Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު

ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ

ސިޔާސީ އެކި ބޭފުޅުން ވަނީ މިނިވަންވެފައި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2018 | ބުދަ 14:06
ރައީސް ޔާމިން: އެމަނިކުފާނު ނުރުހުނު ކިތަންމެ މަންޒަރެއް މިއަދު ދަނީ ފެންނަމުން

ރައީސް ޔާމިން: އެމަނިކުފާނު ނުރުހުނު ކިތަންމެ މަންޒަރެއް މިއަދު ދަނީ ފެންނަމުން

ރައީސް އަބްދުﷲ ޔާމިން ވެރިކަމުގައި ހުންނަވައިގެން ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރުތައް މަސްރަހަށް އަޔަ ނުދިނުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެއްވި އެވެ. ގާނޫނާ ހިލާފުވިޔަސް ނުވިޔަސް އެމަނިކުފާނު މިދުވަސް އަޔަ ނުދިނުމަށްޓަކައި ކުރެވުނު ހުރިހާ ކަމެއް ކުރެއްވި އެވެ. ނަމަވެސް މިއަދު އައިސްފައިވަނީ އެމަނިކުފާނު ވެރިކަމުގައި ހުންނަވަނިކޮށް އެކަން ބައްލަވަން މަޖުބޫރުކުރުވި ހާލަތެކެވެ. އެމަނިކުފާނު ދައުލަތުގެ އެންމެ މަތީ ވެރިޔަކަށް ހުންނެވިއެއް ކަމަކު ފެންނަނީ ރަމްޒީ މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އޭގެ ކުރިން އެމަނިކުފާނުގެ މައްޗަށް ކޮށްފައި އޮތް ދައުވާ އަނބުރާ ގެނެސް ބޮޑު ދައުވާއެއްގެ ގޮތުގައި އެވެ. ފަޓާސްބަރިއެއްހެން އަވަސް އަރުވައިލައިގެން ޝަރީއަތްކޮށް ނިންމާލުމުގައި ރައީސް ޔާމިންގެ ނުފޫޒު އޮތް ކަމަށް ދެކެވޭ ވާހަކައަކީ މީހުނަށް އެކަން ގަބޫލު ކުރެވޭ މިންވަރަށް ކުރެވޭ ތުހުމަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމަށްފަހު ރައީސް ނަޝީދަކީ މިނިވަނެއްގެ ގޮތުގައި އުޅޭ ސިޔާސީ ބޭފުޅަކަށް ވާން ރައީސް ޔާމިން ބޭނުންފުޅު ނުވިކަމަށް ގަބޫލުކުރަން ޖެހޭ ސަބަބަކީ އެކެއް ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައީސް ނަޝީދު މިނިވަން ކުރުމަށް އޮތުމުން އެކަން ތަންފީޒު ނުކުރައްވަން އެ އުޅުއްވި ގޮތެވެ. އަދި އެ ނޫންވެސް ހާލަތްތަކުގައި ރައީސް ނަޝީދު މިނިވަންކުރުމަށް އެމްޑީޕީން ކުރި މަސައްކަތައް ރައީސް ޔާމިންގެ މި ސަރުކާރުން ހުރަސް އެޅުވި އެވެ. މިހުރިހާ ކަމެއް ކުރެއްވި ނަމަވެސް އެންމެ ފަހުން ރައީސް ޔާމިން ވެރިކަމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރަކާއެކު ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ވަޑައިގެންނެނެވީ މިނިވަނެއްގެ ގޮތުގައި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭ މަގުމަތީ ހިންގަވާފައި ވަޑައިގަންނަވަނީ

ފުލުހުންނާއި ސިފައިންގެ ހިމާޔަތުގައި ރައީސް ނަޝީދު މާލޭގެ މަގުމަތީ ހިންގަވާފައި ވަޑައިގެންނެވީ ގައުމީ ބަތޮލެއްގެ ގޮތުގައި އެވެ. ރައީސް ޔާމިން ބައްލަވަން ބޭނުންފުޅު ނުވި މަންޒަރު އެމަނިކުފާނުގެ ވެރިކަން ނުނިމި އުޅެނިކޮށް ދައްކާލީ އެވެ. ޝެއިޚް އިމްރާން އަބްދުﷲ އާއި ގާސިމް އިބްރާހިމާއި ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމަކީ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ބޮޑެތި ޖިނާއީ ތުހުމަތުތައް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ. ބޭއިންސާފުން އަވަސް އަރުވަލައިގެން ހިންގުނު ޝަރީއަތްތަކަކާއެކު އެ ބޭފުޅުން ޖަލަށް ލެއްވި ނަމަވެސް ރައީސް ޔާމިންގެ ވެރިކަން ނުނިމި އުޅެނިކޮށް އެ ބޭފުޅުން މިނިވަންކަމާއެކު އެނިކުންނެވީ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ފާޅުކަން ބޮޑުގޮތެއްގައި އެ ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު ފްރޭމް ކުރުމުގެ އެއް ބައިވެރިޔަކީ ރައީސް ޔާމިން ކަމަށެވެ. ނަމަވެސް މިއަދު ރައީސް ޔާމިންގެ ކިބައިގައި އެ ވާހަކަތައް ހުއްޓުވާނެ ބާރެއްވެސް އަދި ތިޔަ ކިޔަނީ ކީކޭތޯ އަހާލަން ފުލުސް އޮފީހަށް ގެންދާނެ ބާރެއް ވެސް އޮތްތަނެއް ނުފެނެ އެވެ. މިނިވަންކަމާއެކު މި ބީދައިން އެ މަނިކުފާނަށް ފާޑުކިޔުމުގެ ފުރުސަތު މި ބޭފުޅުނަށް އަދި އަމުދުން ދޭން ބޭނުންފުޅު ނުވި ނަމަވެސް ހާލަތު ނިޔާކުރަނީ އެ އަޑުތައް އައްސަވާށެވެ. ރައީސް ޔާމިން ބައްލަވަން ބޭނުންފުޅު ނުވި މަންޒަރު އެމަނިކުފާނުގެ ވެރިކަން ނުނިމިއުޅެނިކޮށް ބައްލަވަން މަޖުބޫރުވީ އެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ކުއްލި ގޮތަކަށް ޖަލަށްދާން ޖެހުނީ އަދި ކުރީގެ އޮޑިޓަރ ޖެނަރަލް ނިޔާޒް އިބްރާހިމް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްލީ ސަރުކާރުގެ ތެރޭގައި ހިނގައި ދިޔަ ކޮރަޕްޝަނުގެ އަމަލުތައް ރައީސް ޔާމިނާ ހިސާބަށް ގެންދިއުމުން އެ އަޑުތައް އެހެން ބަޔަކަށް އިވިދާނެތީ ކަމަށް ބެލެވިދާނެ އެވެ. ރައީސް ޔާމިން ވެރިކަމުގައި އެއިން ބޭފުޅަކު ފެނިވަޑައިގަންނަވަންވެސް ބޭނުންފުޅު ނުވިކަން އެ ބޭފުޅުންނާ މެދު ކަންކަންވީ ގޮތުން އެނގެ އެވެ. ނަމަވެސް މިއަދު ނާޒިމް ވެސް ނިޔާޒް ވެސް މި ސަރުކާރުގެ ކޮރަޕްޝާނާ ރައީސް ޔާމިނާ ގުޅޭ ގޮތް އަމިއްލަ ތަޖުރިބާގެ އަލީގައި އެ ވިދާޅުވަމުން ގެންދަވަނީ ޖެހިލުމެއް ނެތި އެވެ. ރައީސް ޔާމިން ބައްލަވަން ބޭނުންފުޅު ނުވި މަންޒަރު އެމަނިކުފާނުގެ ވެރިކަން ނުނިމިއުޅެނިކޮށް ބައްލަވަން މަޖުބޫރުވީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރުމަށް މަޖިލިސް މެމްބަރުން ކުރަން އުޅުނު މަސައްކަތްތައް ރައީސް ޔާމިން ހުރަސްއަޅުއްވަން ކުރެއްވި މަސައްކަތުގެ ތެރެއިން ފެނުން މަންޒަރުތައް ތަފްސީލް ކޮށްދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މަޖިލީހުގެ ރައީސްގެ މަގާމު ބަދަލު ކުރުމާއި ރައީސް ޔާމިނާ ގުޅުމެއް ނެތް ނަމަވެސް އެމަނިކުފާނު އެކަމާ އެ އުޅުއްވީ އަމިއްލަ ގެދޮރާއި މުދާ ދުޝްމަނެއްގެ ކިބައިން ސަލާމަތްކުރުމަށް މީހަކު އުޅޭނެ ގޮތަށެވެ. އެ މަސައްކަތުގެ ތެރެއިން މަޖިލީހުގެ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށްވެސް ކަނޑައަޅައިގެން ހިފަހައްޓާލީ އެވެ. ނަމަވެސް މިއަދު ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުގެ ރިޔާސަތު ބަދަލުކޮށް ރައީސް ޔާމިންގެ ސިޔާސީ ދުޝްމަނެއްގެ ގޮތުގައި ދެކުނު ގާސިމް އިބްރާހިމް އެ އިންނެވީ ރިޔާސަތުގައި އެވެ. ރައީސް ޔާމިން ބައްލަވަން ބޭނުންފުޅު ނުވި މަންޒަރު އެމަނިކުފާނުގެ ވެރިކަން ނުނިމިއުޅެނިކޮށް ބައްލަވަން މަޖުބޫރުވީ އެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު ހުކުމާހެދި ރައީސް ޔާމިނަށް ވެވަޑައިގެންނެވި އުނދަގޫފުޅުތައް ފެނުނު ނަމަވެސް އޭގެ ފަހުން އެކި ބައި ބަޔަށް ބަހައިލައިގެން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގެ ނަތީޖާ މިހާރު އޮތް ސުޕްރީމް ކޯޓުން ނެރުނީ އެވެ. މިއަދަކު އެ އަމުރު ތަންފީޒު ނުކުރައްވަން ދެއްކޭނެ ހުއްޖަތެއްވެސް ނެތެވެ. އެކަމު މިއަދުވެސް އޮތީ އެ ފުލުހުންނާއި ސިފައިންނެވެ. ތަންފީޒު އެ ކުރެއްވީ އެ މީހުން ލައްވަ އެވެ. ރައީސް ޔާމިން ބައްލަވަން ބޭނުންފުޅު ނުވި މަންޒަރު އެމަނިކުފާނުގެ ވެރިކަން ނުނިމިއުޅެނިކޮށް ބައްލަވަން މަޖުބޫރުވީ އެވެ.

މަޖިލީހުން އަވަސް އަރުވާލައިގެން ފާސްކުރި ގާނޫނުތައް ވެސް އެއޮތް އަނެއް ކޮޅަށް ފާސްކުރަން ފެށީ އެވެ. އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު ފަދަ ކިތަންމެ ގާނޫނެއް އުވާލަން މިއަދު ފާސް ކުރަނީ އެއީ ރައީސް ޔާމިނަށްޓަކައި އުފެއްދި ގާނޫނުތައް ކަމަށް ޕީޕީއެމްގެ މެމްބަރުންވެސް ގަބޫލުކޮށްގެންނެވެ. ރައީސް ޔާމިން ބައްލަވަން ބޭނުންފުޅު ނުވި މަންޒަރު އެމަނިކުފާނުގެ ވެރިކަން ނުނިމިއުޅެނިކޮށް ބައްލަވަން މަޖުބޫރުވީ އެވެ.

މިއަދު ރައީސް ޔާމިން މިދުވަސް ދެކުމަށް ވުރެ އޭގެ ކުރިން ވެރިކަން ވެއްޓިގެން ދިއުންވެސް މާރަނގަޅުވީހޭ ހިތްޕުޅަށް އެމަނިކުފާނުގެ އަރާ ވަޑައިނުގަންނަވާނެ ބާ އެވެ. އަދި މުވައްސަސާތަކުން އެދުވަހުވެސް ބޭނުންވި ގޮތައް ނިންމަން ދޫދެވުނު ނަމަ ބަލިވި ވަގުތު މިހާ ބޮޑު ލަދަކާ ކުރިމަތިލާން ޖެހިވަޑައިއެއްވެސް ނުގަންނާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

25 އޯގަސްޓު 2018
ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

26 އެޕްރީލު 2018
މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

24 އެޕްރީލު 2018
ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

ކަނޑުއަޑީގައި ކުރެހުންތައް ކުރެހި މަންޒަރު ދުށިންތަ؟

29 މާރިޗު 2018
އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

14 މާރިޗު 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު