Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީން ގެއްލުނު ކުދިން

މަޔާމީންގެ ހަނދާންތައް: ދަރިފުޅަށް އެދުވަހު ސައިބޯން ލާރިދިން މަންޒަރު ކުރިމަތިން އަދިވެސް ހީވަނީ ފެންނަހެން

މަޔާމީންއަކީ ހިތަދޫ ސްކޫލް ގްރޭޑް 9 ގައި ކިޔަވާ ކުއްޖެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2018 | އަންގާރަ 12:21
އާއިޝަތު އިބްރާހިމްދީދީ

އާއިޝަތު އިބްރާހިމްދީދީ

އައްޑޫ ސިޓީ ހިތަދޫ ޓޮޕާޒްގޭގެ އުނދޯލީގައި އޭނާ އިށީނދެގެން އިނނީ ދަރިފުޅުގެ ކޮންމެވެސް ޚަބަރެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެވަގުތު ވެސް އޭނާ ކައިރީގައި އާއިލާގެ ބައެއް މީހުންނާއި ގާތް ރަޙްމަތްތެރިން ތިއްބެވެ. މޫދަށް ގޮސް އުޅެނިކޮށް ހޮނިހިރު ދުވަހު މަޔާމީން އަލީ ގެއްލުމުން އެ އާއިލާއަށް ބޮޑު ހިތާމައެއް ވަނީ ލިބިފައެވެ. ގޭތެރޭގައި އެއްވެސް ދިރުމެއް ނެތެވެ. މުޅިން ހަމަހިމޭން ވެފައެވެ. ކެންސަރާ ހަނގުރާމަ ކުރަމުންދާ މަޔާމީންގެ ބައްޕަ އަލި ދީދީ އޭރު ވެސް ކޮޓަރީގެ އެނދެއްގައި އޮތެވެ. މަޔާމީންގެ މަންމަ އާއިޝަތު އިބްރާހިމް ދީދީ އުނދޯލީގައި މާޔޫސްވެފައި އިނނެވެ.

އާއިލާގެ ހުރިހާ އެންމެންގެ ލޯބި ލިބިފައިވާ މަޔާމީން ހޮނިހިރު ދުވަހު ދިޔައީ ފުޓްބޯޅަ މުބާރާތަކަށް ޕްރެކްޓިސް އަށެވެ.

އާއިޝަތު އިބްރާހިމް ބުނީ ޕްރެކްޓިސް ނިންމާފައި މަޔާމީން ގެއަށް އައިސް "ސައިބޯން ހުރީ ކޯއްޗެއްތޯ" އެހި ކަމަށެވެ.

އާއިޝަތު އިބްރާހިމްދީދީ

"އެ ދުވަހުގެ 10:30 އާއި 11:00 ދޭތެރޭގައި ގެއަށް ވަދެއްޖެ. އައިސްފައި ސައިބޯން ހުރީ ކޯއްޗެއްހޭ ބުނީމަ، މަސްހުންޏާއި ރޮއްޓާ އޭ ބުނީމަ ބުނީ، ސައެއް ނުބޯނަމޯ، ސައިބޯއެއްޗެއް ގަންނަން ދިހަ ރުފިޔާ ދޭށޭ. ދެން ބައްޕަ އަތުން ދިހަ ރުފިޔާ ހިފައިގެން ފިހާރައަށޭ ކިޔާފަ ދިޔައީ،" މަޔާމީންގެ މަންމަ އައިޝަތު އިބްރާހިމްދީދީ ބުންޏެވެ.
" އައިސް ބުނީ ބައްޕާއޭ ތިމަންނަ ސައިބޯން އެއްޗެއް ގަންނަން ރުފިޔާ ދޭށޭ، ބުނީމަ ބުނިން މިތާގައި އެ އޮތީ ތަޅުދަނޑިއޭ، ރުފިޔާ ނަގާށޭ ވަތްގަނޑުގައި އެހުރީ ރުފިޔާއޭ، ދިހަ ރުފިޔާ ނަގައިގެން އައިސް ތަޅުދަނޑި ނެގި ތަނުގައި ބާއްވާފައި ބުނީ، މި އޮތީ އޭ ތިމަންނަ ނެގީ ހަމަ ދިހަ ރުފިޔާ އޭ، ދެން ރުފިޔާ ހިފައިގެން ދިޔައީ،" ކެންސަރާ ހަނގުރާ ކުރަމުންދާ މަޔާމީންގެބައްޕަ އަލިދީދީ ބުންޏެވެ.

އައިޝަތު އިބްރާހިމްދީދީ ބުނި ގޮތުގައި ދަރިފުޅު ކުޅެ ނިންމާލާފައި ގެއަށް އައީ އެހެން ދެ ކުއްޖެއްގެ ބޫޓް ވެސް ހިފައިގެންނެވެ. އޭނާގެ ބައްޕަ އަތުން ދިހަ ރުފިޔާ ހިފައިގެން ބޭރަށް ދިޔަތާ 45 މިނެޓް ނުވަނީސް އޭނާގެ އާއިލާގެ މެމްބަރެއްގެ ފަރާތުން ދަރިފުޅު މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން އުޅޭކަން އެނގުނު ކަމަށް އައިޝަތު ބުންޏެވެ. އޭރު މަޔާމީންގެ ބައްޕަ ހުރީ މެންދުރު ނަމާދަށް ވުޟޫކުރަން ފާހާނާގައެވެ.

އާއިޝަތު އިބްރާހިމްދީދީ އާއި އަލިދީދީ

"މެންދުރު ނަމާދަށް ވުޟޫ ކުރަން ހުއްޓާ އަންހެނުން އައިސް ބުނަނީ އަލިދީދީ އޭ، ރޮއިގެންފަ ދަރިފުޅު ކަނޑަށް ހިގައްޖެއޭ، މޫދަށް ވެއްޓިފަ ކަނޑަށް ހިގައްޖެއޭ، ބުނީމަ އަހަރެން ވެސް ވުޟޫ ވެސް ނުކޮށް ފާހާނާއިން ނުކުމެ ރޮވުނީ،" އަލި ދީދީ ވަރަށް އަސަރާ އެކު ބުންޏެވެ.

މަޔާމީންއާ އެކު އިތުރު ދެ ކުދިން މޫދަށް ދިޔައީ ހިތަދޫ ހޮސްޕިޓަލާ ދިމާލު ބޭރު އެރަށު ފުއްޓަރު ފަރާތަށެވެ. އެއީ ގެއްލިގެން ހޯދާ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ހިތަދޫ ބްލޫގޭ އަލީ ރިފާއުއާ އެކުވެ. އަލީ ރިފާއު ސަލާމަތްވިއެވެ. އޭނާގެ މައިންބަފައިން އަދިވެސް ތިބީ އެކަން ގަބޫލުކުރަން ދަތިވެފައެވެ. އެމީހުންގެ އުންމީދަކީ އެމީހުންގެ ދަރިފުޅު އަނބުރާ އެމީހުންގެ ގާތަށް އައުމެވެ.

ސިފައިންނާއި އާންމު ރައްޔިތުން މެދުކެނޑުމެއް ނެތި ރެއާ ދުވާލު ކަނޑުގައި ދަނީ އަތްފުނާ އަޅަމުންނެވެ. އާއިލާގެ ދުއާއަކީ އެ ދެ ކުދިން ދިރިހުއްޓައި ފެނުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދުގެ ގައުމީ ޚިދުމަތުގެ ހަނދާންތައް އައުކުރުން

މަރުހޫމް ކަރަންކާ އިބްރާހިމް ރަޝީދުގެ ގައުމީ ޚިދުމަތުގެ ހަނދާންތައް އައުކުރުން

31 ޖެނުއަރީ 2021
ބިދޭސީންގެ މައްސަލަތަކާއެކު ވޯރާއިންގެ ހަނދާންތައް!

ބިދޭސީންގެ މައްސަލަތަކާއެކު ވޯރާއިންގެ ހަނދާންތައް!

25 ޖުލައި 2020
ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"

ރޭޕްކޮށް އެއްލާލާފައި އޮތް ދަރިފުޅަށް މަންމަގެ ބަސް: "ދަރިފުޅާ، މިއަދު އިންސާފު ލިބިއްޖެ"

20 މާރިޗު 2020
ހުސްފަޔާ ދޮންދޫނި ހިފަން ދުވި ހަނދާންތައް އާވޭތަ؟

ހުސްފަޔާ ދޮންދޫނި ހިފަން ދުވި ހަނދާންތައް އާވޭތަ؟

14 ޑިސެމްބަރު 2019
އެދުވަހު ކަރުގައި 01 ރުފިޔާއަޅުވަމުން ބުނި ވާހަކަ މިއަދު ޙަޤީގަތަކަށް!

އެދުވަހު ކަރުގައި 01 ރުފިޔާއަޅުވަމުން ބުނި ވާހަކަ މިއަދު ޙަޤީގަތަކަށް!

05 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު