Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހެންޖާ މުސްލިމް

މިޔަންމާ ސިފައިންގެ ކިބައިން ސަލާމަތްވުމަށް 80 އަހަރުގެ އަންހެނަކު ފައި މަގުގައި 50 މޭލަށް ހިނގައިފި

މިޔަންމާ ސިފައިން ދަނީ ރޮހެންޖާ މުސްލިމުން މަރަމުން

| 10 ސެޕްޓެމްބަރު 2017 | އާދީއްތަ 21:33
ފައި މަގުގައި ބޯޑަރު ހުރަސްކުރި 80 އަހަރުގެ އަންހެން މީހާ

ފައި މަގުގައި ބޯޑަރު ހުރަސްކުރި 80 އަހަރުގެ އަންހެން މީހާ

މިއީ އާދަޔާ ހިލާފު އަންހެނެކެވެ. ދުނިޔޭގެ އެންމެ ބަދުނަސީބު މީހުންނަށް ވެފައިވާ ރޮހެންޖާ މުސްލިމުންނަށް، މިޔަންމާގެ ސިފައިން ދެމުންދާ ލާއިންސާނީ އަނިޔާއިން ސަލާމަތްވުމަށް ކޮންމެ ދުވަހަކު ވެސް އެތައް ހާސް ރޮހިންޖާ މުސްލިމުންނެއް މިޔަންމާ ދޫކޮށް ނުކުމެގެންދެ އެވެ.

އުއްމީދެއް ނެތެވެ. ފުރާނަ އަތްމައްޗަށް ލައިގެން ގިނަ މީހުން ދަތުރު ފަށަނީ އަވައްޓެރި ބަންގްލަދޭޝްއަށް އެތެރެވުމަށެވެ. ނަމަވެސް މަންޒިލާ ހަމައަށް ވާސިލްވެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. ބަނޑުހައި ހޫނުކަމުގައި ހުރެ، ގަދަ އަވީގެ ތެރޭގައި އެ ބައިމީހުންގެ މި ދަތުރު ކުރަން ޖެހެނީ ޗަކަ ބިންތަކާއި ކޯރުތަކާއި ފަރުބަދަތައް މަތިންނެވެ. އަނެއް ބަޔަކު ކަނޑުމަގުންނެވެ. މިއީ އެހާމަ ހިތްދަތި ދަތުރެކެވެ.

މި ދަތުރުގައި އެތައް ބަޔަކު މަރުވެގެންދެ އެވެ. މިޔަންމާ ސިފައިން އަޅާފައިވާ ލޭންޑް މައިންތަކަށް އެރިގެން ވެސް މަރުވާ މީހުން މަދެއް ނޫނެވެ. އޯގަސްޓް 25 އިން ފެށިގެން މިހާތަނަށް މި އަނިޔާވެރި ދަތުރަށް ނުކުތް މީހުންގެ ތެރެއިން މިހާތަނަށް 270،000 ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝްއަށް އެތެރެވެފަ އެވެ.

މި އަނިޔާވެރި ދަތުރުގައި އުމުރުން 80 އަހަރުގެ އަންހެނަކު ވަނީ ވަރަށް ހިތްވަރު ދައްކައިފަ އެވެ. ފުރާނަ ސަލާމަތްކުރުމަށްޓަކައި މިޔަންމާއިން ނުކުމެ މި އަންހެން މީހާ ވަނީ ފައި މަގުގައި ގާތްގަނޑަކަށް 50 މޭލަށް ވަނީ ހިނގައިފަ އެވެ.

ބަންގްލަދޭޝްގެ ބޯޑަރު ފަޅިން އެ އަންހެން މީހާ އަށް މަރުހަބާ ކިޔާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ މީހާ އަށް މަރުހަބާ ކިޔާ ޒުވާނާ ފުރަތަމަ ވެސް ދިއްކޮށްލަނީ ބަނަހެކެވެ. ދިގު ދަތުރަށް ފަހު ވެސް އޭނާގެ މޫނު މަތިން ވަރުބަލިކަމެއް ނުފެނެ އެވެ. މިއީ ހަގީގަތުގައި ވެސް ހިތްވަރުގަދަ އަންހެނެކެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
16 ފެބުރުއަރީ 2017

ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި

16 ފެބުރުއަރީ 2017
ރަހީން ސްޓޭޓްގައި މިޔަންމާ ސިފައިން ހިންގި އޮޕަރޭޝަން ނިންމާލައިފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު