Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިދިކޮޅު ސިޔާސީ ޕާޓީތައް

ވެރިކަން ބަދަލުވާ މަންޒަރު އެބަ ފެނޭތަ؟

އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއްގައި އިދިކޮޅަށް ކުރިއެއް ނުލިބޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 30 މެއި 2017 | އަންގާރަ 16:02
ފުލުހުންގެ ހިމާޔަތުގައި ރައީސް ޔާމީން ވަޑައިގަންނަވަނީ

ފުލުހުންގެ ހިމާޔަތުގައި ރައީސް ޔާމީން ވަޑައިގަންނަވަނީ

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އަހަރެއްހާ ދުވަސް ވަންދެން މި ސަރުކާރުން ކަންކުރާ ގޮތް ބެލުމަށް އިދިކޮޅު ފަރާތްތަކުން މަޑުން ތިބީއެވެ. އެފަރާތްތަކުން ބުނާ ގޮތުން ނަމަ ސަރުކާރަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. ނަމަވެސް އަހަރެއް ފަހުން އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. ގާނޫނީ ގޮތުން މިއީ ބަދަލު ކުރަންޖެހޭ ސަރުކާރެއް ކަމަށް އައީ ބުނަމުންނެވެ. މި ސަރުކާރާ މެދު ހިތްހަމަނުޖެހިފައި ތިބި ފަރާތްތަކަށް އުންމީދުތަކާއި ތާރީހްތައް ދިޔައީ ދެމުންނެވެ. ސަރުކާރު ބަދަލުވާނެ ކަމުގެ އުންމީދެވެ. ނަމަވެސް ތިން އަހަރުވެ ހަތަރު ވަނަ އަހަރު ގުނަމުންދާ އިރު ވެސް އަދިވެސް އިވެނީ އެ ވާހަކަތަކެވެ. ގާނޫނީ ގޮތުން ސަރުކާރުން ބަދަލުކުރުމުގެ ވާހަކައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ހިނގައިދިޔަ ބައެއް ކަންކަމާ ހުރެ ދެންމެ ދެންމެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ހަވާލުވަނީއޭ ހީވާ ފަހަރުތައް ވެސް އައެވެ. ކައިރި މުސްތަގުބަލެއްގައި ސަރުކާރު ބަދަލުކުރާނެކަމުގެ ވާހަކަތައް އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ގެންދެވީ ދައްކަވަމުންނެވެ. އެފަދަ ވާހަކަތަކާ ގުޅިގެން ސިޔާސީ މަޝްރަހް ހަލަބޮލި ވިޔަސް އެ ބޭފުޅުން ދެއްކެވި ވާހަކައިގަ އޮއްޓަރެއް ނެތްކަން މިދަނީ ހާމަވަމުންނެވެ. މި ނޫން ދުވަހެއް ދެކެން ބޭނުންވާ ފަރާތްތަކުގެ އުންމީދުގެ ހުޅުކޮޅު ދަނީ ނިވެމުންނެވެ.

ގާނޫނީ ގޮތުން ސަރުކާރެއް ބަދަލުވުމަށް އޮތީ ގޮތްތަކެއް ކަނޑައެޅިފައެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ހިމެނެއެވެ. ނުވަތަ އަވަހާރަވުން ނުވަތަ ޒިންމާ އަދާކުރެއްވުމަށް ނުކުޅެދުންތެރިވުން ހިމެނެއެވެ. ދެން އޮތް ގޮތަކީ އިމްޕީޗްކުރުން ނުވަތަ ރައްޔިތުންގެ މަޖިލީހުގައި އިތުބާރު ނެތްކަމުގެ ވޯޓް ނެގުމެވެ.

ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބަލާއިރު މަޖިލީހުގެ ތެރޭގައި މިވަގުތާ ހަމައަށް ވެސް މެޖޯރިޓީ އޮތީ ސަރުކާރަށެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނާ ފަދައިން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރަންވެސް އެބަޖެހެ އެވެ. އެހެން ނޫނީ، ސަރުކާރުގެ މެޖޯރިޓީއޮތް މަޖިލީހަކަށް ލިބިގެންވާ ބާރެއް ސަރުކާރުން ގެއްލުވައެއް ނުލާނެ އެވެ. މިހާރު މަޖިލީހުގެ ތެރެއިން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިޔަސް އެކަން ތަންފީޒުކުރުމަށް އޮތް މަގަކީ ސުޕްރީމް ކޯޓުގެ އެކަމަށް ތާއީދު ކުރުން ކަމަށް މިހާރު އެވަނީ ނިންމާފައެވެ.

ދައުލަތުގެ ބަންޑާރަ ނައިބުގެ އެދިވަޑައިގަތުމަށް ސުޕްރީމް ކޯޓުން ބެލި މައްސަލައިގެ ހުކުމުގައި ހުލާސާއަކީ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއްގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުން އައިސްފައި މި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއް ކޮށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައި ވަނިކޮށެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރި މަސައްކަތް ސަރުކާރުން ނާކާމިޔާބުކޮށްލީ މަޖިލީހުގައި ވޯޓު ނެގުމުގެ ނިޒާމަށް ބަދަލު ގެނެސްގެންނެވެ. ވޯޓިން ސިސްޓަމުގައި މައްސަލަ ޖެހުނު ކަމަށް ނިންމައި ރޯލްކޯލް ވޯޓަކަށް ދިޔުމަށް މަޖުބޫރުކޮށްގެންނެވެ. މަޖިލީހުގެ ނައިބު ރައީސް ރީކޯ، މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ސަރުކާރުން ނުކުތީ ހަތިޔާރު އަޅައިގެންނެވެ. އެގޮތުން އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅޭނީ ވެސް 42 މެންބަރުންގެ ސޮޔާއެކުގައި ކަމަށް ހަމަޖެއްސިއެވެ. އެ ބަދަލާ އެކު މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ވެސް އިދިކޮޅަށް ކުރިއެރުމެއް ނުލިބުނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުން އެ ދެ ވޯޓުގެ ދޭތެރޭގައި ވެސް އިތުރު މެންބަރުންތަކެއް އިދިކޮޅަށް އެރުމަކީ ލިބުނު ކުރިއެރުމެކެވެ.

ޖޫން މަހުގެ 5 ވަނަ ދުވަހު އަލުން މަޖިލީސް ހުޅުވޭ އިރު މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އިދިކޮޅުގައި އޮންނާނެ ކަމަށް ބުނެ މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ދިޔައީ އަޑު އަރުވަމުންނެވެ. އަދި އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަވެއްޖެ ކަމަށް ވެސް ބުނަމުންދިޔަ އެވެ. އެއްބަޔަކު 48 ކިޔާ އިރު އަނެއް ބައެއްގެ އަދަދުތައް އުޅެނީ 50 އިން މަތީގައެވެ. ދެންމެ ދެންމެއަކު އިތުބާރު ނެތްކަމުގެ މައްސަލަ 42 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅާނެއޭ ވެސް ހީވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ގެނައި ބަދަލާއެކު އެ އަޑުތައް މުޅިން ކެނޑިއްޖެއެވެ.

އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު އާންމު ރައްޔިތުން ކުރި އުންމީދުތައް މިހާރު ވަނީ ވިއްސިވިހާލިވެފައެވެ. މި ނޫން އެހެން ގޮތެއް ފެންނާނެ ކަމަށް ހިތުގައި އޮތް ކުޑަކުޑަ އުންމީދުގެ ހުޅުކޮޅު ވެސް ސުޕްރީމް ކޯޓުގެ ނިންމުމާ އެކު ވަނީ ނިވިފައެވެ. ހަމައެގޮތަށް އިދިކޮޅު ފަރާތްތައް ވެސް ފެންނަނީ ނިގިމަޑުވެފައިވާ ތަނެވެ. ލޯކަލް ކައުންސިލް އިންތިޚާބުން އިދިކޮޅު ފަރާތްތަކަށް ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް މަޖިލިސް ތެރެއިން ކަމެއް ކުރެވިދާނެ ކަމަށް ދެކޭ މީހުން މިހާރު ވަރަށް މަދެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ނިންމިޔަސް އެޔަށް ގޮތް ކިޔާނީ ސުޕްރީމް ކޯޓުން ކަމަށް ވުމުން މަޖިލީހުގެ އެ ނިންމުން ވެގެންދާނީ ބޭކާރު ނިންމުމަކަށެވެ. ސުޕްރީމް ކޯޓުގެ ނިންމުން އަންނާނީ ކިހިނެއްކަން ޅަކުދިންނަށް ވެސް އެނގޭހާ ސާފެވެ. މީގެ ކުރިން އެފަދަ ގޮތަކަށް ނެގި އިތުބާރު ނެތްކަމުގެ މައްސަލައިގަ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްއަކަށް އޭރު ހުންނެވި ބޭފުޅާގެ މައްސަލަ ނިމުނީ މަޖިލީހުން ނިންމި ގޮތާ ހިލާފަށެވެ. އެފަހަރު މަގާމު ނުލިބުނަސް އަލުން ބަދަލުގެ ގޮތުގައި ސަރުކާރަށް އެތައް ލައްކަ ރުފިޔާއެއް ދޭންޖެހުނެވެ.

ސަރުކާރުން ދެކޭ ގޮތުގައި ބަރުލަމާނީ ނިޒާމެއްގައި ރައީސް ކަނޑައަޅުއްވާ މަގާމެއްގެ އިތުބާރު ނެތްކަން ކަނޑައެޅުމުގެ ބާރު މުތުލަގަށް ރައްޔިތުންގެ މަޖިލީހަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ނަމަވެސް ގަޑުބަޑުވެ ކޮރަޕްޓްވެފައިވާ މި ރާއްޖޭގައި ހުރިހާ ބާރުތަކެއް އެކެއްގެ އަތްމައްޗަށް ދޫކޮށްލާފައި އޮތުމަކީ ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން ހިނގަމުންދާ ކަންކަމަށް ބެލުމުން އެނގެއެވެ. ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމަކީ ކުރެވިގެންވާނެ ކަމެއް ނޫނެވެ. ނަމަވެސް ފެންނަމުންދަނީ މަޖިލީހާ މެދު ވެސް ރައީސްގެ އިތުބާރު ގެއްލި ބާރު ކަނޑުވާލާފައިވާތަނެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކުރާ އިރު ފަހަރަކު ބާރެއް ސަރުކާރުގެ އަތްދަށު ލަމުން ގެންދިޔުމުން އިދިކޮޅު ފަރާތްތަކުން ކުރިން ދައްކަމުން އައި ހުވަފެން ހަގީގަތަކަށް ވުމުގެ ދޮރު މިހާރު އެވަނީ ގާތްގަނޑަކަށް ބަންދުވެފައެވެ. ގާނޫނީ ހުދޫދުގެ ތެރެއިން މަޖިލީހުގެ ރައީސް ނުވަތަ ކޮމިޝަނެއް ނުވަތަ ހުދު ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ބޭރު ކޮށްލުމުގެ ފުރުސަތު އެވަނީ ގާތްގަނޑަކަށް ގެއްލިފައެވެ. ނަމަވެސް ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހެއްގެ ބާރު ކަނޑުވާލުމަކީ، މަޖިލީހުގެ ފުރިހަމަ ބާރު ސަރުކާރަށް ނެތްކަން، ނުވަތަ އެގޮތަށް ސަރުކާރުން ގަބޫލުކުރާކަން ދައްކުވައިދޭ ކަމެކެވެ.

އިތުބާރުނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް އޮތް ބާރު ސުޕްރީމް ކޯޓުން ނެގިޔަސް، ރައްޔިތުންގެ ބާރު ގެއްލިގެން ނުދާނެ އެވެ. އެ ބާރު ދެއްކޭނީ ހިތްވަރެއް ހުރެގެންނެވެ. މަސައްކަތެއް ކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

08 މެއި 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

މަންޒަރުން މައުމޫން ގެެއްލުވާލެވޭނެ ބާ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

ޑރ. އާސިމްއެވެ. މަނިކުފާނުގެ ގަޓު އެބަހުރިތޯއެވެ؟

01 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު