Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ލީޑަރުން ތިއްބެވީ ގައުމު ހަމަމަގަށް އެޅުވުމަށް އަތުކުރި އޮޅާލައްވައިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 1 ޖުލައި 2017 | ހޮނިހިރު 03:59
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

"ކުރިއަށް އޮތީ އުފާވެރި ޚަބަރުތައް، ފެންނަން އެދޭ މަންޒަރު، އަނިޔާވެރިކަން ނިމުން" މިއީ ސިޔާސީ ބައެއް ފަރާތްތަކުން މިހާރަކަށް އައިސް ބުނެއުޅޭ އަނގަމަތީ ބަހަކަށް ވެއްޖެ އެެވެ. ހާއްސަކޮށް ގުޅިފައިވާ އިދިކޮޅު ސިޔާސީ އިސް ލީޑަރުންގެ ވާހަކަތަކުން މުޅިންވެސް ފެންނަމުންދަނީ އުފާވެރިކަމާއި ހިތްހަމަ ޖެހުމެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންްޓްރީ ގްރޫޕުން އަވަދިނެތި މަސައްކަތް ކުރަމުން ގެންދިޔަކީ ރައްޔިތުންގެ މަޖިލީހަށް ހަމައަކަށް އަޅުވާށެވެ. އެމަސައްކަތް ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، ސަރުކާރުގެ މުށުތެރެއަށް ވަދެ އިންނެވިއިންނެވުން ނިމުކަމަށް ގެނައުމެވެ.

އެގޮތުން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން އެކިއެކި ބިލްތަކަށާއި އެކިއެކި ކަންކަމަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަންވަން ތެދުވެވަޑައިގެން މަސީހުއަށް ނަސޭހަތުގެ ބަސްކޮޅެއް ނުދެއްވާ ހަމަ އެންެމެ މެމްބަރަކުވެސް ނެތެވެ. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ކުރިއަށް ގެންދިއުމަށް ތަކުރާރުކޮށް އިދިކޮޅު މެމްބަރު ގޮވާލައްވާފައިވެއެވެ.

ނަމަވެސް އެކަމަށް މަސީހު މާބޮޑު އަޅާލުމެއް ބެހެއްޓިވިތަން ނުފެނުމުން ދެން އިދިކޮޅު މެމްބަރުން ފެއްޓެވިކަމަކީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާ މަސީހު މަގާމުން ބޭރުކުރުމުގެ މަސައްތަކެވެ. އެމަސައްކަތުގެ ފުރަތަމަ ބުރު ނިންމިއިރު، މަޖިލީހުގެ ގަވާއިދު އޮޅުން ބޮޅުން ކޮށްގެންވިޔަސް މަސީހު ވަނީ އިދިކޮޅު ފަރާތްތަކުގެ އެވޯޓް ކާމިޔާބު ކުރައްވާފަ އެވެ.

އެވޯޓާއެކު ދެން ފެނިގެންދިޔައީ އިދިކޮޅު މެމްބަރުން އެއަށްވުރެ ބޮޑު ހިތްވަރެއްލާފައި ދެވަނަ ބުރަކަށް ތައްޔާރުވާން ފެށިތަނެވެ. އަނެއްކާވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުން ދަނިކޮށް، މަޖިލީހުގެ އަޣްލަބިއްޔަތުން ނޫން ގޮތަކަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަނޭޅޭ ގޮތަށް ކުއްލި ގޮތަކަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފި އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިން އޮތް ގޮތުން ނަމަ ސަބަބު ބަޔާންކޮށް، 15 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅެއެވެ. ނަމަވެސް ކުއްލި ގޮތަކަށް ގަވާއިދު އިސްލާހު ކޮށްފައިވަނީ ސަބަބު ބަޔާންކޮށް، 42 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމަށެވެ.

އެވަރުންވެސް އިދިކޮޅު މެމްބަރުން ކުޑަތަންކޮޅެއްވެސް ދޫދޭން ބޭނުންނުވެ، މަސައްކަތް ކުރަމުންދަނިކޮށް، ދެންއިވުނީ މަޖިލީހުގެ ބާރު ކެނޑޭގޮތަށް ސުޕްރީމް ކޯޓަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް މައްސަލައެއް ހުށަހެޅުއްވި އަޑުތަކެވެ. މާގިނަ ދުވަހެއް ނުވަނީސް އިވުނީ ސުޕްރީމް ކޯޓުން އެމައްސަލައާމެދު ނިންމި ގޮތެވެ. ސުޕްރީމް ކޯޓުން ނިންމާފައިވަނީ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުން ފާސްކުރާކުރުމަކީ އެއީ އެކަމަށް ނިމުން އަންނަ ކަމެއް ނޫންކަމަށެވެ. "ފަހުބަސް ބުނާނީ" ސުޕްރީމް ކޯޓުން ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ބޭރުކުރުމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގެ ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމިޔަސް މަޖިލީހުގެ ރައީސް އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ދައުރެއް ނޯވެއެވެ. މަޖިލީހަށް މެމްބަރުން އައްޔަން ކުރަނީ ސުޕްރީމް ކޯޓަކުން ނޫނެވެ. ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ސުޕްރީމް ކޯޓަށް ނުވަތަ ފަޑިޔާރުންނަށް މިކަމުގައި ހަމައެނި އޮތީ އިއްތިހާބުވާ މެމްބަރުންނަށް ހޮވާ ލައިދެއްވުން އެކަންޏެވެ.

ސުޕްރީމް ކޯޓުން މަޖިލީހުގެ ބާރު ކަނޑާލިއިރު، އެވާހަކަ ދައްކާލަން ނުވަތަ އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މަސީހުއަށް އެއްޗެއް ބުނެލަން ކެރިވަޑައި ނުގަތެވެ. ގާނޫނު ހަދާ މަޖިލީހުގެ ބާރުވެރިކަމާއި އިއްޒަތަށްވުރެ، މަސީހު ހުންނެވީ މަގާމުގެ ދަހިވެތިކަމުގައި ކަމަށް މަޖިލީހުގެ ގިނަ މެމްބަރުން ދެކިލައްވައެވެ.

ސުޕްރީމް ކޯޓުގެ އެނިންމުން އެގޮތަށް ނިންމި ނަމަވެސް އިދިކޮޅު މެމްބަރުން ހިތްވަރު ކޮއްލާފައި ދެންވެސް ހަމަ އިސްކޮޅަށް ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމުގެ އިހުސާސް މިހާރު ކުރެވެން ފަށައިފި ކަމަށް މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކުން ބުނަން ފަށައިފިއެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް ކޮންމެ ވެސް ވަރަކަށް ސިޔާސީ ހަރަކާތްތައް މަދުކޮށްލި ނަމަވެސް، މަޖިލިސް މެމްބަރުންނާ މަޝްވަރާކުރުމާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުގެ މަޝްވަރާތައް ކޮންމެވެސް ވަރަކަށް ކުރިއަށް ދިޔައެވެ.

ރޯދަ މަސް ނިމުނުއިރު، ގުޅިފައިވާ ސިޔާސީ ޕާޓީގެ އިސްބޭފުޅުންގެ ވާހަކަތައްހުރީ ރައްޔިތުން އެކަމާއި އުފާކުރާ ގޮތަކަށެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގިނަ ދުވަސްތަކަށްފަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު މާލެ ވަޑައިގެންނެވުމެވެ. އަދި ނުގުޑާފަދަ އަޒުމަކާއި ކެރިވަޑައިގަތުމާއި ހިތްވަރުފުޅު މިހާރުވެސް އެމަނިކުފާނުގެ ކިބައިގައި ހުންނެވިކަން ރައްޔިތުންނަށް ދައްކާލައިފި އެވެ. ސަރުކާރުން ބިރުދައްކަމުން ދިޔަނަމަވެސް ރާއްޖެއަށްވެސް ވަޑައިގަތީއެވެ.

ރައީސް މައުމޫންގެ ފައިންޕުޅު މާލޭގައި އެޅުއްވުމާއި ބަންޑާރަ ނައިބު އަނިލް ކުއްލިއަކަށް ދައުލަތުން ގެއްލިފައިވާ ކަމަށްބުނާ މީގެ 10 އަހަރުގެ ކުރީގެ ފައިސާތަކެއްގެ ވާހަކަތަކެއް ދައްކަވާ އެފައިސާ ހޯއްދަން މަސައްކަތްކުރައްވާ ވާހަކަ ހަމަ ދެންނެވުމާއިއެކު، އޭސީސީގެ ރައީސް ލުތުފީ އަށް ވެސް އިއްތިފާގުން ނަމަވެސް ބަަންޑަރަ ނައިބު އެވިދާޅުވާ ފައިސާތަކާއި ގުޅޭ މައުލޫމާތު ހޯދެވުމަށްކަމަށް ބުނެ ރައީސް މައުމޫންއަށް ސިޓީއެއް ފޮނުއްވާ އެމައްސަލަތަކާ ގުޅޭ ގޮތުން ބަޔާނެއް ދެއްވުމަށް އެދިލައްވައިފި އެވެ.

ރައީސް މައުމޫންގެ ޖަވާބު ވަރަށް ސާފެވެ. ކޮންމެހެން ލުތުފީމެން އެމަނިކުފާނުގެ އަރިހަށް ވަޑައިނުގަތަސް އެމަނިކުފާނު އޭސީސީއަށް ހާޒިރުވެވަޑައިގެން ތިޔަވިދާޅުވާ ބަޔާން ދެއްވާނެ ކަމަށާއި އަދި މީޑިއާތައް ވެސް އެކަމަށް ސާމާލުކަންދީ އެތަނުގައި މީޑިއާތައްވެސް ތިބެންޖެހޭނެ ކަަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދުއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދައްކަވަމުން އެގެންދަވާ ހިތްވަރާއި، ގައުމަށްޓަކައި އެބޭފުޅުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފެނިގެން، ސަރުކާރުގެ ތެރޭގައި ރެނދުތައް ދަނީ ލަމުންނެވެ. ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އަމަލު ކުރާގޮތާއިމެދު ހިތްހަމަނުޖެހި، ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އެފެދި ރައްޔިތުންގެ ފަޅިއަށް އަރާ މަންޒަރު މިދަނީ ފެންނަމުންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވިދާޅުވަނީ ރަމަޟާން މަހުގެ އަޅުކަމާއި ވިދިގެން އަންނަ ފިތުރު އީދުގެ ބަންދަށްފަހު މަޖިލިސް ހުޅުވުމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް މެކުހުގައި ކުރިއަށް ދާނެ ކަމަށެވެ. އަދި ކުރިއަށް އޮތީ އުފާވެރި ހަބަރުތައް ކަމަށެވެ. އިވެން ބޭނުންވާ އަޑުތައް ކަމަށާއި ފެންނަށް އެދޭ މަންޒަރުތައް ކަމަށެވެ. އަނިޔާވެރިކަމެއް ނިމިގެންދާން އުޅޭކަމުގެ އިހުސާސަކީ އުފާވެރިކަމާއި އުއްމީދުން ފުރިގެންވާ ހިތްގައިމު ކަމެއް ކަމަށެވެ. އަދި އަނިޔާވެރިކަން ވަރަށް އަވަހަށް ނިމޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވިދާޅުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

24 އޮކްޓޯބަރު 2017
ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017
ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

30 މެއި 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު