Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަރުގެ އަދަބުދިނުން

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

މިދިޔަ އަހަރު މަރުގެ އަދަބު ދީފައިވަނީ 1،032 މީހުންނަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 އެޕްރީލު 2017 | އަންގާރަ 06:42
ބައެއް ގައުމުތަކުގައި މަރުގެ އަދަބުދެނީ ލީތަލް އިންޖެކްޝަން ޖަހައިގެން

ބައެއް ގައުމުތަކުގައި މަރުގެ އަދަބުދެނީ ލީތަލް އިންޖެކްޝަން ޖަހައިގެން

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިދިޔަ އަހަރު މަރުގެ އަދަބުދިން މިންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު %37 ދަށަށްގޮސްފައިވާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

އެމެނެސްޓީން ބުނީ 2015 ވަނަ އަހަރު 1،634 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު މިދިޔަ އަހަރު އެ އަދަދު 1،032 އަށް ދަށްވެފައި ކަމަށެވެ.

މިގޮތަށް ދަށަށްގޮސްފައި މިވަނީ އިރާނާއި ޕާކިސްތާނުގައި މަރުގެ އަދަބު ދިން މީހުން މަދުވުމުންނެވެ.

މަރުގެ އަދަބުދިން ގައުމުތަކުގެ ލިސްޓްގައި އޮތް ހުރިހާ ގައުމެއް އެއްކޮށްލުމުން ހިމެނޭ އަދަދަށް ވުރެ ޗައިނާއިން އެކަނި މަރުގެ އަދަބުދިން މީހުންގެ އަދަދު ގިނައެވެ.

ނަމަވެސް އެމްނެސްޓީން ބުނީ އެ މައުލޫމާތަކީ އިތުބާރުގެކުރެވޭ އަދަދުތަކެއް ކަމަށް ނުވާތީ އެ ޖަމާއަތުން ހާމަކުރި ތަފާސް ތަފާސްހިސާބުގައި ހިމަނާފައި ނުވާނެ ކަމަށެވެ.

އެމްނެސްޓީން ވަނީ އެންމެ ގިނައިން މަރުގެ އަދަބުދިން ފަސްގައުމުގެ ތެރޭގައި އެމެރިކާ މިފަހަރު ހިމެނިފައި ނުވާކަން ފާހަގަކޮށްފައެވެ. މިއީ 2006 ވަނަ އަހަރަށް ފަހު އެގައުމު، އެންމެ ގިނައިން މަރުގެ އަދަބު ތަންފީޒުކުރި ގައުމުތަކުގެ ލިސްޓްގައި ނުހިމެނޭ ފުރަތަމަ ފަހަރެވެ.

މަރުގެ އަދަބުދިން މިންވަރު މަދުވެފައިވާއިރު އީރާން އަދި ޕާކިސްތާން އަދިވެސް އޮތީ ލިސްޓްގެ އެންމެ ކުރީގައެވެ.

މީގެ އިތުރުން ދެން މި ލިސްޓްގައި ހިމެނެނީ ޗައިނާ ސައުދީ އަރަބިއްޔާ އަދި އިރާގެވެ.

ޕާކިސްތާނުގައި 2015 ވަނަ އަހަރު 326 މީހަކަށް މަރުގެ އަދަބު ދީފައިވާއިރު މިދިޔަ އަހަރު މަރުގެ އަދަބު ދީފައިވަނީ އެއަށްވުރެ 87 މީހުން މަދު އަދަދަކަށެވެ.

އެގައުމުގައި 2015 ވަނަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު އިތުރުވެފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޕެޝާވަރުގެ ސްކޫލަކަށް ތާލިބާނުން ދިން ހަމަލާއާ ގުޅިގެން މަރުގެ އަދަބު ތަންފީޒުކުރުން އެގައުމުން ފެށުމުންނެވެ.

އެ ހާދިސާއަށް ފަހު އެގައުމުގައި މަރުގެ އަދަބު ދޭން ފަށާފައި އެވަނީ ހަތް އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

އޭގެ ފަހުން އެގައުމުން ވަނީ އާއްމުންގެ ތެރެއިން ޓެރެރިޒަމާ ގުޅުންހުރި ދައުވާތައް ލިބޭ ފަރާތްތަކަށް ޝަރީއަތް ހިންގުމަށް އަސްކަރީ ކޯޓެއް އުފައްދާފައެވެ. މިދިޔަ އަހަރު އެގައުމުގައި މަރުގެ އަދަބު ތަންފީޒުކުރި މީހުންގެ ތެރެއިން މަދުވެގެން ހަތަރު މީހުންނަށް ކުށް ސާބިތުކޮށްފައި ވަނީ އަސްކަރީ ކޯޓުންނެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު