Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެމްޑީޕީ ޕްރައިމަރީ ހުއްޓުވަން އުޅުން: ބޮޑު މަޖާގަނޑެއް

ކޮންކްރީޓް މެޝިނާ ކަޅު ހަންހަމަށްވެސް ވޯޓު އަޅާފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 30 މެއި 2018 | ބުދަ 22:04
ވޯޓުފޮއްޓެއްގެ ގޮތުގައި ކަޅުހަމެއް

ވޯޓުފޮއްޓެއްގެ ގޮތުގައި ކަޅުހަމެއް

އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާ ވާހަކަ އިވުނީންސުރެ ސަރުކާރު ހުން އަތުވެއްޖެއެވެ. ވޯޓުލާ ދުވަސް ކައިރިވީވީހެން މުޅި ގައިގައި ރަޖާލައި ދަށަށް އަލިފާން ލިއަސް ހުންގަނޑު ދިޔައީ ލުއިވުމުގެ ބަދަލުގައި ގަދަވަމުންނެވެ. ހުންގަދަވެ ވާނުވާ ނޭނގި މޮޔަގޮވާން ފެށީކީ ތިޔަހެނެއް ނޫނެވެ.

ފުލުހުން ނުކުމެ، އެމްޑީޕީގެ ވޯޓް ފޮށިތައް ގެންދިއުމުން، ރަށެއްގައި ސިމެންތި ހަދާފައިވާ ވަޅުބުރިއަކަށް ވޯޓް އަޅަނީ

ވޯޓުލާ ދުވަސް ޖެހުނުއިރު ކެތެއް ނުކުރެވުނެވެ. ވޯޓުލާން ފެށީމާ ބަލާކަށް ނުތިބެވުނެވެ. ބައިބަޔަށް ފުލުހުން ފޮނުވާން ފެށިއެވެ. ރޯދައަށް ތިއްބަސް، މަތިން ކުރި އޯޑަރާއެކު ފުލުހުންނަށް އެނޫން ގޮތެއް ނެތުނެވެ. ހަރުގެތަކަށްވެސް ވަނީއެވެ. މީހުންގެ ގޭގެއަށްވެސް ވަނީއެވެ. ޖަހައިގަނެވުނު ގޮތަކަށް ވޯޓުފޮށިތައް ޖަހައިގަތެވެ. ބައެއް ފުލުހުން ހިސާބަކަށް ރައްޔިތުންނަށް ޒުވާބު ދިނަސް މީހަކު ކިޔާހާ އެއްޗަކަށް އަޅާވެސް ނުލައެވެ. ބޮސް ބުނީތީ ޔެސް ސަރ އޭ ބުނެ ވޯޓުލުން ހުއްޓުވަން ފެށި އެވެ.

އުކުޅަހުގެ ވޯޓް ފޮއްޓަކަށް ހުރީ ކަންނެލި ފޮއްޓެއް

އެކަމަކު ކަންވީކީ އެހެނެއް ނޫނެވެ. ދެނެކާ ދެނެއް ނެތެވެ. ވޯޓުލުމުގެ ފޯރި ގަދަވިއެވެ. އިތުރަށް ވައިގައި ހިފިއެވެ. ދެން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ވޯޓުލާކަށް ވަކި އެއްޗެއް ނެތެވެ. ރަސްމީ ވޯޓުފޮށި ގެންދިޔުމުން ވޯޓު ފޮއްޓަށް ބެހެއްޓީ ހީވެސް ނުކުރާކަހަލަ އާލާތްތަކެވެ. ސިމެންތި ގަށާ މެޝިނާއި ކަޅުހަމެވެ. ފެން ހިންދާން ހަދާފައި ހުންނަ ވަޅުބުރިބުރިއެވެ. ދޮންނަ މެޝިނާއި، ކަންނެލި ފޮއްޓާއި ފީފާ އާއި ފުޅިފުޅިއަށްވެސް ވޯޓުއަޅަން ފެށިއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ވޯޓުފޮށީގެ ގޮތުގައި ތަފާތު ތަކެތި ބެހެއްޓުމުގެ ރެކޯޑެއް ގާއިމުކުރި އެވެ. އެމްޑީޕީގެ ގުއި ރޯނުގައި ފިސާރި ރަނގަޅަށް ސަރުކާރު ޖެހުނެވެ.

ލ. ގަމުގެ ވޯޓް ފޮށި

ފުލުހުންވެސް ސަހަލެއް ނޫނެވެ. ކަރުދާސް ފޮށިގަނޑެއް ހުއްޓަސް އެވެސް ވީދާލާފައި ވޯޓުފޮށިކަމަށް ގެންދިޔައީއެވެ. އެއިން ކަރުދާސްކޮޅެއް މީހެއްގެ އަތުގައި އޮތަ ނުދީ އެވެސް ޖަހައިގަނެގެންނެވެ. ގެންދެވުނު ތަކެތި ބަލާލިއިރު ކުނިފޮށިގަނޑު ގަނޑާއި ހުސްކަރުދާހާއި ދާފޮހުނު ޓިޝޫތައްވެސް ގެންދެވިފަ އެވެ. އަދި ރައީސް ޔާމީނަށް ނިސްބަތްކޮށް އެކި އިބާރާތްތައް ލިޔެފައިވާ ކަރުދާސް އަޅާފައިވާ ފޮށިތައް ވެސް ގެންދިޔަ ކަމަށެވެ އެވެ.

ޕްރައިމަރީގެ ވޯޓްލުން ކުރިއަށް ދަނީ

ވޯޓުލުމުގެ ފޯރީގައިތިބި އެމްޑީޕީ މީހުންވެސް ދުލެއް ދޭކަށް ބޭނުމެއް ނުވިއެވެ. އާނދޮގޭއޭ ހުއްޓުވިއަކަ ނުދޭނަމޭ ތިމަންމެން ވޯޓުލާނަމޭ ބުނެ ވޯޓުފޮށިތައް ހިފައިގެން ދޮރުންދޮރަށްވެސް ހިނގަން ފެށީއެވެ. ސައިކަލާއި އަތްގާޑިޔަލާ، ރަށުޕިކަޕް ތަކުގައިވެސް ގޮސް ވޯޓުލާން ހުރި މީހާއާ ހަމައަށް ވޯޓުފޮށި އުފުލަން ފެށިއެވެ. ފީފާބުރިބުރިއާ ހަރުގަނޑުގަނޑަށް އަރައިގެން ވޯޓުލާން ފެށީއެވެ.

ވޯޓް ލުމަށް ވޯޓް ފޮއްޓާއެކު ގޭގެއަށް ދަނީ

ފެންނަ ފެނުމަށް ވެގެން ދިޔައީ ބޮޑު ކުޅިމަޖާ ގަނޑަކަށެވެ. ގުންފައި ޖަހާފައި ހަރުގެ ތަކަށާއި މީހުންގެ ގޯތި ގެދޮރަށްވަދެ ފުލުހުން ފޮށިތައް ގެންދިޔުން ބޮޑު ސަކަރާތަކަށްވިއެވެ. އެވަރުންވެސް ވޯޓުލުން ނުހުއްޓި ކުރިއަށް ދިޔައިމާވެސް މީހުން އަތްޖަހާ މަޖާ ނަގަން ފެށިއެވެ. އެއްބަޔަކު ބުނީ މިއީ ރޯދަކުރުކޮށްލަން ހިންގި ކުޅިވަރެއްކަމަށެވެ. އަނެއް ބަޔަކު ބުނަނީ ހައްޤުން ކަމަކާ ނުލައި ސަރުކާރުން އެވަނީ ބޮޑު ގުއިރޯނެއްގައި ޖެހިފައި ކަމަށެވެ. ވޯޓުފޮށިތައް ޖަހައިގަންނަން ފޮނުވި ޕޮލިސް ކުދިންވެސް ބުނާކަހަލައެވެ. ލަދުން ބޯހަލާކެވެ.

ދަގަނޑު ޓޭންކަކަށް ވޯޓް އަޅަނީ

ގަދަ ކަނޑުގައި ދުއްވާފައި ލޯންޗްތަކުގައި ރަށްރަށަށް ފޮނުވި ފުލުހުންވެސް ގަތީކީ އަމަށަކު ލަދެއް ނޫނެވެ. ލޯންޗް އަޅާފައި ދާންވާއިރަށް ފޮށީގައި ހުންނަނީ މުޅިން އެހެން ކަރުދާހެކެވެ. ބައެއް ކަރުދާސްތަކުގައި "ކަދުރު ފާތުމަޔާ" ، ރައީސް ޔާމީނަށް އެގޮވާ ފަތިވަރު ލިޔެފައި ހުރީތީ ސަރއާ ހަމައަށް އެ އެއްޗެހި ގެންދާކަށް ނުކެރުނެވެ.

ވޯޓް ފޮށި ހިފައިގެން ދަނީ

ކޮންމެއަކަސް އަނެއްކާވެސް ސަރުކާރުން އިދިކޮޅު އެމްޑީޕީގެ ގުއި ރޯނެއްގައި ބޮޑުތަނުން ޖެހުނީއެވެ. ކަމަކުން ކަމަކާ ނުލައެވެ. ދަލުބޭރުން ޖެހިގެންނެވެ. ނަޝީދުގެ ފޯމް ހުށަހެޅީމާ ބާތިލް ކުރެވެން އޮތްއިރު މާ އަވަސްއަރައިގެނެގެންނެވެ. އެމްޑީޕީން އެވަނީ ބޭއްވުނު ގޮތަކުން ޕްރައިމަރީ ބާއްވާފައެވެ. ހޯދަން ބޭނުންވާ ފޮޓޯއާ ވީޑިއޯ އަތުލާފައެވެ. މިފަހަރުވެސް ބޮޑުތަނުން ފަޟީހަތްވެ ސަރުކާރަށް ލިބުނީ ބޮޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

ލާދީނީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލަފް ހޫނުފެނަށް!

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު