކޮއްކޯފުޅާއި ބައްޕާފުޅުގެ ސިޔާސީ މެސެޖް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންދާއިރު، ދުންޔާ މައުމޫން ފެނިވަޑައިގަންނަވަނީ އެދެބޭފުޅުންގެ ސިޔާސީ މެސެޖާއި ފުށުއަރާ ވާހަކަތަކެއް ދައްކަވާތަނެވެ. އެބޭފުޅުން ޖަލުގައި މިއަދު އެތިއްބަވަނީ އެބޭފުޅުން ދެއްކެވި ވާހަކަފުޅުތަކާއި އެވާހަކަފުޅުތަކާ އެއްގޮތަށް ކުރެއްވި ސިޔާސީ މަސައްކަތްޕުޅުތަކެއްގެ ނަތީޖާއެއްގެ ގޮތުން ނުހައްޤު ގޮތުގައި ކަމަށްވާއިރު، އެބޭފުޅުން މިނިވަންކުރަން ގޮވާލާ މީހަކު އެބޭފުޅުން ދައްކަވާ ވާހަކަޔާ ފުށުއަރާ ވާހަކަތަކެއް ދެއްކުމުން ކަމަކު ނުދެއެވެ. އެކަމުގައި ދުންޔާއަށް ދަންނަވަން ޖެހޭނީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވި ފަދައިން ކޮންމެވެސް އެއްކޮޅެއް ނަންގަވާށެވެ.

ދެން އޮތީ 66 ދުވަހުގެ ވާހަކައެވެ. ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރެވުނުތާ 66 ދުވަސްވާތީ ޔުމްނާ އެކަމާ ހިތާމަކުރައްވާ ޓްވީޓްކުރެއްވިއިރު، ދުންޔާ ގެންދަވަނީ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތައް ތައްޔާރުވެވަޑައިގަންނަވަމުންނެވެ. ވޯލްޑްކަޕަށް 66 ދުވަހަށް ވުމުން އެވާހަކަ ދުންޔާ ޓްވީޓްކުރެއްވުމުން އެއަށް މީހުން ދީފައި ހުރި ރައްދު އެހެރީ ޓްވިޓަރގައި ފެންނާށެވެ. ބައްޕާފުޅު ޖަލުގައި ހުންނަވަނިކޮށް ވެސް ދުންޔާ އަދިވެސް ނުބެއްލެވިގެން އުޅުއްވަނީ ވޯލްޑްކަޕްތޯ މީހުން ސުވާލު ނުކުރާ ވަރެއް ނޫނެވެ.

ޔުމްނާ މައުމޫން ފަދަ މަޤްބޫލު ބޭފުޅަކަށް ވުމަށް ދުންޔާ މައުމޫން އިޚްލާސްތެރިކަން ދައްކަވަން އެބަޖެހެއެވެ. ބޭރު ފުށަށް މަންޒަރު ރީތިކޮށް، ބަލާޣާތްތެރި އިބާރާތްތައް ޓްވީޓް ނުކުރަައްވައި، އިޚްލާސްތެރިކަމާ އެކު ޓްވީޓް ވެސް ކުރައްވައި، ބައްޕާފުޅު އެކުރައްވާ މަސައްކަތްޕުޅުގައި ބައިވެރިވެވަޑައިގަންނަވަން އެބަޖެހެއެވެ. ދުންޔާއަށް ޔާމީނު ކުރައްވާ ކަމެއް ކަމަކު ނުދިޔައެވެ. މައުމޫން ކުރައްވާ ކަމެއް ކަމަކު ނުދިޔައެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުން އެކުރައްވަނީ މި ދެބޭފުޅުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު ކުރައްވާ މަސައްކަތްޕުޅެވެ. ދުންޔާއަށް ހެޔޮ ހަމަ އެއްގޮތް ވެސް ނެތީތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

ޑަޗަސް މޭގަން: ޝާހީ އާއިލާއެއްގެ ބޭފުޅަކާ ކައިވެނި ބެއްލެވި ފުރަތަމަ ހޮލީވުޑްގެ ތަރިއެއް ނޫން!

28 މެއި 2018
ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

09 މެއި 2018
އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

އެމްޕީއެލްއިން ކަނޑާލީ އެތައް އަހަރެއްގެ ތަޖުރިބާހުރި ތަޢުލީމީ މީހުން، ބިކަ ކޮށްލީ އެތައް އާއިލާއެއް!

28 މާރިޗު 2018
ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

ނާހިދުގެ މަރުގެ ހަގީގަތާއި އާއިލާގެ އެދުން

11 ޑިސެމްބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު