Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މައްސަލަ

އެމްނެސްޓީ އިން އަންގ ސަން ސޫކީ އަށް ދީފައިވާ އެވޯޑު އަތުލަނީ

ސޫކީއަށް ލިބިވަޑައިގެންފައިވާ ނޮބެލް ސުލްހައިގެ އިނާމު އަނބުރާ ގެންދިއުމަށް ވެސް ދަނީ ގޮވާލަމުން

| 13 ނޮވެމްބަރު 2018 | އަންގާރަ 05:37
ސޫކީއަށް ވަނީ 1991 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފައި

ސޫކީއަށް ވަނީ 1991 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމު ވެސް ލިބިވަޑައިގެންފައި

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިޔަންމާގެ ލީޑަރު އަންގ ސަން ސޫކީ އަށް އަރުވާފައިވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ "އެމްބެސެޑަރ އޮފް ކޮންސައިން އެވޯޑް" އަނބުރާ އަތުލުމަށް ނިންމާފައިވާ ކަމަށް އެ ޖަމާއަތުން ހާމަކޮށްފިއެވެ.

ނޮވެމްބަރު މަހު 12 ވަނަ ދުވަހު އެމްނެސްޓީން އަނބުރާ ގެންދާނެ ކަމަށް އިއުލާނުކުރި އެ އެވޯޑަކީ 2009 ވަނަ އަހަރު ސޫކީ ގޭ ބަންދުގައި ހުންނެވި ދުވަސްވަރު އަރުވާފައިވާ އެވޯޑެެކެވެ.

އެމްނެސްޓީގެ ސެކެރެޓަރީ ޖެނެރަލް ހޯމަ ދުވަހު ނެރުއްވި ބަޔާނުގައި ވާގޮތުގައި އެވޯޑް އަނބުރާ ގެންދަން ނިންމާފައި ވަނީ މިޔަންމާގައި ހިގަމުންދާ ލާއިންސާނީ ކަންތައްތައް ހުއްޓުވަމަށްޓަކައި އެކަމަނާ އެދެވޭ މަސައްކަތްތަކެއް ކުރައްވާފައި ނުވާތީއެވެ. އެމްނެސްޓީއިން ބުނެފައިވަނީ އެ ޖަމާއަތުން އުއްމީދު ކޮށްގެން ތިބީ އެ ޖަމާއަތުގެ މެދުވެރިއެއްގެ ގޮތުގައި ސޫކީ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ކަމަނާގެ ފަރާތްޕުޅުން ފެނިގެންދިޔައީ ލަދުވެތި އަމަލުތަކެއް ކަމަށް އެމްނެސްޓީން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މިޔަންމާގެގައި ހިގަމުންދާ ކަންތައްތަކުގައި އަން ސަން ސޫކީ ހަނު ހުންނަވާތީ އެ ކަަމަނާއަށް ވަނީ އދ. އާއި ދުނިޔޭގެ ފާޑު ކިޔުން އަމާޒުވެފައެވެ. ސޫކީ އަށް އަރުވާފައިވާ ނޮބެލް ސުލްހައިގެ އިނާމު ވެސް އަތުލުމަށް ގޮވާލައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަނީ މުޒަހަރާ ކޮށްފައެވެ.

ސޫ ކީއަށް ކެނެޑާ އިން ދީފައިވާ ރަމްޒީ ރައްވެހިކަން އަތުލުމަށް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ އިއްތިފާގުން ފާސްކޮށް އެ ގައުމުން ވަނީ 2007 ވަނަ އަހަރު ސޫކީއަށް ދީފައިވާ އެ ޝަރަފު އަނބުރާ ގެންގޮސްފައެވެ.

މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުތަކާ ގުޅިގެން އެ ގައުމު ދޫކޮށް 700،000 އެއްހާ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ވަދެ ރައްކާތެރިކަން ހޯދާފައެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ބުދަދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

12 ޖުލައި 2017
އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ބުދަދުވަހު ސައުދީއަށް ވަޑައިގަންނަވަނީ
11 ޖުލައި 2017

ގަލްފު މައްސަލަ ހައްލުކުރުމަށް ޓިލަރސަން ކުވައިތަށް

11 ޖުލައި 2017
ގަލްފު މައްސަލަ ހައްލުކުރުމަށް ޓިލަރސަން ކުވައިތަށް
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
06 މާރިޗު 2017

މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި

06 މާރިޗު 2017
މެލޭޝިއާ އިން ކަންކުރި ގޮތަށް އުތުރު ކޮރެއާ އިންވެސް ކަން ކޮށްފި، އެމްބެސެޑަރު ގައުމު ދޫކޮށް ދާން އަންގައިފި
04 މާރިޗު 2017

މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި

04 މާރިޗު 2017
މެލޭޝިއާގައި ހުންނަވާ އުތުރު ކޮރެއާގެ އެމްބެސެޑަރު ގައުމު ދޫކޮށް ދާން މެލޭޝިއާ އިން އަންގައިފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު