Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮރެއަން ޕެނިންސިއުލާ

އުތުރުކޮރެއާ ހުއްޓުވައިދިނުމަށް އެމެރިކާގެ ކިބައިން ޕިލިޕީންސްގެ ރައީސް ޑުޓާޓެ އެދިވަޑައިގެންފި

ޑުޓާޓެ ސިފަކުރައްވާފައިވަނީ ކިމް ޖޮން އުން އަކީ ދުނިޔެ ނިމުމަކަށް ގެންދަން" ބޭނުންވާ  ބޭފުޅެއްކަމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 30 އެޕްރީލު 2017 | އާދީއްތަ 08:36
ޑުޓާޓެ ސިފަކުރައްވާފައި ވަނީ ކިމް ޖޮން އުންއަކީ "ދުނިޔެ ނިމުމަކަށް ގެންދަން" ބޭނުންވާ  ބޭފުޅެއްގެ ގޮތުގައި

ޑުޓާޓެ ސިފަކުރައްވާފައި ވަނީ ކިމް ޖޮން އުންއަކީ "ދުނިޔެ ނިމުމަކަށް ގެންދަން" ބޭނުންވާ ބޭފުޅެއްގެ ގޮތުގައި

އުތުރުކޮރެއާ ކޮންޓްރޯލް ކުރެވޭކަން ދައްކައިދިނުމަށް އެމެރިކާގެ ކިބައިން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ އެދިވަޑައިގެންފިއެވެ.

ޑުޓާޓެ ސިފަކުރައްވާފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަކީ "ދުނިޔެ ނިމުމަކަށް ގެންދަން" ބޭނުންވާ ބޭފުޅެއްގެ ގޮތުގައެވެ.

އުތުރުކޮރެއާއާ އެމެރިކާއާ ދެމެދު މި ވޭތުވެދިއަ ހަފްތާތަކުގައި މަސްރަހު ހޫނުވަމުން ދިޔައީ އުތުރުކޮރެއާއިން މިސައިލް ޓެސްޓްތައް ކުރިޔަށް ގެންދިއުމާ އެކު ނިއުކްލިއަރ ހަތިޔާރު ޕްރޮގްރާމް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އުތުރުކޮރެއާ އަށް ދެމުންދިޔަ އިންޒާރުތަކުގެ ސަބަބުންނެވެ.

އެމެރިކާގެ އޮފިޝަލުން ގެންދަވަނީ އުތުރުކޮރެއާއާ މެދު އެޅިދާނެ ހުރިހާ ފިޔަވަޅުތަކެއް ހުރީ މޭޒުމައްޗަށް ގެނެވިފައި ކަމަށާއި އޭގެ ތެރޭގައި އުތުރު ކޮރެއާގެ އަސްކަރީ ޕްރޮގްރާމް ހުއްޓުވާލުމަށް އަސްކަރީ ހަމަލާދިނުން ވެސް ހިމެނޭ ކަމަށްބުނެ އިންޒާރު ދެމުންނެވެ.

އެމެރިކާއިން ވަނީ އެ ގައުމުގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ކާލް ވިންސަން ވެސް ކޮރެއަން ޕެނިންސިއުލާއަށް ފޮނުވާފައެވެ.

އުތުރު ކޮރެއާއިން ވަނީ މަތިންދާ ބޯޓް އުފުލާ އެ މަނަވަރު ފައްތާލާނެ ކަމަށް އިންޒާރުދީ އެ ސަރަހައްދުގައި އެމެރިކާގެ ބައިވެރިން ކަމަށްވާ ޖަޕާނާ ދެކުނުކޮރެއާއަށް ނިއުކްލިއަރ ހަމަލާއެއް ދޭނެ ކަމަށް އިންޒާރު ދީފައެވެ.

ރައީސް ޑުޓާޓެ ވިދާޅުވީ އެމެރިކާ އާއި ދެކުނުކޮރެއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދު އޮތީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެއްގައި ކަމަށެވެ. އަދި ކައްޗަށް އެޅޭ އެންމެ ފިޔަވަޅެއް ވެސް މުސީބާތަކަށް ވެގެން ހިނގައިދާނެ ކަމަށާއި އަދި ނިއުކްލިއަރ ހަނގުރާމައިގައި ފުރަތަމަ އަސަރު ކުރާ ބަޔަކަށް ވެގެންދާނީ ދެކުނު އޭޝިއާ ކަމަށެވެ.

ޑުޓާޓެ ވިދާޅުވީ އެމެރިކާ އާއި، ޖަޕާނާއި، ދެކުނު ކޮރެއާ އާއި ޗައިނާއިން ގެންދަނީ މިސައިލެއް ފޮނުވާލުމުން ވާނެ ގޮތް ފެނިގެން އަންތަރީސްވެގެން އުޅޭ މީހަކު ގޮއްވަމުން ކަމަށެވެ.

ޑުޓާޓެ އަކީ އެސޯސިއޭޝަން އޮފް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (އާސިއާން)ގެ މިހާރުގެ ޗެއާމަނެވެ.

އުތުރު ކޮރެއާއިން ހޮނިހިރު ދުވަހު ޓެސްޓްކުރި ބެލިސްޓިކް މިސައިލް ފެއިލް ވެފައިވާއިރު މިއީ މާޗް މަހުން ފެށިގެން ފެއިލްވި ހަތަރުވަނަ ފަހަރު ކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ބުނެއެވެ.

މި ޓެސްޓް ފެއިލްވެފައިވާއިރު ކޮރެއަން ޕެނިންސިއުލާގައި އޮތް ޔޫއެސްއެސް ކާލް ވިންސަންއިން ވަނީ ދެކުނުކޮރެއާއާ އެކު އަސްކަރީ ފަރިތަކުރުންތައް ފަށާފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު