Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ ސިޓީން ގެއްލުނު ކުދިން

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ހަސަނަކީ ކަންފަތުން އަޑު ނީވޭ ވާހަކަ ނުދެއްކޭ މީހެއް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 26 އެޕްރީލު 2018 | ބުރާސްފަތި 05:32
ބުލޫ ރޯޒް ހަސަން ދީދީ

ބުލޫ ރޯޒް ހަސަން ދީދީ

އޭނާ ކޮންމެ ދުވަހަކު ހިތަނދޫ ހޮސްޕިޓަލާ ދިމާލު ފުއްޓަރު ފަރާތު އަތިރިމައްޗަށް ދެއެވެ. ފުއްޓަރު ފާރާތުން ނަގާ ބިޔަ ރާޅުތަކަށް އޭނާ ބަލަހައްޓައިގެން ހުރެއެވެ. ހިޔާލީ ދުނިޔެއެއްގެ ތެރޭގައެވެ. އެ ބިޔަ ރާޅުތަކަށް ފުއްޓަރަށް ބިންދާލާ އަޑެއް އޭނާއަކަށް ނީވެއެވެ. މިއީ ބިޔަ ރާޅުތަކުގެ ތެރެއަށް ކަނޑުވަމުން ދިޔަ ސ.ހިތަދޫ/ ބްލޫގޭ އުމުރުން 16 އަހަރުގެ އަލީ ރާއިފްގެ ފުރާނަ ސަލާމަތް ކުރި ސ.ހިތަނދޫ/ބުލޫރޫމް، ހަސަން ފަހުމީގެ ވާހަކައެވެ. އޭނާއަކީ އަޑު އިވުމުން މަހްރޫމްވެފައިވާ ވާހަކަ ނުދެއްކޭ މަންމަނެކެވެ.

ހޯމަ ދުވަހު ހިތަދޫ ފުއްޓަރު ފަރާތު (ކިނބިވަލު) ސަރަހައްދުގައި ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުއްޓިލައިގެން ހުއްޓެވެ. އެތަނުގައި ތިބި އެހެން މީހުން ކައިރީ އެއީ ކާކުތީ އޮޅުން ފިލުވީމެވެ. އެއީ "ރާއިފުގެ ފުރާނަ ސަލާމް ކޮށްދިން ހަސަނޭ ބުނުމުން" އޭނާއާ ވާހަކަ ދައްކާލަން މަސައްކަތް ކުރީމެއެވެ. އެއީ އަޑު އިވުމާއި، ވާހަކަ ދެއްކުމުން މަޙްރޫމްވެފައިވާ (މަންމަން) މީހަކަށް ވުމުން ވާހަކަ ދައްކާނީ ކިހިނެތޯ ހިތުގައި ސުވާލު އުފެދުނުއެވެ. ހަސަން ކައިރިއަށް ގޮސް އަތުގެ އިޝާރާތުން އެ ރާޅުތަށް ދައްކާލީމެއެވެ. އަހަރެން އެހީ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު ހިތަދޫ ޓޮޕާޒްގޭ އުމުރުން 14 އަހަރުގެ މަޔާމީން އަލީ އާއި، ހިތަދޫ ޗަނބޭލީ ގޭ އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ ވާހަކަން އޭނާއަށް އެނގުނެއެވެ. އަތުގެ އިޝާރާތުން އެ ހިތްދަތި ހާދިސާ ހިނގައި ދިޔަ ގޮތް ކިޔަދެމުން ދިޔައެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ އަހަންނަށް ފަހުމްވާ ވަރުވީ އެދިމާލު އަތިރި މަތީގައި ހުރި އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ، އުމުރުން 47 އަހަރުގެ ޒުލޭހާ ހުސެއިން ހަސަންގެ އެހީތެރިކަމާ އެކުގައެވެ. ހަސަނު އިޝާރާތުން ދައްކަމުން ދިޔަ ވާހަކަތައް ޒުލޭހާ ދިޔައީ ތަރުޖަމާ ކޮށްދެމުންނެވެ.

ހަސަން އަތުގެ އިޝާރާތުން ވާހަކަ ދައްކަނީ

ޒުލޭހާ ބުނި ގޮތުގައި ހޮނިހިރު ދުވަހު ހަސަން ފުއްޓަރުފަރާތު އަތިރިމައްޗަށް ދިޔައީ އެ ދުވަހު ރާޅު ބޮޑުކަމުންނެވެ. ހަސަން އެދުވަހު މޫދަށް ދިޔައިރު، ސ. ހިތަދޫ/ ޔަމާނީ ހަދީޖާ ހުސެއިންގެ އާއިލާ އައި އަތިރި މަތިން ދިމާވިއެވެ. އެދުވަހުގެ ބިޔަ ރާޅުތަކާ އެކު، ހަދީޖާ ހުސެއިންގެ ދެމަފިރިންނާ އޭނާގެ ދެ ކުދިން މޫދުގަ ތިއްބާ ގޮނޑުދޮށައް އެއްލާލިއެވެ.

ޒުލާހާ ބުނި ގޮތުގައި ހަދީޖާގެ އާއިލާ މެމްބަރުން މޫދަށް ދިޔަ އިރު، އެދިމާލު ބޭރުގައި ތިން ކުދިން މޫދުގައި ތިބި ކަމަށް ހަދީޖާ ބުންޏެވެ. އެހެންމަވެސް އެއީ ކޮންބައެއް ކަން އެމީހުންނަކަށް ނޭނގެއެވެ. އެބިޔަރާޅާ އެކު އެ ތިން ކުދިން ލޯކުރިމަތިން ގެއްލުމުން އެކުދިންނަން ވީ ކިހިނެތްތޯ ބަލާލަން ހަސަން ކައިރީގައި ބުނީ ހަދީޖާގެ ދަރިފުޅުކަމަށް ޒުލޭހާ ބުންޏެއެވެ.

އެއީ ފަހުމީ، މަޔާމީން، ރާއިފު އޮއިގަނޑުގައި ޖެހި ބޭރަށް ދަމައިގަތުމުން، އެހީއަށް އެދި ހަޅޭލަމުން ދިޔަ ވަގުތެއެވެ. އެ ތިން ކުދިން އޮއިވަރުގައި ޖެހި ރާޅުތަކާ އެކު ކަނޑަށް ދަމަމުން ދިޔަ ސަރަހައްދަކީ ހަސަނާއި ހަދީޖާގެ އާއިލާ ތިބި ސަރަހައްދާ 2000 ވަރަކަށް ފޫޓް ދުރެއެވެ. ހަސަން ބަލަހައްޓަން ނުހުރެ ވަރަށް ބާރަށް ދުއްވައިގަތެއެވެ. ފުއްޓަރު ފަރާތު އަތިރިމަތީގައި އޮތް ގާތަކުގެ ތެރެއިންނެވެ.

އެ ދުވަހު ނެގި ރާޅުގެ ބޮޑުކަން ހަސަންގެ އަތުގެ އިޝާރަތުން ދައްކާލަނީ

"ޒުލޭހާއޭ ބުނީ، ބުނީމަ މީނައަށް ފެނުނީއޭ ތިން ކުދިން، ބުނެގެނޯ މީނަ ދުވެފައި ދިޔައީ" ހަސަންގެ އިޝާރަތަށް ބަލަމުން ޒުލާހާ ބުންޏެއެވެ.

ހަސަން ދުވެފައި ގޮސް މޫދަށް ފުންމާލައި ގޮނޑުދޮށާ އެންމެ ކައިރީގައި އޮތް ރާއިފް ސަލާމަތް ކުރިއެވެ. އެ ކުއްޖާ ސަލާމަތް ކުރުމަށް ފަހު، ފަހުމީ އާއި މަޔާމީން ސަލާމަތް ކުރަން ބެލި އިރު، ހަސަނަކަށް އެ ކުދިންނެން ނުފެނުނެވެ.

"ގޮސް ސަލާމަތް ކުރި ކުއްޖާ (ރާއިފް) އޭ އެންމެ ކައިރީގައި އޮތީ، އޭނާގެ (ރާއިފް) އަތުގައި ހިފާފަ ތިމަންނަ އޭނަ ނެގީއޯ، ހަމަ ނެގި ތަނާ ވަރަށް ބޮޑެތި ރާޅުތައް ތިމަންނަގެ ބޯމަތިން އައޭ. އެ ރާޅުތަކާ އެކު އަނެން ދެކުދިން ނެތޭ ފެންނާކަށް" ހަސަންގެ އިޝާރަތަށް ބަލަމުން ޒުލޭހާ ބުންޏެއެވެ.

ރާއިފް އުރައިގެން ބިޔަ ރާޅުތަކުގެ ތެރެއިން ހަސަނު އެއްގަމަށް އެރި އިރު، ގިނަ ބަޔަކު އަތިރި މަތީގައި ތިއްބެވެ. އޭރު ރާއިފް އޮތީ ޚަބަރު ހުސްވެފައެވެ. ލަސްތަކެއް ނުވެ، އެމްބިއުލެންސްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައެވެ.

ހަސަންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސިޓީ ކައުންސިލުން ހަނދާނީ ލިޔުން ހަވާލުކުރަނީ

ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކެނޑި ނޭޅި ވައިގެ މަގުންނާއި ކަނޑު މަގުން ދަނީ ކުރަމުންނެވެ. ގެއްލިފައިވާ ދެކުދިންގެ އާއިލާއިން ބުނީ އެކުދިން ދިރި ތިއްބާ ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ ދެ ކުދިންނަކީ ފަތަން ވެސް އެނގޭ ދެކުދިން ކަމަށް އާއިލާ އިން ބުނެއެވެ. މަޔާމިން، ފަހުމީ، އަދި ރާއިފްއަކީ ހިތަދޫ ސްކޫލްގައި ކިޔަވަމުންދާ ތިން ކުދިންނެވެ. އެ ތިން ކުދިންގެ ތެރެއިން ރާއިފް ސަލާމަތް ކުރި ހުސަނަށް ޝޯސަލް މީޑިއާގައި އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. ހާއްސަ އެހީއަށް ބޭނުންވާ ހަސަން ކުރި މަސައްކަތަށެވެ. ހަސަންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހަނދާނީ ލިޔުން ވެސް ދީފައެވެ. ހަސަނަކީ އެދުވަހުގެ ހީރޯއެވެ.

ހަސަންގެ ވާހަކަތަށް އަޑުއެހުމަށް ފަހު ގެއަށްދަން ނައްޓާލިތަނުން ޒުލޭޙާ ބުންޏެއެވެ. ހަސަނަކީ "ކުޅަނޅަދާނަ މަސްވެރިއެއް" ކަމަށެވެ. އެހެންކަމުން ހަސަންނަކީ ނުކުޅެދުންތެރިކަމެއް ހުރި މީހަކަށް ވިއަސް، އާދައިގެ މީހެއް ނޫންކަން އެނގުނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

"ކޮޅުވެއްޓިއާއި ދިމާވި ކާގޯ ބޯޓު، އެހީއަށް އެދުމުން ވެސް އަޅާނުލައި ދިޔައީ"

23 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

01 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު