Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސެމްސަންގް

ކެންސަރު ޖެހުނު މުވައްޒަފުންގެ ކިބައިން ސެމްސަންގުން މާފަށް އެދެފި

ޒިންމާ ސެމްސަންގް އިން ވަނީ ނަގާފައި

އަލީ ސަމާޚް
އަލީ ސަމާޚް | 25 ނޮވެމްބަރު 2018 | އާދީއްތަ 03:34
ސެމްސަންގްގެ ކޯ ޕްރެޒިޑެންޓް ކިމް ކީ ނަމް

ސެމްސަންގްގެ ކޯ ޕްރެޒިޑެންޓް ކިމް ކީ ނަމް

ދުނިޔޭގެ އެންމެ ބޮޑު އިލެކްޓްރޯނިކްސް އުފައްދާ ސެމްސަންގް ކުންފުނީގެ ސެމީ ކޮންޑަކްޓަރ ފެކްޓްރީގައި މަސައްކަތް ކުރުމުގެ ސަބަބުން ކެންސަރު ޖެހުނު މީހުންގެ ފަރާތުން އެ ކުންފުނިން މާފަށް އެދިއްޖެ އެވެ.

ހުކުރުދުވަހު އެ ކުންފުނީގެ ކޯ ޕްރެޒިޑެންޓް ކިމް ކީ ނަމް ވިދާޅުވީ ސެމްސަންގްގެ ފެކްޓްރީތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން ކެންސަރު ޖެހުނު މީހުންނާއި މަރުވެފައިވާ މީހުންގެ އާއިލާތަގެ ފަރާތުން މާފަށް އެދިފައެވެ. ކިމް އިތުރަށް ވިދާޅުވީ އެ ގޮތަށް ދިމާވަން މެދުވެރިވި ސަބަބަކީ ސެމީ ކޮންޑަކްޓަރުގެ އިތުރުން އެލްސީޑި ފެކްޓްރީގައި ސިއްހީ ގޮތުން ނުރައްކާތެރިކަން އެކަށީގެންވާ ވަރަށް ބެލިފައި ނުވާތީ ކަމަށާއި އެކަމުގެ ޒިންމާ ސެމްސަންގްއިން ނަގާ ކަމަށެވެ. ކިމް ވަނީ މީގެ ކުރިން ވެސް ފެކްޓްރީގެ މުވައްޒަފަކަށް ކެންސަރު ޖެހުމުން މާފަށް އެދިފައިއެވެ. ކިމް މިހެން ވިދާޅުވެފައި ވަނީ މި މަހު އެ ކުންފުނީގެ އިސްވެރިންނާއި ކުންފުނީގެ އިހުމާލުން ބަލިޖެހިފައިވާ ކަމަށް ބުނާ މުވައްޒަފުންނާ މަޝްވަރާ ކުރުމަށްފަހު އެވެ. ކުންފުނީގެ ފެކްޓްރީ ތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން ބަލި ޖެހުނު މީހުންނަށް ބަދަލުގެ ގޮތުގައި 150 މިލިއަން ކޮރިއަން ވޮން ( 133000 ޑޮލަރު ) ދޭން ނިންމާފައިވާ ކަން ސެމްސަންގް އިން ވަނީ މި މަހު ކުރީކޮޅު ނިންމާފައިއެވެ.

ސެމްސަންގްގެ ފެކްޓްރީގައި މަސައްކަތް ކުރަމުން ދިޔަ އުމުރުން 22 އަހަރުގެ މުވައްޒަފަކު ވަނީ ކެންސަރު ޖެހިގެން 2007 ވަނަ އަހަރު މަރުވެފައިއެވެ.

ދެކުނު ކޮރެއާގެ ސެމްސަންގް ކުންފުންޏަކީ އެ ގައުމުގެ އިގްތިސާދުގެ އެންމެ ބޮޑު ރޯލެއް ކުޅެމުން އަންނަ ކުންފުންޏެކެވެ. ސެމްސަންގް ކުންފުނީގެ ފެކްޓްރީ ތަކުގައި މަސައްކަތް ކުރުމުގެ ސަބަބުން 320 މީހުންނަށް އެކިކަހަލަ ބަލިތައް ޖެހި 118 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނޭއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2018

ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި

19 ޖެނުއަރީ 2018
ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި
10 ސެޕްޓެމްބަރު 2017

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

10 ސެޕްޓެމްބަރު 2017
މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި
24 އޯގަސްޓު 2017

ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި

24 އޯގަސްޓު 2017
ނަވާޒް ޝަރީފްގެ އަނބިކަނބަލުންނަށް ކެންސަރުގެ އާލަސްކަންފުޅެއް ޖެހިވަޑައިގެންފި
07 ޖުލައި 2017

ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!

07 ޖުލައި 2017
ޖީ – 20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޓްރަމްޕް ހުންނަވާނެ ކޮޓަރިއެއް ހޮޓަލަކުން ހަމައެއް ނުޖެހުނު!
08 ޖޫން 2017

މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު

08 ޖޫން 2017
މިހާބޮޑު ދެކޮޅުވެރި ކަމެއް ދުޝްމަނުންގެ ކިބައިންވެސް ނުދެކެން: ގަތަރުގެ ޚާރިޖީ ވަޒީރު
30 އެޕްރީލު 2017

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

30 އެޕްރީލު 2017
އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި
31 މާރިޗު 2017

ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި

31 މާރިޗު 2017
ސްކޮޓްލެންޑްގެ މިނިވަންކަމުގެ ވޯޓު ނެގުމުގެ ހުއްދައަށް އިނގިރޭސި ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދެފި
22 މާރިޗު 2017

މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި

22 މާރިޗު 2017
މެޑިޓެރޭނިއަން ކަނޑު ހުރަސްކުރަން އުޅުމުގެ ތެރޭގައި ހާލުގައި ޖެހުނު 6000 މީހުން ސަލާމަތްކޮށްފި
23 ފެބުރުއަރީ 2017

އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު

23 ފެބުރުއަރީ 2017
އިޒްރޭލަކީ "ކެންސަރު ޖެހިފައިވާ ޓިއުމަރެއް": އިރާނުގެ ރޫހާނީ ލީޑަރު
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު