Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓެރަރިޒަމް

ދައީޝްއަށް އަމާޒުކޮށް، އިރާގުން ސީރިއާއަށް ވައިގެ ހަމަލާ ދޭން ފަށައިފި

20 ނޮވެމްބަރު 2018 | އަންގާރަ 18:11

ހަމަލާތަކުގައި 10 ހަނގުރާމަވެރިން މަރުވިކަން ވަނީ ކަށަވަރުކޮށްދީފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 ނޮވެމްބަރު 2018 | އަންގާރަ 18:11
އިރާގުގެ ވައިގެ ސިފައިންގެ ބޭސްއެއް

އިރާގުގެ ވައިގެ ސިފައިންގެ ބޭސްއެއް

ސީރިއާގައި ހަރަކާތްތެރިވަމުންދާ ދައީޝް ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް އިރާގުގެ ސިފައިން ވައިގެ ހަމަލާތަކެއް ދީފިއެވެ.

އިސްލާމިކް ސްޓޭޓް (އައިސިސް)ގެ ނަމުގައި ހަރަކާތްތެރިވާ ދައީޝް ޖަމާއަތަށް އަމާޒުކޮށް އިރާގު ސިފައިން ދިން މި ހަމަލާތައް ދީފައިވަނީ ދެ އިމާރާތަކަށެވެ. އިރާގު ސިފައިން ހާމަކޮށްފައިވާ ގޮތުގައި މި ހަނގުރާމަވެރިން ހަތިޔާރު ރައްކާކުރުމަށްވެސް ބޭނުންކުރާ މި ދެ އިމާރާތަށް ހަމަލާ ދިންއިރު، އެ ދެ އިމާރާތުގެ ތެރޭގައި 40 ހަނގުރާމަވެރިން ތިއްބެވެ. މި ދެ އިމާރާތުގެ ތެރެއިން ފުރަތަމަ ހަމަލާ އަމާޒުކުރި އިމާރާތުގައި ފިލާ ތިބި 10 ހަނގުރާމަވެރިން މަރުވެފައިވާކަން އިރާގުގެ އަސްކަރިއްޔާއިން ހާމަކުރި ނަމަވެސް، އަނެއް އިމާރާތުގައި ތިބި 30 ހަނގުރާމަވެރިން މަރުވިކަން އިރާގު ސިފައިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އިރާގު ސިފައިން މި ހަމަލާ ދީފައިވަނީ F-16 ފައިޓަރ ޖެޓު ބޭނުންކޮށްގެންނެވެ.

މީގެ އަހަރުތަކެއް ކުރިން އިރާގުގެ ތިންބައިކުޅަ އެއްބައި ދައީޝް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ނަމަވެސް މިހާރު އެ ޖަމާއަތުގެ ބާރު އިރާގުގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ކަނޑުވާލެވިފައެވެ. އެ ޖަމާއަތުން އަދިވެސް މަދުމަދުން އިރާގުގެ އެތެރޭގައި އެކި ކަހަލަ ހަމަލާތައް ދިން ނަމަވެސް، މައިގަނޑު ގޮތެއްގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިންގަމުންދަނީ އިރާގާއި ސީރިއާ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގަ އާއި ސީރިއާގެ އެތެރޭގައެވެ.

ވައިގެ ހަމަލާއެއްދީ ދައީޝް ޖަމާއަތުގެ ހަތިޔާރު ފޮރުވާ އިމާރާތެއް ނައްތާލާފައިވާއިރު، 2017 ވަނަ އަހަރުން ފެށިގެން އިރާގުގެ ސިފައިން ދަނީ އެ ޖަމާއަތާއި ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އިރާގާއި ސީރިއާގެ ބިންތައް ހިފައި، ޚިލާފަތެއް ޤާއިމް ކުރުމަށް ދައީޝް ޖަމާއަތުން ގެންގުޅުނު ވިސްނުން ނާކާމިޔާބުވެ، އެ ޖަމާއަތަށް ނިސްބަތްވާ ގިނަ ހަނގުރާމަވެރިންތަކެއް މަރުވުމާއި ގުޅިގެން އެ ޖަމާއަތް މިހާރު ހިންގަމުންދަނީ ހަތިޔާރު އެޅި ގެރިއްލާ ގްރޫޕެއްގެ ގޮތުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް