Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ކެމްޕޭނުން ފެންނަ ދެ މަންޒަރު: އެކަކު ބާރުގައި، އަނެކަކު ހުސް އަތާ!

ރައީސް ޔާމީން ކެމްޕެއިން ކުރައްވަނީ ދައުލަތުގެ ބާރުގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 25 އޯގަސްޓު 2018 | ހޮނިހިރު 14:43
ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން

މިއީ އެތައް ބަޔަކު އިންތިޒާރުކޮށްގެން ތިބި ދުވަސްވަރެވެ. އިންތިހާބުގެ ދުވަސްވަރެވެ. ބާރާއި އާރު ދަމަހައްޓަން ފުރުސަތު ލިބެނީ ރައްޔިތުން ނިންމާ ގޮތަކުންނެވެ. މިނިވަންކަމާއި ހަމަހަމަ ކަމާއި އިންސާފުގެ އެހެން ސިލްސިލާއެއް ފެށުމުގެ ފުރުސަތު ވެސް އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. ހާލަތު ބަދަލު ކުރަން ނިޔަތް އޮތް ނަމައެވެ. ރައްޔިތުންގެ ކިބައިން ފެށުނު ވެރިކަން އަނެއްކާވެސް ފުރޮޅާލާނީ ރައްޔިތުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓަށް ބާކީ 28 ދުވަހަށްވެފައިވާއިރު، ކެމްޕޭނުން ތަފާތު ދެ މަންޒަރެއް ފެންނާނެއެވެ. ސަރުކާރުގެ ހިންގާ ޕާޓީ އާއި އިދިކޮޅު ފަރާތުންނެވެ. ރައީސް އަބްދުﷲ ޔާމީން ނުކުމެވަޑައިގެން ހުންނެވީ ދައުލަތުގެ ނިޝާން ޖައްސަވައިގެންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ނުކުމެވަޑައިގެން ހުންނެވީ ހަތަރު ލީޑަރުންގެ ފިކުރު ހިއްޕަވައިގެންނެނެވެ.

ނަމަވެސް ޕީޕީއެމްގެ ޓިކެޓުގައި ދެ ވަނަ ދައުރަކަށް ނުކުމެވަޑައިގެން ހުންނެވި ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ދައުލަތުގެ ހަރަދުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެ ރަށްތަކަށް ވަޑައިގެން، އަމިއްލަ ޕާޓީ ޕްރޮމޯޓް ކުރައްވަމުން އެ ގެންދަވަނީ އެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރައްވައިގެންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ނުފޫޒު ފޯރުވައިގެންނެވެ. ރައްޔިތުންނަށް އެމަނިކުފާނު ވިސްނަވައި ދެއްވަން އުޅުއްވަނީ ޕީޕީއެމްގެ ކުލަ އާއި ލޯގޯ ޖެހި ޓީޝާޓާއި ބުރުގާ އަޅައިގެން މަރުހަބާ ދެންނެވުން ނޫން ގޮތެއް ނެތް ކަމަށެވެ.

އެވަރަކުން ފުދުނީއަކީ ނޫނެވެ. ރާއްޖޭގެ ދުސްތޫރީ ނިޒާމާއި ވަކިކުރެވިފައިވާ ބާރުތަކުގެ މަފްހޫމާއި ދިމާ އިދިކޮޅަށް އެ މަނިކުފާނު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. ފުރިހަމަ ކުރައްވަމުން ގެންދަވާ ފަސް އަހަރުގެ ދައުރުގެ ތެރޭގައި މަސް ހުނިކޮށްލާފައިވާ ތިން ބާރު އެއްކޮށްލުމަށް އެމަނިކުފާނު ވަނީ ބާރު އަޅުއްވާފައެވެ. ރިޔާސީ ނިޒާމެއް ބަލައިގަނެ، ދިވެހިން ނިންމި ނިންމުން، އެމަނިކުފާނު އެ ވަނީ ބޮލާލާ ޖައްސަވާފައެވެ.

"ދައުލަތެއް ނުހިންގޭނެ ދައުލަތުގެ އެންމެ އިސް އަމާނާތް ރައްޔިތުންގެ ފަރާތުން ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދީ ރައްޔިތުން ޖަވާބުދާރީ ވާން އަންނަ އެންމެ އިސް މީހާގެ މައްޗަށް ބަސް ކިޔާ އެތައް ބަޔަކު އޭނާގެ މައްޗަށް ބާރު ހިންގާ ތަފާތު އެތައް ވެރިންތަކެއް ތިބެއްޖެ ކަމަށް ވަންޏާ ރައްޔިތުން ބޭނުންވާ ގޮތަށް ދައުލަތެއް ހިންގައެއް ނުލެވޭނެ. އެހެންވީމާ ދައުލަތް ހިންގާލެވޭނީ ދައުލަތް ހިންގަން ރައްޔިތުން އިންތިޚާބު ކުރާ މީހާއާ ހަމައިގައި ހުރިހާ ބާރުތަކެއް އޮތިއްޔާ،" ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.

މިއީ މިދިޔަ ބުދަ ދުވަހު ހދ. ނޮޅިވަރަމްފަރުގައި ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެވެ. ރައީސް ޔާމީންގެ އެ ވާހަކަފުޅަކީ އިންފާރު ވަކިކުރެވި، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމަށް ކަނޑައަޅާފައިވާ ދުސްތޫރުގެ މަގުސަދާ ހިލާފު ވާހަކަފުޅެވެ. ރާއްޖޭގެ 338،434 މީހުން ތަމްސީލު ކުރާ ގޮތަށް ގާނޫނު ހެދުމަށްޓަކާ ހޮއްވެވި 85 މަންދޫބުނާއި އަދަލުއިންސާފު ގާއިމު ކުރުމަށްޓަކާ ކަނޑައަޅާފައިވާ ކޯޓުތަކާއި އެއްބާރުން އަނެއް ބާރަށް ނުފޫޒު ނުފޯރުވުމަށްޓަކާ ވަކިކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރަށް ދީފައިވާ އިހްތިސާސުގެ ބޭރުން ދެއްކެވި ވާހަކަފުޅެކެވެ.

ރައްޔިތުންގެ ފިކުރާއި ހިޔާލު ހޯއްދެވުމުގެ ބަދަލުގައި ކެމްޕެއިންގައި ރައީސް ޔާމީން ވިސްނައި ދެއްވަން އެ މަސައްކަތްޕުޅު އެ ކުރައްވަނީ ރައްޔިތުން ބަލައިގެންފައިވާ ނިޒާމާ ބީރަށްޓެރި ވާހަކަތަކެވެ.

ރައްޔިތުންގެ ވާހަކަތަކާއި ހިޔާލާއި ފިކުރާއި އިހްސާސްތައް އެނގޭނީ ރައްޔިތުންގެ ގެތަކަށް ވަނުމުންނެވެ. އެއީ ޖިފުޓިއެއް ކަމަށްވިޔަސް ވެސް މެއެވެ. އެއް މޭޒުމަތިން ކައި، ސުފުރާގެ ފަޅުކަން ފިލުވަދީގެންނެވެ. ސާފު ވައި ލިބޭ ޖައްވުގައި ރުކުގެ ހިޔަލުގައި ހޮޅު އަށީގައި ރައްޔިތުންގެ ވާހަކަ އަޑުއަހަލާން އެމަނިކުފާނަށް ކެރިވަޑައިނުގަންނަވަނީ ކީއްވެގެންތޯއެވެ.

މީހުން އެއްކޮށްގެން ޕޯޑިއަމަކަށް އަރައި، ރައްޔިތުންނާ ނުގުޅޭ، ވާހަކަތައް ބަންޑުކޮށްލުމަކުން ނުފުދެއެވެ.

ދެން އޮތީ ކެމްޕެއިންގެ އަނެއް ފަރާތެވެ. ކެމްޕެއިންގައި އިބޫ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅެވެ. މިހާތަނަށް ގުޅިފައިވާ ޕާޓީތަކުން އެ ވަނީ ރާއްޖޭގެ 130 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންފައެވެ. އާބާދީގެ 55 ޕަސެންޓް ރައްޔިތުންނާ އެ ވަނީ ބައްދަލު ކުރައްވާފައެވެ. ހޮޅުއަށްޓަކަށް ފަން ޖިފުޓިއަކަސް، ކޮޅާކޮޅު ނޭނގޭ ސަރާސަރު ކަނޑައަކަށް އެރިޔަސް، ޖެހުނު ރާޅެއް އެ ދަނީ ކަފަމުންނެވެ. ރައްޔިތުންގެ ހާލަތު ބެލުމަށެވެ. ރައްޔިތުންގެ ފަރާތުން ފެށިފައިވާ ރައްޔިތުންގެ ވެރިކަން ދެމެހެއްޓުމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން މޮޅެއް ނުލިބޭ، ފެންނަނީ ސަރުކާރު ރޭރުވާތަން!

10 ޖެނުއަރީ 2018
މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

24 އޮކްޓޯބަރު 2017
އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

އެކަކު އަނެކަކު ކޮށާ ނަގަނީ، ބަދުނާމުގެ އިނގިލި ދިއްކުރަން ނުތިބެ ޒިންމާ އަދާކުރޭ!

30 ސެޕްޓެމްބަރު 2017
މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

މަހުފޫޒްގެ ބޮލަށް ވަޅި ޖެހިތާ ދެ އަހަރު: އިންސާފު ނުލިބޭ، އަދިވެސް އެކަކު ހޯދަނީ!

05 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު