Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައްޑޫ އަލިފާނުގެ ހާދިސާ

އައްޑޫ ސިޓީ ދޮންލަފަރު ގޭގައި އަލިފާން ރޯކޮށްލި މަންޒަރު ފެނުނު ކުއްޖާގެ ވާހަކަ!

އެގޭގެ މީހުން ދިރިއުޅުމަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 14 މާރިޗު 2018 | ބުދަ 18:27
ދޮންލަފަރުގެ ބިމާ ހަމަވެފައި

ދޮންލަފަރުގެ ބިމާ ހަމަވެފައި

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ މަންމަ ގާތު އިނުމަށް ފަހު، އުމުރުން 25 އަހަރުގެ ހައްވާ ޝައުލާ ގެއަށް އައީ ނިދުމަށްޓަކައެވެ. އެޑްމިޓްކޮށްފައިވާ މަންމަ ކައިރީގައި ފިރިހެން ކޮއްކޮ މަޑުކުރަން ބުނެފައި، ގެއަށް އައީ ހެނދުނު ޑިއުޓީއަށް ދާންޖެހޭތީއެވެ. އައި ގޮތަށް އޭނާ ވަނީ ކޮޓަރިއަށެވެ. ހެދުން ބަދަލު ކޮށްގެން ނިދާ އެނދަށް އަރާ އޮތީ ފޯނާ ކުޅެންށެވެ. ނިދި ނައިސްގެން ފޯނާ ކުޅެލަ ކުޅެލާ އޮއްވާ ކުއްލިއަކަށް ވަރަށް ބާރު އަޑެއް އިވުނެވެ. ބަޔަކު ގޭތެރެ އަށް ވަދެގެން އުޅޭ ކަހަލަ އަޑެކެވެ. ކޮން ބައެއްތޯ ބެލުމަށް ކޮޓަރިން ނުކުން އިރު ގޭގެ މައި ދޮރު ފަޅާލުމަށް ފަހު މޫނު ނިވާކޮށްގެން ތިބި ތިން މީހުން ގޭތެރެއަށް ދުވަމުން ވަދެގެން އަންނަ މަންޒަރު ފެނުނެވެ.

ދޮންލަފަރުގެ

ގަތް ބިރާއެކު ހުރި ބާރެއް ލާފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. ކޮޓަރީގައި ވެސް ހުންނަން ނުކެރިގެން ވަނީ ފާހާނާއަށެވެ. ފާހާނާއަށް ވަދެ، ދޮރު ތަޅުލިއެވެ. ޝައުލާގެ ފުރާނައަށް ބަޔަކު ގެންލުންދޭން ގެއަށް ވަނީ ކަމަށް ހީކޮށް އޭނާ އަށް ރޮއިގަނެވުނެވެ. ފޯނުން އެއްބަނޑު އެއްބަފާ ކޮއްކޮއަށް ގުޅިއެވެ. އަދި މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަށް ވަދެގެން އުޅޭ ވާހަކަ ޝައުލާ ބުންޏެވެ. މީހާ ތުރުތުރު އަޅާހާލު ފާހަނާ ތެރޭގައި ހާސްކަމާ އެކު ހުރި އިރު ކުއްލިއަކަށް އެއްޗެއް އަނދާ ވަސް ދުވަން ފެށިއެވެ. ވަރަށް ބޮޑަށް އަނދާ ވަސް ގަދަވެ، ފާހާނާގެ ދޮރުގެ ތިރިން ކޮންމެ ވެސް ވަރަކަށް ދުން ވެސް ވަންނަން ފެށިއެވެ. ކިހިނެތް ވަނީތޯ ބަލަން ދޮރު ހުޅުވީ، ގެއަށް ވަން މީހުންގެ އަޑު ވެސް ކެނޑުމުންނެވެ.

ދޮންލަފަރުގެ

ޝައުލާ ލިބުނީ އިތުރު ޝޮކެވެ. ހަދާނެ ގޮތް ހުސްވިއެވެ. އޭރު ކޮޓަރީގެ ދޮރާ ދިމާލުން ކޮންމެވެސް ވަރަކަށް އަލިފާންގަނޑު ހިފައިފާވާ މަންޒަރު ފެނުނެވެ. ގަތް ބިރުން ހަޅޭލަވައިގަތެވެ. މީހެއްގެ އެހީއެއް ލިބޭތޯ ބާރަށް ހުއްޓުމެއް ނެތި ޝައުލާ ދިޔައީ އެހީއަށް އެދި ގޮވަމުންނެވެ. މުޅި ކޮޓަރީގައި އޭރު ދުންތައް ވަނީ ފެތުރިފައެވެ. އަލިފާންގަނޑު ބާރަށް ކޮޓަރީގެ ތެރެއަށް ވެސް ދިޔައީ ފެތުރެމުންނެވެ.

އިރުކޮޅަކުން ކޮޓަރި ބޭރުން ކޮއްކޮގެ އަޑު އިވުނެވެ. ކޮއްކޮ އައިސް ކޮޓަރީގެ ކުޑަދޮރު ފަޅާލިއެވެ. ބިއްލޫރިގަނޑު ހަލާކުކޮށްލުމަށް ފަހު އޭނާ ސަލާމަތްކުރިއެވެ.

ދޮންލަފަރުގޭގައި ހުރި ސައިކަލެއް އަނދާ އަޅިއަށް ވެފައި

ކޮއްކޮގެ ގައިގާ ބައްދައިގަނެ، ހިނގާ ދިޔަ ބިރުވެރިކަންތައްތަކާ ހުރެ ޝައުލާ އަށް ބާރަށް ރޮއި ގަނެވުނެވެ. އޭރު ވެސް ބޯކޮށް ދުންއަރަމުން ދިޔައެވެ. ލިބުނު ޝޮކެއްގެ ސަބަބުން ކޮއްކޮ ހޭނެތުނެވެ. އޭރު ފުލުހުންނާއި އެމްއެންޑީއެފް އިން ދިޔައީ ބޮޑުވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް މަސައްކަތް ކުރަމުންނެވެ. އެމްބިއުލެންސް ވެސް އެ ސަރަހައްދަށް އައެވެ. ބަޔަކު ވެގެން ކޮއްކޮ ހޮސްޕިޓަލަށް ގެންދިޔައެވެ.

މިއީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު އައްޑޫ ސިޓީ ދޮންލަފަރު ގޭގައި ހިނގި އަލިފާނުގެ ހާދިސާ ތަޖުރިބާ ކުރި އަންހެން ކުއްޖާގެ ވާހަކައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހަ މީހުން ހައްޔަރުކޮށްފައިވާ އިރު މިއީ ސިޔާސީ ކަމެއްގެ ގޮތުގައި ފުލުހުން ތުހުމަތު ކުރިއެވެ.

އެހެން ނަމަވެސް ޝައުލާ ވަނީ އެގޭގައި ރޯ ކޮށްލާފައި ވަނީ ސިޔާސީ ކަމެއްގައި ކަމަށް ގުބޫލު ނުކުރެވޭ ކަމަށް ބުނެފައެވެ. ހިތާމައަކީ މޫނު ނިވައިކޮށްގެން ތިބީ ކޮން ބައެއް ކަން އޭނާ އަށް ނޭނގޭތީއެވެ. އެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިރިއުޅޭނެ ތަނެއް ނުލިބުމެވެ. ޝައުލާގެ ވެސް އަދި އޭނާގެ ދެ ކޮއްކޮ އާއި މަންމަގެ ހުރިހާ އަންނައުނާއި، ގެ އެއްކޮށް ވަނީ ބިމާ ހަމަވެފައެވެ. އެ އާއިލާއިން ބޭނުންވަނީ، އެހީތެރިވާނެ އަތެކެވެ. ޝައުލާ ބުނީ އެ އައިލާގައި ވަޒީފާއަކަށް ދަނީ ހަމައެކަނި އޭނާ ކަމަށާއި އޭނާއަށް ލިބޭ އެއްޗަކުން ގެ އިމާރާތް ކުރުމުގެ ގާބިލް ކަން ނެތް ކަމަށެވެ. މިހާރު އެ އާއިލާ ދިރިއުޅެމުންދަނީ އަވައްޓެރި ގެއެއްގެ ކޮޓަރިއެއްފައެވެ. ހަތަރު މީހުންގެ އެ އާއިލާ އެކޮޓަރީގައި ދިރިއުޅޭ އިރު ޝައުލާ ބުނީ ބޭނުން ވަނީ މިއަށްވުރެ ރަގަޅު ގޮތެއް އެ އާއިލާއަށް ވެގެން ދިއުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

ދިވެހި ސުނިލް ސެޓީއަށް ފޮނުވާފައިވާ އަސަރު ގަދަ ސިޓީއެއް

25 ނޮވެމްބަރު 2017
އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

އަލިފާން ރޯވުމުން އުކުޅަހު ރައްޔިތުން ދެއްކީ އެއްބައިވަންތަކަން

07 ނޮވެމްބަރު 2017
ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

ސަޓާ އެވޯޑް: އައްޑޫ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް

21 އޮކްޓޯބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު